ޚަބަރު

ކޮރޯނާއަށް ޓެސްޓު ކުރުމަށް އެކަހެރި ކުރި ހަތް މީހަން ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ޓެސްޓްތައް ހެދުމަށް އެކަހެރި ކުރެވުނު މީހުންގެ ގައިން އެ ވައިރަހުގެ އަސަރު ފެނިފައި ނުވާތީ އެމީހުން އެޗްޕީއޭގެ މޮނިޓަރިންގެ ދަށުން މިހާރު ދޫކޮށްލާފައިވާ ކަމަށް އެ އެޖެންސީން ބުނެފި އެވެ.

Ads by STELCO

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮރޯނާވައިރަސް ހުރެދާނެ ކަމަށް މޮނީޓާކުރުމަށް އެކަހެރިކޮށްފައި ތިބީ ހަތް މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވައިރަސް ހުރެދާނެކަމަށް ބެލެވޭ މިންގަނޑަށް ފެތޭ މީހަކާއި ޗައިނާއިން ދަތުރުކޮށްފައިވާ ދިވެހިންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓްކޮށްފައިވާ ނަމަވެސް ބަލިހުރެދާނެ ކަމަށް ޝައްކު ނުކުރެވޭ ހަތަރު މީހެއްގެ އިތުރުން ބަލީގެ އަލާމާތެއް ނުފެންނަ، ނަމަވެސް ޗައިނާއިން ދަތުރުކޮށްފައިވާ ދެ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން އެ އެންމެންގެ ސާމްޕަލްތައް ވެސް އިންޑިއާގެ ޕޫނޭއަށް ފޮނުވައިގެން ޓެސްޓުކުރިއިރު ނެގެވިޓް ކަމަށް ދައްކާފައިވާތީ، އެ އެޖެންސީގެ މޮނީޓަރުންގެ ދަށުން އެ އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އަދި އެ ބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައވާ އަދި މޮނިޓަރިންގައި ބެހެއްޓިފައިވާ އެއްވެސް ފަރާތެއް މިވަގުތު ނެތް ކަމަށް އެ އެޖެންސީން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!