ލުއި ޚަބަރު

ދުނިޔޭގެ އެންމެ އިސްތަށިގަނޑު ދިގު ކުއްޖާ އިސްތަށިގަނޑު ބުރިކޮށްލައި، ދާރުލްއާސާރަށް ހަދިޔާކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ އިސްތަށިގަނޑު ދިގު އަންހެން ކުއްޖާ އޭނާގެ އިސްތަށިގަނޑު ބުރިކޮށްލައިފިއެވެ.

Ads by STELCO

ގުޖުރާތަށް އުފަން 18 އަހަރުގެ ނިލަންޝާ ޕަޓޭލްގެ އިސްތަށިގަނޑު ދުނިޔޭގެ އެންމެ އިސްތަށިގަނޑަށް ހޮވިފައިވަނީ 2018 ވަނަ އަހަރު އޭނާގެ އުމުރުން 16 އަހަރުގައެވެ.

ނިލަންޝާ 2016 ގައި ބެލިއިރު އިސްތަށިގަނޑުގައި 170.5 ސެންޓިމީޓަރު ހުރިއެވެ. އޭނާ އެންމެ ފަހުން އިސްތަށިގަނޑުގެ ދިގުމިން ބަލައިފައި ވަނީ 2020 ޖުލައި މަހުގައެވެ. އޭރު 200 ސެންޓިމީޓަރު ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިލަންޝާއަށް ވަނީ ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑުލީ ޓީނޭޖުގެ މަގާމު ހޯދައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ.

ނިލަންޝާ އިސްތަށިގަނޑު ކޮށާލީ ކީއްވެތޯ ގިނަ ބަޔަކު ވަނީ ސުވާލު ކޮށްފައެވެ. ގިނިސް ވޯލްޑް ރެކޯޑަށް ނިލަންޝާ ބުނި ގޮތުގައި އޭނާގެ އިސްތަށިގަނޑު ކޮށާލަން ނިންމީ އެ އިސްތަށިގަނޑުން އޭނާއަށް ދިން ކަންކަން އަނބުރާ ދިނުމަށެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ދިގު އިސްތަށިގަނޑުގެ ސަބަބުން ގިނަ ބަޔަކު އޭނާއަށް ކިޔަނީ ވެސް ރެޕަންޒެލް ކަމަށެވެ.

އިސްތަށިގަނޑު ކޮށާލުމަށް ފަހު ތިން ކަމެއް ކުރަން އޭނާ ވިސްނިއެވެ. އެގޮތުން ނީލަން ކިޔަން ނުވަތަ ޗެރިޓީއަށް ހަދިޔާ ކުރަން ނުވަތަ ދާރުލް އާސާރަކަށް ލުމަށް އޭނާ ނިންމިއެވެ. މި ތިން ގޮތުން ނިލަންޝާގެ މަންމައަށް އެންމެ ކަމުދިޔައީ ނިލަންޝާގެ އިސްތަށިގަނޑު ދާރުލްއާސާރުގައި ބާއްވާ އެއިން އެހެން މީހުންނަށް ނިލަންޝާގެ ރެކޯޑުގެ ވާހަކަ ކިޔައިދޭށެވެ. ނިލަންޝާގެ މަންމަ ވަނީ އޭނާގެ އިސްތަށިގަނޑު ކެންސަރު ބަލި މީހުންނަށް ހަދިޔާ ކުރަން ވެސް ނިންމާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!