ޚަބަރު

‎ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާނީ އެއްފަހަރާ: ހެލްތް މިނިސްޓްރީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް 19ގެ ވެކްސިން ޖަހަން ފަށާނީ އެއްފަހަރާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ "ވަން" އަށް މައުލޫމާތު ދެމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ރާއްޖޭގައި ކޮވިޑް 19ގެ ވެކްސިން ޖަހަން ފަށާނީ އެއްފަހަރާ ކަމަށާއި ވެކްސިން ލިބޭ ވަރަކުން ހުރިހާ ރައްޔިތުންނަށް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

ތަސްލީމާ ވިދާޅުވީ ވެކްސިން ޖަހާ ނިމޭނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށާއި ވެކްސިން ލިބޭ ވަރަކުން ޖަހަމުން ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ސީދާ ދަންނަވާކަށް ނޭނގެ މިވެނި ދުވަހެއްގައި ވެކްސިން ޖަހައި ނިމޭނެއޭ. އެއީ ވެކްސިން ލިބޭ ވަރަކުން އަޅުގަނޑުމެންނަށް ވެކްސިން ޖެހޭނީ. އެއްފަހަރާ އެއް ވަގުތެއްގައެއް ނޫން ފަށާނީ. އެކަމަކު މުޅި ރާއްޖެއަށް އެއްފަހަރާ ވެކްސިން ފޯރުކޮށްދޭ ގޮތަށް އަދި ނިންމާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

މިހާރު މަސައްކަތް ކުރައްވަމުން ދަނީ ސަރުކާރުން ވެކްސިންތައް ގެނައުމަށްކަމަށް މީގެ ކުރިން ޑރ.ނަޒްލާ ވަނީ ވިދާޅުވިއެވެ. އަދި ވެކްސިން އުފެއްދޭ މިންވަރު އިތުރުވުމުން އަމިއްލަ ފަރާތްތަކަށް ވެސް ވެކްސިން ގެނައުމުގެ ފުރުޞަތު ހުޅުވިގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ޑަބްލިއުއެޗްއޯއިން ރައްކާތެރިކަން ކަށަވަރުކުރާ ވެކްސިން އަންނަ އަހަރު ކުރީ ކޮޅު ރާއްޖެއަށް ލިބޭނެ ކަމަށް ނަޒްލާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޑރ. ނަޒްލާ ވަނީ ވެކްސިން ޖެހިކަމުގައި ވީނަމަވެސް ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!