ދުނިޔޭގެ އެންމެ "ކުޑަ ބޭބީ"، 13 މަސް ދުވަހުގެ ފަރުވާއަށް ފަހު ގެއަށް!

ދުނިޔޭގެ އެންމެ "ކުޑަ ބޭބީ" ކަމަށް މިހާތަނަށް ބެލެވިފައިވާ ތުއްތު ކުއްޖާ، 13 މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް ފަހު އިއްޔެ ގެއަށް ގެންގޮސްފިއެވެ.
ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި އުފަންވި ވެކް ޔޫ ޝުއާން ނަމަކަށް ކިޔައި އެ އަންހެން ކުއްޖާ އުފަންވީ އިރު ބަރުދަނުގައި ހުރީ އެންމެ 212 ގްރާމެވެ. އެއީ އާފަލެއްގެ ބަރުދަން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އުފަންވީ އިރު އޭނާގެ އިސްކޮޅުގައި ހުރީ އެންމެ 24 ސެންޓިމީޓަރެވެ. އުފަން ވުމަށްފަހު ވެކް ޔޫ ޝުއާން އަށް ފަރުވާ ދީފައިވަނީ އިންޓެންސިވް ކެއާ ގައެވެ.
ރިޕޯޓު ތަކުން ބުނާ ގޮތުގައި އެ ކުއްޖާ އުފަންވެފައި ވަނީ އެންމެ 25 ހަފްތާގައެވެ. އާންމު ގޮތެއްގައި މީހަކު ވިހާ އުމުރަކީ ބަނޑަށް 40 ހަފްތާގައެވެ.
<img class="alignnone wp-image-108634 size-full" src="https://cdn.dhen.mv/wp-content/uploads/2021/08/20210811_091358.jpg" alt="" width="1660" height="945" />
ދުވަސް ނުފުރެނީސް ވެކް ޔޫ ޝުއާން އޭނާގެ މަންމަގެ ބަނޑުން ނެގަން ޖެހުނީ އޭނާއަށް ޕްރީ-އެކްލެމްޕްޝިއާ ނަމަކަށް ކިޔައި ނުރައްކާތެރި ބައްޔެއް ޖެހުމުންނެވެ. މި ބަލީގެ ސަބަބުން ކުއްޖާއަށާއި މައިމީހާއަށް ވެސް ގެއްލުން ވެދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ހޮސްޕިޓަލުގައި 13 މަސް ވަންދެން ފަރުވާ ހޯދުމަށް ފަހު ވެކް ޔޫ ޝުއާން މިހާރު ވަނީ ގެއަށް ޑިސްޗާޖް ކޮށްފައެވެ. ގެއަށް ދޫކޮށްލި އިރު ބަރުދަނަކީ 6.3 ކިލޯގްރާމްއެވެ.







ކޮމެންޓް