Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

މުދަލެއް ރަހުނުކޮށްގެން ދަރަނި ނެގުމުގެ ވިސްނުމެއް ނުގެންގުޅެން: ފިނޭންސް މިނިސްޓްރީ

މުދަލެއް ރަހުނުކޮށްގެން ދަރަނި ނެގުމުގެ ވިސްނުމެއް ނުގެންގުޅެން: ފިނޭންސް މިނިސްޓްރީ

ދައުލަތުގެ މުދަލެއް ރަހުނުކޮށްގެން މިހައިތަނަށް އެއްވެސް ދަރަންޏެއް ނަގައިފައި ނުވާނެ ކަމަށާއި އަދި އެފަދަ ވިސްނުމެއް ވެސް ނުގެންގުޅުއްވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ދުބާއީއަށް ކުރައްވާ ދަތުރުފުޅަކީ، މާލެއިން ބިންތަކެއް ރަހުނުކޮށް ދަރަންޏަށް ފައިސާ ހޯދަން ކުރައްވާ ދަތުރުފުޅެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން، "ދެން"އިން ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ލަމާން ވަޙީދު ވިދާޅުވީ، ސަރުކާރުން ބިން ރަހުނުކޮށްފައި ދަރަނި ނެގުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"ސަރުކާރުން ރަހުނުކޮށްފައެއް ދަރަންޏެއް ނަގައިފައެއް ނޯންނާނެ، އަދި ކުރިޔަށް އޮތް ތާންގައި ވެސް ނެގުމުގެ ވިސްނުމެއް ނުގެންގުޅުއްވާ" ލަމާން ވިދާޅުވީ، މިނިސްޓަރ އަމީރު ދުބާއީ ކުރައްވާ ދަތުރުފުޅަކީ، ޑިވެލޮޕްމަންޓް ޕާޓްނަރުންނާއި، ބޭންކުތަކާއި، އިންވެސްޓަރުންނަށް ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މިދަތުރުފުޅުގައި ރާއްޖެއިން އިޤްތިޞާދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތައް މެދު އިރުމަތީގެ އިންވެސްޓަރުންނަށް ކިޔައިދީ، ރާއްޖެއާ އެ ބޭފުޅުންނާ އޮންނަ ގުޅުން ބަދަހި ކުރުމަށް މިނިސްޓަރ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މީގެ ކުރިން ވިދާޅުވެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ނިންމައިގެން ރާއްޖެއިން ސުކޫކް ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ފައިސާ ނުދެއްކޭ ހާލަތެއްގައި ވެސް އެއްވެސް އެހެން ފަރާތަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ބަދަލުނުވާނެ ކަމަށެވެ. އަދި ސުކޫކް ވިއްކުމާއި ރަހުނުކޮށްފައި ދަރަންޏަށް ނެގުމަކީ ތަފާތު ދެ ކަމެއްކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި ފައިސާ ނުދެއްކޭ ހާލަތުގައި ޒިންމާ ވާނީ ސަރުކާރުން ކަމަށާއި އެއްވެސް ހާލަތެއްގައި ހޮސްޕިޓަލް ވިކި ނުވަތަ މިލްކުވެރިކަން އެހެން ފަރާތަކަށް ނުދާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ މީގެ ކުރިން ދެއްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް