ދުނިޔެ

އޮސްޓްރޭލިއާގައި ކުޑަކުދިންތަކެއް އުމުރުން ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގޭންގް ރޭޕް ކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

އޮސްޓްރޭލިއާގެ ބީޗެއްގައި އުމުރުން އެންމެ ފަސް އަހަރުގެ ކުޑަ ކުއްޖަކު ގޭންގް ރޭޕް ކޮށްފިއެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިކަން ކޮށްފައިވަނީ ވެސް ކުޑަކުދިންތަކެކެވެ. އެކުދިންތަކަށް އަދި 13 އަހަރުވެސް ނުފުރޭ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by WAMCO

ފުލުހުން ބުނެފައިވަނީ މިހާދިސާ ހިނގާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ކުއީސްލޭންޑްގެ ނަޕްރާނަމް ގައި ކަމަށެވެ.

"ދަ އޮސްޓްރޭލިއަން" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މިޢަމަލު ހިނގާފައިވަނީ ހަތަރު ފިރިހެއް ކުއްޖެކެވެ. އެކުދިން ފަސް އަހަރުގެ ކުއްޖާ ރޭޕް ކުރުމުގެ ސަބަބުން އެކުދިން ދިރިއުޅޭ އަވަށުން ވަނީ އެކުދިން އަނބުރާ އެއަވަށަށް ދިޔުން މަނާ ކޮށްފައެވެ. އެހެންކަމުން ފުލުހުން ވަނީ އެހަތަރު ކުދިންނާއި ހަވާލުވެފައެވެ.

އެހަތަރު ކުދިން ރޭޕް ކުރި ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެމަޖެންސީ ފަރުވާއަށް "ކެއާރންސް ހޮސްޕިޓަލަށް" ވައިގެ މަގުން ކުއްލި ގޮތަކަށް ގެންދިޔަ ކަމަށް ވެސް ރިޕޯޓު ތަކުން ބުނެފައިވެއެވެ.

ކޮމިއުނިޓީ މެމްބަރުންތަކެއް ބުނެފައިވަނީ މިހާދިސާގެ ސަބަބުން ގިނަ އާއިލާތަކެއްގެ ހިތްތަކަށް ބިރުވެރިކަން ވަދެފައިވާ ކަމަށާއި އަދި މިހާދިސާގެ ސަބަބުން މީގެ 15 އަހަރު ކުރިން ވީ ހާދިސާއެއް ވެސް މީހުންނަށް ހަނދާންވާން ފަށާފައިވާ ކަމަށެވެ.

"މިފަދަ ކަމެއް ކުޑަކުދިންތަކެއްގެ ފަރާތުން ވުމުން ގިނަ ބަޔަކު ތިބީ ސިހުމެއް ލިބިފައި، އަދި މިކަން ހިނގަން މެދުވެރިވި ސަބަބާއި ބެހޭގޮތުން މީހުން ދަނީ ބަހުސް ކުރަމުން. ނަމަވެސް މިއީ މިފަދަ ކަމެއްވީ ފުރަތަމަ ފަހަރެއް ވެސް ނޫން. މީގެ 15 އަހަރު ކުރިން އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ވެސް ގޭންގް ރޭޕް ކުރި. އެކުއްޖާ ރޭޕް ކުރުމުގައި ކުޑަކުދިންތަކަކާއި ބޮޑެތި މީހުން ވެސް ހިމެނުނު. އެކުއްޖާވަނީ މަރުވެފަ. މީހުން މިހާރު ދަނީ އެހާދިސާ އަނެއްކާވެސް ހަނދާން ކުރަމުން" ކޮމިއުނިޓީން މީހަކު މައުލޫމާތު ދީފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!