ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކޮވިޑުގެ ނަތީޖާ ލިބެން ލަސްވާނެ: އެޗްޕީއޭ

ޓެކްނިކަލް މައްސަލައެއް ދިމާވެ، ކޮވިޑް ސާމްޕަލްތަކުގެ ނަތީޖާ ލިބުމުގައި ލަސްވާނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، ރެޕިޑް ރެސްޕޮންސް ޓީމާއި ލެބޯޓްރީގައި، ސާމްޕަލްތައް ރަޖިސްޓާ ކުރުމަށާއި ނަތީޖާ އެންޓާ ކުރުމަށް ބޭނުންކުރާ ސިސްޓަމްގައި ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.މިކަމާ ގުޅިގެން ނަތީޖާ ލިބުމުގައި ލަސްވާނެ ކަމަށާއި، ނަމަވެސް މިހާރު މައްސަލަ ހައްލުކުރުމަށް އެޗްޕީއޭގެ އައިޓީ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މައްސަލަ ހައްލުވިހާ އަވަހަކަށް އަލުން ކުރިޔެކޭ ވެސް އެއްގޮތަށް ކޮވިޑް ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން ދާނެއެވެ.