ޚަބަރު ރައްޔިތުންގެ މަޖިލިސް

ލީކްވި އުތުރުތިލަފަޅު ޑޮކިއުމެންޓަކީ އަސްލެއް ނޫން ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އުތުރު ތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ލީކުކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ އަލިފުށީ ދާއިރާ މެންބަރު މުޙައްމަދު ރަޝީދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

Ads by MWSC

މަޖިލިސް ޖަލްސާގައި އޭނާ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އެއްވެސް ޒިންމާދާރުކަމެއް ނެތް ގޮތަށް ދޮގު ލިޔުމެއް ފަތުރާތީ އެކަމުގައި ބައިވެރިވާ ހުރިހާ އެންމެންނާމެދު ފިޔަވަޅު އަޅަން ގޮވައިލާ ކަމަށެވެ.

އިންޑިއާ ސިފައިންނަށް 60 އަހަރު ވަންދެން ހަތިޔާރާއެކު ރާއްޖޭގައި ތިބެވޭނެ ގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ބުނެ މީސްމީޑިއާގައި ލީކުވި ލިޔުމަކީ ސައްޙަ ލިޔުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

އެލިޔުމުގައި ބުނެފައި ވަނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރަކާއި ޑޮކްޔާޑެއް ހަދަން ވެސް އެއްބަސްވާ ކަމަށެވެ.

ލީކް ކޮށްފައި ވަނީ، އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ޑްރާފްޓެއްކަމަށް ވަނީ އެނގިފައެވެ.

މި އެއްބަސްވުމާ ގުޅިގެން ޑިފެންސުން ބުނެފައި ވަނީ އެއީ އެގްރީމެންޓްގެ އަސްލު ނޫން ކަމަށެވެ. ނަމަވެސް އިންޑިޔާ ސިފައިންނަށް ދިގު މުއްދަތުގައި ރާއްޖޭގައި ނުތިބެވޭނެ ކަމަށް ބުނާ ވާހަކަ އެ ފަރާތުން ދޮގު ކޮށްފައެއް ނުވެއެވެ. އިދިކޮޅުން ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Ads by Ooredoo
  1. ކަނބުލޮ

    އެހެންވިއްޔާ އަސްލު ދައްކަންވީނު

  2. ޑިމޮކްރަސީ

    އަވަހަށް އަސްލު ދައްކާ ލަސްނުކޮށް އޭރުން ތިކަން ތިނިމުނީ

  3. ރާއަލިފް

    ކައެ އެއްފަހަރުވެސް ބުނެބަ! އެ އެގުރިމެންޓު ދައްކަބަލާށޭ! ނުކުރޭނެ ބުނާކަށް! 20 މިލިޔަން ބަހާލީމާ ލިބުނު ލުއްޗާއެއް ތިވެސް. ތަލަ ބަނޑަށް ތިއަޅަނީ ހަމަ އަލިފާން! އަނދާ އަޅިޔަށް ވެދާށި1 އާމީން ހަލާކުހުރި