ޚަބަރު ސަރުކާރު

ތިމަރަފުށި ހައުސިންގ މަޝްރޫޢު ނޮވެމްބަރުމަހު އެއްކޮށް ނިންމައިލެވޭނެ: މިނިސްޓްރީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ތ.ތިމަރަފުށީގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ނިންމައިލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހައުސިން މިނިސްޓްރީގެ ސީނިއަރ ކޮންޓްރެކްޓިން އޮފިސަރ މުޙައްމަދު ޒަރީރު ވިދާޅުވީ، ތިމަރަފުށި ހައުސިން މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ގެތަކުގެ 32 ގެއެއްގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން މަޝްރޫޢަށް މަޑުޖެހުމެއް އައި ނަމަވެސް މިހާރު ވަރަށް ބާރަށް މަސައްކަތް ކުރިއަށްދާ ކަމަށާއި ނޮވެމްބަރު މަހު އެމަޝްރޫޢު އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ތިމަރަފުށްޓަށް ކުރައްވާ ދަތުރުފުޅުގައި މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ވެސް ބައްލަވައިލައްވައިފައިވެއެވެ. އަދި ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ތ. އަތޮޅުގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ރާވައިފައިވާ ކަމަށާއި، ނަމަވެސް ކޮވިޑްގެ ސަބަބުން ކަންކަން ކުރުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަ ކުރައްވައިފައިވެއެވެ. ޙާއްޞަކޮށް އެ މަނިކުފާނު ވަނީ ކޮވިޑްގެ ސަބަބުން އިޤްތިޞާދަށް ލިބުނު ގެއްލުންތައް ކުޑަކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަަށް ސަރުކާރުން ގޮތްތަކެއް ފަހިކޮށްދެއްވާފައިވާކަން ފާހަގަ ކުރައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!