Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ސުބުހާނަﷲ، ގެއްލިގެން ހޯދަމުން ދިޔަ މީހަކު ފެނުނީ ސަޖިދައިގައި މަރުވެފައި އޮއްވާ

ސުބުހާނަﷲ، ގެއްލިގެން ހޯދަމުން ދިޔަ މީހަކު ފެނުނީ ސަޖިދައިގައި މަރުވެފައި އޮއްވާ

ރިޔާޟް، ސައުދީ އަރަބިއްޔާ: މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ސައުދީ ރައްޔިތެއް ސަހަރާއެއްގެ ތެރޭގައިި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ސައުދީ ފުލުހުންނާއި ހަވާލާދީ ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހާ ފެނިފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ސަޖިދައިގެ ޙާލަތުގައި އޮއްވައެވެ.

Advertisement
Ooredoo — Truecaller (box)
— هاشتاق العرب (@TheArabHash) July 20, 2020

40 އަހަރުގެ އަލް އަޖަލީން ނަމަކަށް ކިޔާ މި މީހާގެ އާއިލާއިން ބުނެފައިވަނީ އޭނާއާއި މުވާސަލާތީ ގުޅުން ކެނޑިފައިވަނީ ޕިކަޕެއްގައި ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އަލްއަޖަލީން މަރުވެފައި އޮއްވާ ފެނިފައިވަނީ ލަކުޑިތަކެއް އަރުވައިގެން ދަތުރުކުރަމުން ދިޔަ އެޕިކަޕާއި ކިލޯމީޓަރުތަކެއް ދުރުންނެވެ.

އަލްއަޖަލީންގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެތައް ހާސް ބަޔަކު ދަނީ އޭނާއަށް ޓަކައި ހެޔޮ ދުޢާ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް