Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ލުއި ޚަބަރު

10 ކުދިން ވިހައި ދުނިޔޭގެ ރިކޯޑެއް ހެދި ކަމަށް ބުނާ މީހާގެ ހަގީގަތް ފަޅައިއަރައިފި

10 ކުދިން ވިހައި ދުނިޔޭގެ ރިކޯޑެއް ހެދި ކަމަށް ބުނާ މީހާގެ ހަގީގަތް ފަޅައިއަރައިފި

އެއްފަހަރާ 10 ދަރިން ވިހައި ދުނިޔޭގެ ރިކޯޑެއް ހެދި ކަމަށް ބުނި މީހާ ހެދީ ދޮގެއްކަން މިދިޔަ ހުކުރު ދުވަހު ފަޅައިއަރައިފިއެވެ.

ދެކުނު އެފްރިކާއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ގޮސިއާމޭ ސިތޯލް ނަމަކަށް ކިޔައި އެ އަންހެން މީހާ ބުނީ އޭނާ މި މަހު ވިހެއީ 7 ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ކަމަށެވެ. އެކުދިން ވިހެއީ ޕްރިޓޯރިއާގައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ގޮސިއާމޭ ދެއްކި ވާހަކަތަކާ މެދު ޝައްކު އުފެދުނީ އެ ކުދިންގެ ބައްޕަ ކަމުގައިވާ ޓެބޯހޯ ސޮޓެޓްސީ ދެއްކި ވާހަކަތަކަކުންނެވެ. ޓެބޯހޯ ބުނީ އޭނާއަށް އޭނާގެ ދަރިން އަދި ނުފެންނަ ކަމަށާއި ފައިސާ ހޯދަން ގޮސިއާމޭ ދޮގު ވާހަކަ ފަތުރަނީ ކަމަށެވެ. ލޯބިވެރިޔާގެ އެ ވާހަކަތަކުގެ ސަބަބުން ގޮސިއާމޭ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލެއްގައި އެޑްމިޓު ކުރި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Advertisement
Allied — Dhen Online (box)

މިކަމާ ގުޅޭ ތަހުގީގެއް އިއްޔެ ހެދުމަށް ފަހު ޓެމްބިސާ ހޮސްޕިޓަލުން ހާމަކުރީ، ގޮސިއާމޭއަށް އެއްމާބަނޑު 10 ދަރިން ލިބިފައި ނުވާ ކަމަށާއި އަދި ފަހުގެ ތާރީޚެއްގައި އޭނާއަށް ކުއްޖަކު ލިބިފައި ނުވާ ކަމަށެވެ.

ދެކުނު އެފްރިކާ ސަރުކާރުގެ ބައެއް އޮފިޝަލުން ހިމެނިގެން ހިންގި މި ތަހުގީގުގައި އިތުރަށް ބުނެފައި ވަނީ ގޮސިއާމޭ އެންމެފަހުން ބަލިވެ އިނދެފައި ވަނީ ވެސް މީގެ އެތައް އަހަރެއް ކުރިން ކަމަށެވެ.

ގޮސިއާމޭ 10 ދަރިން ވިހައިފިކަމަށް އެންމެ ފުރަތަމަ ޚަބަރުތަކުގައި ޖެހި ޕްރިޓޯއިރާ ނޫހުގެ އެޑިޓަރ ޕީޓް ރޭމްޕޭޑީއާ ދެކޮޅަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް ޕީޓް އަދިވެސް ބުނަނީ އޭނާ ޝާއިޢުކުރީ ތެދު ކަމަށާއި ސަރުކާރުން ދޮގު ހަދަނީ ކަމަށެވެ.

މި ތަހުގީގު ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ގޮސިއާމޭ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ ސިއްޙީ ގޮތުން އޭނާއަށް ދިމާވި މައްސަލަތަކަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި އޭނަގެ ސިއްހީ ހާލު ހުރި ގޮތުން 72 ގަޑިއިރު ވަންދެން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި ބާއްވަން ޖެހުނު ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް