ޝަރަފުވެރިކަމުގެ ގައުމީ އިނާމު 7 ބޭފުޅަކަށް

ސަރުކާރުންދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 7 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
މިއަދު ދަރުބާރު ގޭގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ.
ގައުމީ އިނާމުގެ އިތުރުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކާއި ކުންފުންޏަކަށް ދީފައި ވެއެވެ. އަދި އެ ފަރާތްތަކަށް ރައީސް ދެއްވީ ހަނދާނީ ފިލައެ ކެވެ.
ޝަރަފުވެރި ގައުމީ އިނާމް ލިބުނު 7 ބޭފުޅުންނަކީ:
- ދެމިހުންނަނިވި ހާއްސަ ހިދުމަތެއްކުރުމުގެ ދާއިރާއިން: އަލްމަރްހޫމް މުހައްމަދު ތައުފީގުގެ ހަނދާނަށް.
- ސިއްހީ ދާއިރާއިން: ޑރ. އަބްދުލްއަޒީޒު ޔޫސުފް.
- ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން: މުހައްމަދު މާޖިދު
- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: މޫސާ ލަތީފް
- ކުޅިވަރުގެ ދާއިރާއިން: މުހައްމަދު ނާސިރު
- ކުޅިވަރުގެ ދާއިރާއިން: އަހްމަދު މުހައްމަދު
- ޕާފޯމިންގް އާޓްސްގެ ދާއިރާއިން ހަސަންމަނިކު
- ކީރިތި ގުރްއާން އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާ އާއި އުނގަންނައިދިނުމުގެ ރޮނގުން: އަލްގާރީ އަހްމަދު އިބްރާހީމް.
- ކީރިތި ގުރްއާން އުނގަންނައިދިނުމާއި އިލްމުގެ ދާއިރާއި އުނގަންނައިދިނުމުގެ ރޮނގުން: އަބްދުއްރަހްމާން ޔޫނުސް.
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއި ދީނީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: ޝޭހު އިއްޒައްދީން އަދުނާން.
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއި ދީނީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: ޝޭހު އަހްމަދު މައުމޫން
- ތައުލީމީ ދާއިރާއި ފަންނީ މީހުން ބިނާކުރުމުގެ ރޮނގުން: އިސްމާއީލް ސާޖިދު
- މަސްވެރިކަމުގެ ދާއިރާއި ދޮށީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ތައްހާނު
- ވިޔަފާރިއާއި އިގްތިސާދީ ދާއިރާއި ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުން: ރިޔަން ޕްރައިވެޓް ލިމިޓެޑް
- ވިޔަފާރި އާއި އިގްތިސާދީ ދާއިރާއި އިގްތިސާދީ އަށް މުޅިން އައު ހިދުމަތްތަކާއި މަސައްކަތްތައް ތައާރުފުކޮށް، ތަރައްގީކޮށް، ކުރިއެރުވުމުގެ ރޮނގުން: އާމިރު މަންސޫރު.
- ބޯޓް ބިލްޑިންގެ ދާއިރާއި އޮޑިދޯނިފަހަރު ބަނުމާއި، ޔޮޓްފަހަރު ބަނުމުގެ ރޮނގުން: އަބްދުއްރަހްމާނު ޔޫސުފު.
- ކަލިނަރީ އާޓްސްގެ ދާއިރާއިން މީހުން ބިނާކުރުމާއި ތަރައްގީކުރުމުގެ ރޮނގުން: ފާތިމަތު އުމަރު.
- ޒުވާނުންގެ ދާއިރާއިން ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން: ހުސައިން އަލީ.






ކޮމެންޓް