Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

އަންހެންކުދިން ޚިތާނު ކުރުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ލަފާ ނުހޯދަން ނިންމައިފި

އަންހެންކުދިން ޚިތާނު ކުރުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ލަފާ ނުހޯދަން ނިންމައިފި

އަންހެންކުދިން ޚިތާނު ކުރުމާ ގުޅޭ މައްސަލައިގައި އިސްލާމިކް މިނިސްޓްރީއާއި ފަތުވާ މަޖިލީހުގެ ލަފާ ހޯދަން ކުރިން ނިންމައިފައި އޮތް އޮތުން ބަދަލުކޮށް، ލަފާ ނުހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެފަދައިން މިއަދު ނިންމައިފައި ވަނީ، މިކަމަކީ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފު ތާއީދު ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ، އެ ކޮމިޓީއަށް ހުށަހަޅައިފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައެވެ.

އެ ކޮމިޓީގެ ބައްދަލުވުމެއް މިދިޔަ އަންގާރަ ދުވަހު ވެސް ބާއްވައިފައިވާ އިރު އެ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވަނީ އަންހެން ކުދިން ޚިތާނުކުރުމާ ގުޅިގެން މުޖުތަމައުގައި ދެކެވެމުންދާ ވާހަކަތަކާ އެކު ކުރިމަތިވެފައި އޮތް މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމަށް އެދިވަޑައިގެންފައެވެ.

Advertisement
Ooredoo — Square (box)

އެގޮތުން މައްސަލަ އަށް ގާނޫނީ ހައްލެއް ގެނައުމަށް ޓަކައި އިސްލާމިކް މިިނިސްޓްރީއާއި، ފަތުވާ މަޖިލީހާއި، އެޗްއާރްސީއެމްއާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބަންޑާރަނައިބް ކޮމިޓީއަށް ހާޒިރުކޮށް ލަފާ ހޯދުމަށް ރޮޒެއިނާ އެދުވަހު ހުށަހަޅުއްވާފައިވެއެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމަށް އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާ ފަތުވާ މަޖިލީހުގެ ބޭފުޅުން ވެސް ހާޒިރު ނުކުރުމަށް ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް