ޚަބަރު މީހުން ލައިފްސްޓައިލް

އަހަރެންގެ ނުކުޅެދުންތެރިކަން އަހަރެން ބަދަލުކުރީ އެންމެ މޮޅު ކުޅެދުންތެރިކަމަށް: ޕަލަކް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަހަރު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކްގައި ދުނިޔޭގެ އެކި ހިސާބުތަކުން އެތުލީޓުން ވާދަ ކުރެއެވެ. ތަފާތަކީ މި އެތުލީޓުންނަކީ ކޮންމެވެސް ނުކުޅެދުންތެރިކަމެއް ހުންނަ އެތުލީޓުންނަށްވުމެވެ. ޕެރަލިމްޕިކްސްއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޕެރަލިމްޕިކްސްގައި ފެނިގެންދަނީ ހުސް "ސުޕަ އެބިލިޓީ" އެތުލީޓުންނެވެ.

Ads by STELCO

އެގޮތުން ފާހަގަކޮށްލެވޭ އެއް އެތުލީޓަކީ އިންޑިޔާގެ ބެޑްމިންޓަން ތަރި ޕަލަކް ކޯލީއެވެ. އުމުރުން 18 އަހަރުގެ ޕަލަކް ކޯލީއަކީ އިންޓަރނޭޝަނަލް އެތުލީޓެކެވެ. އުފެދުމުގައި އެއް އަތް ފުރިހަމަވެފައި ނުވި ނަމަވެސް ޕަލަކް ވަނީ އޭނާގެ ނުކުޅެދުންތެރިކަން ކާމިޔާބު އެންމެ ކުޅަދާނަ ކުޅެދުންތެރިކަމަށް ބަދަލުކޮށްފައެވެ.

"އަހަރެންގެ ޑިސްއެބިލިޓީ އަހަރެން ބަދަލު ކުރީ އަހަރެންގެ ސުޕައެބިލިޓީއަށް. ދުނިޔެ އަހަންނަކަށް މިކަމެއް ނުވާނޭ ބުންޏަސް އަހަރެން ބުނަން އަހަންނަށް ވާނޭ އަދި ވާނެކަން އަހަރެން ދައްކަން ވެސް" ބީބީސީއަށް އަށް ދިން އިންޓަރވިއުއެއްގައި ޕަލަކް ބުންޏެވެ.

ޕަލަކްއަކީ 3 ކެޓަގަރީން ޕެރަލެޕިމްކްސްއަށް ކޮލިފައިވީ އިންޑިޔާގެ ހަމައެކަނި އެތުލީޓެވެ. އޭނާ މިވަގުތު ހުރީ ޕެރަލިމްޕިކްސްއަށް ޓްރޭނިންގައި ޓޯކިޔޯއަށް ގޮހެވެ.

"ކޮންމެ މީހަކު ވެސް އަހަރެން އެންމެ ފުރަތަމަ ފެންނަ އިރަށް އަހާނެ އަތަށް ކިހިނެތްހޭ ވެފަ ތިހުރީ. އަހަރެން ބުނަން އަހަރެން އުފަންވީސުރެ ހުންނަ ގޮތޭ އެކަމަކު އަހަންނަކަށް ނޭނގެ އުފަންވީސުރެއޭ ބުނާ ބަހުގެ މާނައަކީ ކޮބައިކަމެއް ވެސް. އެކަމަކު އަހަރެން އެބަ ޖެހޭ އެހެން ބުނަން" ޕަލަކްގެ ނުކުޅެދުން ތެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެެ.

ޕަލަކް ބުނިގޮތުގައި ޕްރޮފެޝަނަލް އެތުލީޓަކަށް ވެވިދާނެކަމަށް އޭނާ އުއްމީދެއް ވެސް ނުކުރެއެވެ. އަދި ކުޅިވަރެއް ކުޅުމަށް ކުރިމަތި ލިޔަސް އަޑުއިވެނީ ވެސް އެއީ ޕަލަކްއަށް ވާނެކަމެއް ނޫންކަމަށް ބުނާ އަޑުކަމަށް ވެސް އޭނާ ބުންޏެވެ.

ބެޑްމިންޓަން ކުޅުމަށް ޕަލަކްގެ ޓްރޭނިންތައް ފުރަތަމަ ހަދަން ފަށައިފައި ވަނީ 2017 ވަނަ އަހަރުގައެވެ. އޭގެ 2 އަހަރުފަހުން އޭނާ ވަނީ ބައިނަލްއަގުވާމީ މެޑަލެއް ހާސިލްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!