އެޑްވަޓޯރިއަލް

އުރީދޫ އަތޮޅުދުވުން: އަވަހަށް ދުވުން ފުރިހަމަ ކޮށްލާ، މާދަމާ ފަހު ދުވަސް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުރީދޫ މޯލްޑުވްސްގެ 16ވަނަ އަހަރީ ދުވަހާ ގުޅިގެން މި ހިނގާ އޯގަސްޓް މަހުގެ 1ގައި ފެށި "އުރީދޫ އަތޮޅު ދުވުން" ފުރިހަމަ ކުރުމަށް އެ ކުންފުނިން ހަނދާން ކޮށްދީފިއެވެ.

Ads by Hajj Corporation

މާދަމާއަކީ އެ ދުވުމުގެ އެންމެ ފަހު ދުވަސް ކަމަށް ވާތީ އުރީދޫން ވަނީ "އަތޮޅުދުވުން" ފުރިހަމަ ކުރުމަށް ހަނދާން ކޮށްދިނުމުގެ އިތުރުން، މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކުން އެ ދުވުން ފުރިހަމަ ކޮށްފައިވާކަން ފާހަގަ ކޮށްފައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ހޫނު ތަރުހީބެއް ލިބިފައިވާ "އުރީދޫ އަތޮޅު ދުވުން"އަކީ ވާޗުއަލްކޮށް ބައިވެރި ވެވޭ ދުވުމެކެވެ.

މި އަހަރު މި ދުވުމުގެ ބައިވެރިންނަށް ވަނީ، ދުވުމުގެ ފޮޓޯއާއި މެޑަލް މީސް މީޑިއާގައި ހިއްސާ ކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ވެސް ހުޅުވައިލައިފައެވެ. އެ ގޮތުން އެ އިނާމު ފަސް ފަރާތަކަށް ލިބޭ ގޮތަށް ހުށަހަޅައިފައި ވެއެވެ.

މީގެ އިތުރުން އުރީދޫ އަތޮޅު ދުވުމުގެ ފޮޓޯތައް ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ދެ ނަސީބުވެރިއަކަށް މަމަކްއިން ކެއުމެއް ނުވަތަ ލަވޭރިއާއިން ޕިއްޒާ ލިބޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

އުރީދޫ އަތޮޅުދުވުމުގެ މެޑަލް ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ތިން ނަސީބުވެރިއަކަށް ރޭޖް-ހިޓް ޖިމްގެ އެއް މަހުގެ މެމްބަރޝިޕް، ނުވަތަ ޕިއްޒާ ކިޗަނުން ޕިއްޒާ، ނުވަތަ ލެޕާފިއުމްއިން ގިފްޓް ޕެކެއް ވެސް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދުވުމުގެ ފޮޓޯއާއި މެޑަލް ހިއްސާ ކުރާ މީސް މީޑިއާ އެކައުންޓް ވާން ޖެހޭނީ ޕަބްލިކް އެކައުންޓަކަށް ކަމަށާއި ކޮންމެ ޕޯސްޓެއްގައި އުރީދޫ ޓެގް ކުރުމުގެ އިތުރުން OoredooAtholhuDhuvun# ޖަހަން ޖެހޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.

ފޮޓޯތައް ހިއްސާ ކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ރޭ 11:59އާ ހަމައަށް ލިބޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!