މިނިސްޓަރު އިމްރާން އަންހެނެއްގެ އުރަމަތީގައި ހިފިކަމަށް ބުނާ އޯޑިއޯގެ ސައްހަކަން މިދަނީ ބަލަމުން: ފުލުހުން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންހެނެއްގެ އުރަމަތީގައި ހިފިކަމަށް ބުނާ އޯޑިއޯގެ ސައްހަކަން ބަލަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިނިސްޓަރު އިމްރާން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަޑުއިވޭ އޯޑިއޯއެއް ވަނީ މީސް މީޑިއާގައި ދަރުވާން ފަށާފައެވެ. އޯޑިއޯގައި އަންހެން މީހާ ވަނީ އަދާލަތު ޕާޓީގެ އޮފީހަށް ގެންގޮސް އޭނާގެ އުރަމަތީގައި ހިފި އަނިޔާކުރި ކުރި ވާހަކަތަކެއް ކިޔައިދީފަ އެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި މިނިސްޓަރުގެ ފަރާތުން ގިނަ އަންހެނުންތަކަށް ވަނީ ފުރައްސާރަ ކުރިމަތިވެފަ އެވެ.
އެ އޯޑިއޯގައި ވާހަކަދައްކާ މީހާ ކިޔަނީ "ޔުމްނާ"އެއްގެ ވާހަކައެވެ. ބެލެވޭ ގޮތުގައި އެއީ މިނިސްޓަރު އިމްރާންގެ މިހާރުގެ އަނބިކަނބަލުން ޖެންޑާ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާއެވެ. ޔުމްނާއާ އެ ވާހަކަތައް ކުރިން ވެސް ހިއްސާކޮށްފައިވާނެ ކަމާއި ނަމަވެސް އެކަމުގައި ހިމޭނުން ހުންނަކަން ދޭހަވާ ގޮތަކަށް އޯޑިއޯގައި އެ އަންހެން މީހާ ބުނެ އެވެ.
އަދި އިމްރާންގެ ފުރައްސާރައިގެ ވާހަކަތަކުގެ ގިނަ ވާހަކަތަކެއް އޭނާ އަދިވެސް ހިއްސާ ކުރަމުން ދާނެ ކަމާއި މަޑު ނުހުންނާނެ ކަމަށް ވެސް ބުނެ އެވެ.
މިިަކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމްރާންގެ ޖިންސީ ފުރައްސައިރައިގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް އެ އޯޑިއޯގެ މައުލޫމާތު ލިބިފައިވާތީ އޭގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.