Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮށީގައި ބަންދުކޮށްފައިވާ ދޫނިތަކެއް ދޫކޮށްލުމުން ، އަށް އަހަރުގެ ކުއްޖަކަށް އަނިޔާކޮށް މަރާލައިފި ، ރޭޕް ކުރިކަމަށް ވެސް ބެލެވޭ

ޕާކިސްތާންގެ ރާވަލްޕިންޑީގެ ގެއެއްގައި މަސައްކަތް ކުރުމަށް ގެންގުޅޭ އަށްއަހަރުގެ ކުއްޖަކު އެގޭގެ ވެރިމީހާ ގެންގުޅޭ ދޫނިތަކެއް ދޫކޮށްލުމުން އެކަމުގެ ރުޅީގައި އެކުއްޖާއަށް އަނިޔާކޮށް މަރާލައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެކުއްޖާ ރޭޕްކޮށްފައި ވުމަކީ ވެސް ވަރަށް ގާތް ކަމެކެވެ.

މި އަނިޔާވެރި ޙަމަލާގައި މަރުވެފައިވަނީ މުޒައްފަރުގަޅަށް ނިސްބަތްވާ ޢުމުރުން އެންމެ އަށް އަހަރުގެ ޒޯރާ ޝާހް ކިޔާ ކުއްޖެކެވެ. މީގެ ހަތަރު މަސްކުރިން މައިންބަފައިން ދޫކޮށް ރާވަލްޕިންޑީގެ ދޫންޏާއި ގެދޮރުގެ ވިޔަފާރި ކުރާ މީހެއްގެ ގޭގެ މަސައްކަތް ކުރުމަށް ޒޯރާ ބަދަލުވީ އަމިއްލަ ދަރިއެއް ފަދައިން ތަޢުލީމު ދީ ބަލާނެ ކަމަށް އެ ވިޔަފާރި ވެރިޔާ ވަޢުދު ވުމުންނެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހޭނެތިފައިވާ ޒޯރާ މަރުވީ އޭނާއަށް ލިބުނު އަނިޔާ ތަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

Advertisement
Allied Insurance — Square (box)

ރާވަލްޕިންޑީގެ ފުލުސް ސްޕްރިންޑެންޓް މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ޒޯރާ ރޭޕްކުރުމާއި އަނިޔާކޮށް މަރާލުމުގެ މައްސަލަ ބަލަމުންދާ ކަމަށާއި ފޮރެންސިކް ރިޕޯޓްތައް ލިބުމާއެކު ތަފްސީލް ހާމަ ކުރާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް