ލުއި ޚަބަރު

އިންޑޮނޭޝިއާގެ މަގުތަކުގައި ރަތް ކުލައިގެ ކޯރެއް، ކީއްވެކަން އެނގޭތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޖަކާޓާ، އިންޑޮނޭޝިއާ: ޖަކާޓާގެ މަގުތަކުގައި ރަތް ލޭ ކުލައިގެ ކޯރެއް ހެދިފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

Ads by STELCO

ޓްވީޓާގައި ގިނަ ބަޔަކު މި ފޮޓޯތައް ހިއްސާ ކޮށްފައިވާއިރު، އެތައް ބަޔަކު ވަނީ އެއީ ލޭ ކޯރުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެކަމާ ބިރުގަނެ ކަންބޮޑުވެފައިވާ ހާލު ވެސް ގިނަ ބަޔަކު ވަނީ މި ފޮޓޯތަކަށް ކޮމެންޓު ކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ މިއީ "ދުނިޔޭގެ ނިމުން" ކަމުގައި ވެސް ބުނެފައެވެ. އަދި ލޭގެ "ވިއްސާރައެއް" އައިސްފައި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކޮންމެއަކަސް މި ފޮޓޯތަކުގެ ހަގީގަތް އެނގުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެ ފެންބޮވައިގަންފައެވެ. މި ފޮޓޯތަކުގެ ހަގީގަތަކީ، މިއީ ލޭ ކޯރުތަކެއް ނޫން ކަމެވެ. އަދި މިއީ ދުނިޔޭގެ ނިމުމެއް ވެސް ނޫނެވެ. މި ފޮޓޯތަކުގެ ހަގީގަތަކީ މިއީ ޖަކާޓާގެ އަންނައުނު އުފައްދާ ކުންފުންޏަކުން ކުލަ އަންނައުނުތަކެއް އުކާލުމުގެ ތެރޭގައި އޭގައި އެކުލެވޭ ކެމިކަލްތަކެއް މަގަށް އެޅުމުގެ ސަބަބުން ވީ ކަމެކެވެ. އަދި އެމަގުތަކުގައި ފެން ހެދިފައިވަނީ އެ ސިޓީއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުންނެވެ.

މި ފެންގަނޑު އަބަދު އޮންނަނީ ރަތްކުލައިގައެއް ނޫނެވެ. މި ފެންގަނޑުގެ ކުލަ އެކި ފަހަރު އެކި ކުލަކުލައަށް ބަދަލުވާއިރު ބައެއް ފަހަރަށް ފެންގަނޑަށް ދަނބު ކުލަވެސް އަރާފައި ހުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!