Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮވިޑުން ރައްކާތެރިވާން މޯދީ ވެކްސިން ޖަހައިފި

ކޮވިޑުން ރައްކާތެރިވާން މޯދީ ވެކްސިން ޖަހައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ. މޯދީ ވެކްސިން ޖެހީ ނިއު ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ގައެވެ.

ވެކްސިން ޖެހުމަށް ފަހު ޓްވިޓާ މެދުވެރިކޮށް މޯދީ ބުނީ ދުނިޔެއިން ކޮވިޑް ނައްތާލަން ކުރާ މަސައްކަތްތަކުގައި ޑޮކްޓަރުންނާއި ސައިންސްވެރިން އަވަދިނެތި ކުރައްވާ މަސައްކަތްތައް ފާހަގަކުރާ ކަމަށެވެ.

އިންޑިއާ ގައި މިއަދު ވަނީ 60 އަހަރުން މަތީ އުމުރުފުރާ އާއި 45 އަހަރާ 59 އަހަރުގެ އުމުރު ފުރާއަށް މިއަދު ވެކްސިން ދޭން ފަށާފައެވެ.

Advertisement
Ooredoo — Square (box)

ކޮވިޑް-19 އަށް ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވީ އިންޑިއާގައި ފާއިތުވީ ދެ މަހެއްހާ ދުވަސްތައް ވެފައިވަނީ ކޮވިޑް ކޭސްތައް މަދު ދުވަސް ކޮޅަކަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް