Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

"އިންޑިއާ ވޭރިއަންޓް" ކިޔާތީ އިންޑިއާ ސަރުކާރުން ނުރުހުން ފާޅުކޮށްފި

"އިންޑިއާ ވޭރިއަންޓް" ކިޔާތީ އިންޑިއާ ސަރުކާރުން ނުރުހުން ފާޅުކޮށްފި

މިހާރު ހަލުވިކަމާއެކު އިންޑިއާގައާއި ބޭރުގެ އެހެން ޤައުމުތަކުގައި ވެސް ފެތުރެމުން އަންނަ ކޮވިޑް-19 ގެ އާ ވޭރިއަންޓަށް "އިންޑިއާ ވޭރިއަންޓް" ގެ ނަމުން ނަން ދިނުމުން އެ ޤައުމުން ނުރުހުން ފާޅުކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ވަނީ މީސް މީޑިއާގެ ހުރިހާ މަންސަތަކުން "އިންޑިއާ ވޭރިއަންޓް" އެ ނަން ފުހެލައިދިނުމަށް އެ މަންސަތަކަށް އަންގައިފައި ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެފައިވެއެވެ.

އެގޮތުން އިންޑިއާގެ އައިޓީ މިނިސްްޓްރީން ބުނެފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގައި މި ވޭރިއަންޓް ލިސްޓުކޮށްފައި ވަނީ "ބީ.617.1" ގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެ ވޭރިއަންޓަަށް "އިންޑިއާ" ގެ ނަމުން ނަން ދިނުމަކީ ގޯހެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

މީގެކުރިން ފެނިފައިވާ ކޮވިޑްގެ ވޭރިއަންޓުތަކަށް ވެސް ޑަބްލިޔުއެޗްއޯ އިން ވަނީ މިފަދަ ނަންބަރުތަކެއް ދީފައެވެ. އެހެން ނަމަވެސް އެ ވޭރިއަންޓުތައް ވެސް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވަނީ އެ ޤައުމެއްގެ ނަމުން ކަމަށާއި އެގޮތުން އިނގިރޭސިވިލާތުގެ ވޭރިއަންޓާއި ބްރެޒިލްގެ ވޭރިއަންޓު ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

އިންޑިއާގެ ކޮވިޑް ހާލަތު ގޮސްފައިވާ ގޮތާއި، ބަލި ކޮންޓްރޯލު ކުރުމަށް އެ ޤައުމުގެ ސަރުކާރުން ޢަމަލު ކުރަމުން ގެންދާ ގޮތާ މެދު އެތައް ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް