ޚަބަރު ސިޔާސީ

އިސް ގާޒީ ހައިލަމް މަގާމަށް އަލުން ރުޖޫޢަކުރަންޖެހޭ: އަލްހާން

ރައުފާ ރަޝީދު ، ދެން އޮންލައިން

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަޙްމަދު ހައިލަމް އަލުން އެ މަޤާމަށް ރުޖޫޢަކުރަން ޖެހޭ ކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލްހާން މިފަދައިން ވިދާޅުވެފައި ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން 2019ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި އިއްވައިފައިވާ ހުކުމް އިއްވުމުގެ ކުރިން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެ މައްސަލައިގައި ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ޤާޟީއަކާ ބައްދަލުކުރައްވައި އިރުޝާދު ދެއްވިކަމަށް ބުނާ އޯޑިއޯއެއް މީސްމީޑީއާގައި ލީކުވުމާ ގުޅިގެންނެވެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސް ޤާޟީ އަހުމަދު ހައިލަމްގެ މަޤާމަށް އަލުން ރުޖޫޢަކުރަންޖެހޭ ކަމަށާއި ފިޔަވަޅު އެޅި ސަބަބު ހާމަވެ ފަޅައިއަރައިފި ކަމަށެވެ. އަދި “ ވައިބަރ ގުރޫޕަކަށް ލެއްވި، ކަމާ ނުބެހޭ ފޮޓޯ އެކޭ ކިޔައިގެން ހައިލަމް ސަސްޕެންޑްކުރި ސަބަބު ރައްޔިތުންނަށް އަދިވެސް ސާފެއް ނުވޭތޯ؟ “ އަލްހާން ވަނީ ސުވާލު އުފައްދައިފައެވެ.

ޤާޒީ ހައިލަމް މަޤާމުން ސަސްޕެންޑްކުރީ ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދައިފައިވާ ވައިބާ ގުރޫޕަށް ނަސްރުގެ ދުވަހާ ގުޅިގެން ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެންނެވެ.

Ads by Ooredoo
  1. ށަވިޔަނި

    މާ ލަސްވެއްޖެ!