ޚަބަރު

މާލޭގައި 10 މީހުންގެ ގްރޫޕަކުން ކާރަކަށް ގެއްލުން ދީފި

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި 10 މީހުންގެ ގްރޫޕަކުން ކާރަކަށް ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ މިއަދު 15:41 ހާއިރު ކަނބާ އައިސާރަނި ހިނގުމުން ދުއްވާފައި ދިޔަ ކާރެއް ޓްރެފިކް ބާރުބޮޑުވެގެން މަޑުކޮށްލި ވަގުތު ދިހަ މީހުންގެ ގްރޫޕަކުން އައިސް ކާރަށް ގެއްލުންދީފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކާރަށް ގެއްލުންދިން ވަގުތު އެ ކާރުގައި ދެމީހުން ތިބި ކަމަށާއި ނަމަވެސް އެއިން މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!