ކޮވިޑް-19: މާލެއިން ފައްސިވީ 20 މީހުންނާއެކު މިއަދު 37 މީހުން ބައްޔަށް ފައްސިވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 37 މީހުން ފައްސިވެ 13 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 20 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން 15 މީހުންނާއި އަތޮޅުތެރެއިން ދެ މީހަކާއި ބޭރުގައި ދިރިއުޅޭ އެކަކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،930 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13,217 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 48 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 41 މީހުންނެވެ.