ޚަބަރު

ދާންދޫގައި 3 އަހަރުގެ ކުޑަ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގއ. ދާންދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން ތިން އަހަރުގެ ކުޑަ ކުއްޖެއް ގައިގައި ސައިކަލުން ޖެހިއްޖެއެވެ.

Ads by MWSC

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދާންދޫގައި ދުއްވާފައި ދިޔަ ސައިކަލަކުން ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ޖެހި 18:10 ހާއިރު އެކްސިޑެންޓެއް ވެފައިވާ ކަމަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މިއެކްސިޑެންޓުގައި ސައިކަލުން ޖެހުނު ކުޑަ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ގއ. ވިލިނގިލީ ހޮސްޕިޓަލުގައި އެކުއްޖާއަށް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ވެސް އަނިޔާ ލިބުމާ ގުޅިގެން އޭނާއަށް ދާންދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ގއ. ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!