ކުލަގަދަ ރަސްމިއްޔާތެއް ؛ 20 އަހަރު ނުހެދި ހުރި ހޮޓާ ޚިދުމަތަށް

ހުޅުމާލޭގައި އެސްޓީއޯއިން ތަރައްޤި ކުރަން ފެށި ހޮޓާ ނުހުޅުވި ހުންނަތާ 20 އަހަރު ފަހުން ހުޅުވައި ޚިދުމަތް ފަށައިފިއެވެ.
އެސްޓީއޯއިން ޓޫރިޒަމް ސިނާއަތަށް ނުކުންނަން ފެށި 35 މިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓް ތަރައްގީކުރުމާ އެކު ރަސްމީކޮށް ހުޅުވައި ދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.
ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި 162 ކޮޓަރި އާއި ކެފޭ ރެސްޓޯރެންޓްތަކާއި ކޮންފަރެންސް ދެ ހޯލެއް ހިމެނެ އެވެ.މީގެ އިތުރުން އައުޑްޑޯ ސުވިމިންޕޫލަކާއި ސްޕާ އެންޑް ވެލްނަސް ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް ވެސް އެތަނުގައި ވަނީ ގާއިމްކޮށްފަ އެވެ. ހޮޓާ ހުޅުވުމުގެ ގޮތުން ރޭ ވަނީ ހުޅުމާލޭގައި ހަވާ އަރުވާފައެވެ.
މި ހޮޓާ ތަރައްގީކޮށްފައި ވަނީ މެންހަޓަން ގްރޭންޑް ހޮޓެލް ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސް ކުންފުންޏާއި ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ"އިންނެވެ. މިއީ 50 ޕަސެންޓް ދިވެހި ހިއްސާވާ ހޮޓަލެކެވެ. މި ހޮޓާ ތަރައްގީކޮށްފައި ވަނީ ފަސް ތަރީގެ 158 ކޮޓަރީގެ ހޮޓެލެއްގެ ގޮތުގައެވެ.
މި ހޮޓަލަކީ ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އެސްޓީއޯގެ 2006ވަނަ އަހަރު ނިންމައި، އެމެރިކާގެ ކާލްސަން ގްރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ 2011ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އޭގެ ފަހުން، އެތަން ވިއްކާލުމަށް އެސްޓީއޯ އިން ވަނީ އެތައް ފަހަރަކު މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް މި ހޮޓަލުގެ މައްސަލަ ހައްލު ކުރަން މިދިޔަ 20 އަހަރު ތެރޭ ވަނީ ނާކާމިޔާބުވެފައެވެ.



.jpg.jpeg)

ކޮމެންޓް