ލުއި ޚަބަރު

ޗޮކްލެޓް ބިރިޔާނީއާ އެކު އިންޓަނެޓް ރަތަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކާ އެއްޗެހީ އެކި ކޮންބިނޭޝަންތައް ހެދުމަކީ ވަރަށް އާއްމު ކަމެކެވެ. އެހެން ނަމަވެސް މިފަދަ ކޮންމެ ކޮންބިނޭޝަނަކީ ބައެއް މީހުން ގަޔާވާ ކަމަކަށްވި ނަމަވެސް އަނެއް ބަޔަކު ނަފްރަތު ކުރާ ކަމެވެ. މިގޮތަށް ހަދާ ކޮންބިނޭޝަންތަކަށް ފުރުސަތު ވެސް ނުދީ ގޮތް ނިންމައެވެ. ނުބައިވާނެ ކަމަށެވެ.

Ads by Hajj Corporation

މި ފަހަރު މިއޮތީ ވެސް ތަފާތު ކޮންބިނޭޝަނެކެވެ. ބިރިޔާނީއާއި ޗޮކްލެޓެވެ. ބިރިޔާނީއަކީ އިންޑިއާ އަދި ޕާކިސްތާނަށް ޚާއްސަ ކެއުމެވެ. ދެ ޤައުމުން ވެސް އެއީ އެ ޤައުމުން އުފެއްދި ކެއުމެއްގެ ގޮތުގައި ބުނާ ދެ ކެޔުމެކެވެ. ބިރިއާނީއަށް ޗޮކްލެޓް އަޅާ މުޅިން އާ ރަހައެއް އުފެއްދީ ޕާކިސްތާނުންނެވެ. މިއާ އެކު މީސްމީޑިއާގައި އިންޑިއާ މީހުން ވަނީ ރަތަށް އަރައިފައެވެ.

އައުގުރާނައިން ފެށިގެން ނުގޮވާ އެއްޗެއް ނެތެވެ. އެމީހުންގެ އަމިއްލަ ކެއުމަކަށް ބަދަލު ނުގެނެވޭނެ ކަމަށް ބުނަމުންނެވެ. މިކަމުގައި ކޯޓަށް ދާން ވެސް ބައެއް މީހުން ތިބީ ތައްޔާރަށެވެ.

އެހެން ނަމަވެސް ޕާކިސްތާނުގެ ކަރާޗީގައި ޗޮކްލެޓް ބިރިޔާނީ ވަރަށް އެބަ ހިނގައެވެ. ޗޮކްލެޓް ބިރިޔާނީ ކާތަން ދައްކައިދޭ ވީޑިއޯއެއް ވެސް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

މިވީޑިއޯގައި ބުނެފައި ވަނީ ޗޮކްލެޓް ބިރިޔާނީއަކީ ނުކައި ދޫކޮށްލެވޭވަރުގެ އެއްޗެއް ނޫން ކަމަށެވެ. އަދި ގޮތް ނިންމުގެ ކުރިން އެއްފަހަރު ރަހަ ބަލައިލުމަށް ބުނެފައިވެއެވެ.

އިންޓަރނެޓްގައި ދުވަސްދުވަސްކޮޅުން ތަފާތު ކޮންބިނޭޝަންގެ ކާނާގެ ވައްތަރުތައް ދައުރުވެއެވެ. މިގޮތުން އެންމެ ފާހަގަ ކުރެވިގެން ދިޔައީ އަލަނާސި ޕިއްޒާއެވެ. ކުރިން ބަޔަކު މިކަމަށް ދެކޮޅު ހެދި ނަމަވެސް މިއަދު ރެސްޓޯރެންޓްތަކުގެ މެނޫތަކުން ވެސް މި ކޮންބިނޭޝަން ފެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!