ޚަބަރު ސިޔާސީ

ރާއްޖެއިން ބޭރުގައި ހުންނަން ވަރަށް އުނދަގޫ، ދިވެހިންނާ އެކު ޖަހާ ސަކަރާތުގެ މަތިން ހަނދާންވޭ: ރައީސް ނަޝީދު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ދިވެހިރާއްޖެއިން ބޭރުގައި އުމުރުގެ ބޮޑުބައި ހޭދަ ކުރެއްވި ނަމަވެސް ރާއްޖެއިން ބޭރުގައި އުޅުމަކީ އުދަނގޫ ކަމެއް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކްލަބް ހައުސްގައި "ވޮއިސް އޮފް އައްޑޫ" ނަމުގައި އޮންނަ ކްލަބްއެއްގެ އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މާހައުލަކީ އެ މަނިކުފާނަށް ވަރަށް ކަމުދާ މާހައުލެއް ކަމަށާއި ރާއްޖޭގައި ހިނގާ ކަންކަމަކީ އެމަނިކުފާނު ނުހަނު ޝައުޤުވެރިވާ ކަންކަން ކަމަށެވެ. އަދި ސިޔާސީ މަސައްކަތް ފެށީއްސުރެން، އަތޮޅު ތެރޭގެ ރަށްރަށަށް ދަތުުރު ކުރައްވާ ކަމަށާއި އަތޮޅުތެރެއާ މާލޭގައި ވަރަށް ގިނަ ރައްޓެހިން ތިއްބަވާނެ ކަމަށެވެ. އަދި އެ މީހުންނާ އެކު ކާ ކެއުމާއި ދެކެވޭ ވާހަކަތަކަކީ ވަރަށް ކުރާ ހިތުން ކުރައްވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް އަބަދުވެސް ރާއްޖޭގެ މާހައުލާއި ރާއްޖޭގައި ހިނގާ ކަންކަމާއި ދިވެހިންނާ އަޅުގަނޑާ ބައްދަލުވެ، ކުރެވޭ މަޝްވަރާއާއި ދެކެވޭ ވާހަކައާއި ކުރެވޭ މަޖަލާއި ކާ ކެއުމާއި ދެން މިހެން ސަކަރާތް ޖަހާ އުޅުމާއި، މި ކަންކަމަކީ އަޅުގަނޑު އަބަދުވެސް ވަރަށް އުފަލާ އެކީގައި ބައިވެރިވާ ކަންކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ، 6 މެއިގައި އެ މަނިކުފާނަށް އަމާޒުކޮށްގެން ދެވުނު ނިރުބަވެރި ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވެ.

ރާއްޖެއިން ބޭރުގައި އުޅުއްވާން އުނދަގޫފުޅު ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ އެ މަނިކުފާނު ތިން ފަަހަރެއްގެ މަތިން ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވިކަމާއި އެކަން ހިނގާ ދިޔަ ގޮތުގެ ކުރު ޚުލާސާއެއް އަރުވައިފައެވެ

"މިއީ ފުރަތަމަ ފަހަރެއް ނޫން. މިހާރު މިއީ ތިންވަނަ ފަހަރު. އެންމެ ފުރަތަމަ 2004އިން ފެށިގެން އައިސް 2007އާ ހަމައަށް ރާއްޖެއިން ބޭރުގައި އަޅުގަނޑަށް އުޅެން ޖެހުނު. އެއީ އެމްޑީޕީ ހެދުމުގެ ތެރޭގަައްޔާއި އެ މަސައްކަތުގެ ތެރޭގައި. މާލޭ މެންބަރުކަމުން ކެނޑިގެންނާއި އެއް ފަހަރު ޖަލަށް ފޮނުވާ، އަރުވާލެވި. އީވާން ނަސީމު މަރާލުމާ ގުޅިގެން އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ދިޔައީ. އޭރުގައި ރާއްޖޭން ބޭރުގައި އުޅެން ޖެހުނު. އޭގެ ފަހުން ޔާމީން ދައުރުގައި ވެސް ބޭރުގައި އުޅެން ޖެހުނު. އޭގެ ފަހުން އަނެއްކާ ވެސް ރާއްޖެ އައީ. އަނެއްކާ ވެސް މި ފަހަރު ވެސް މިއޮތީ ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ހޭދަ ކުރަން ޖެހިފައި." ރައީސް ނަޝީދު ވިދާޅުވީ، މިފަހަރު ރާއްޖޭން ބޭރުގައި އެހާ ގިނަ ދުވަސް ހޭދަ ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ސެޕްޓެންބަރު މަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވާ ބަސްފުޅު ވަނީ ތަކުރާރު ކުރައްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިން އެކުލަވައިލި ރިޕޯޓުގައި ހިމެނޭ ލަފާތަކަށް ސަރުކާރުން އަމަލު ކުރަން ނަޝީދު އެދިވަޑައިގެންފައި ވެއެވެ. މި ގޮތުން ވިދާޅުވީ، ރާއްޖޭގައި އިތުރު ބޮމެއް ގޮވުމަށް އެ މަނިކުފާނު އެދި ނުލައްވާ ކަމަށާއި އެހެން ނަމަވެސް އެ މަނިކުފާނު މަރާލާން ބަޔަކު ނިޔަތް ގަނެގެން މަސައްކަތް އެބަ ކުރައްވާ ކަމަށެވެ. އަދި އެ ކުރާ މަސައްކަތް ހުއްޓާލިކަން ޤަބޫލުފުޅު ކުރައްވަން ދަތިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މަރާލުމަށް ބަޔަކު މީހުން ނިޔަތް ގަނެގެން މަސައްކަތް އެބަ ކުރޭ. އެ މަސައްކަތް އިރާދަކުރައްވައިގެން މި ވަނީ ކާމިޔާބުވާގޮތް ނުވެފައި. އުދަނގޫ ދެކެން މިހާރު އެމީހުން އެ މަސައްކަތް ހުއްޓާލިކަން. އަދި ޚާއްސަކޮށް ދަޢުވާ މި އުފުލެނީ ތިން ހަތަރު މީހެއްގެ މައްޗަށް. އުދަނގޫ ދެކެން މިއީ އަޑިއާ ފުންމިނާ ފުޅާ މިންކަމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by HDC
  1. ދިވެހި ރައްޔިތުން

    ބޮޑު ކަމެއް އަދި އޮތީ ތޯއްޗެއް ދެތްތޯ؟

  2. ދުލި

    މިއީ ޖާބިރާ ޖެހުނު އަނެކަކު!

  3. ކެރަފަ ގަންޖާ

    މީނާމިހިރީހިދުކޮޅުގަ