ލުއި ޚަބަރު

ދަރިފުޅު ރޭޕް ކުރުމުން އެކުވެރިޔާ މަރައިލި ބައްޕަ މިނިވަންވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ވިޔަޗެސްލަވް އާއި އޭނާގެ އާއިލާ އަދި އޮލެގް (ދެވަނަ ފޮޓޯގައި)

ރަޝިޔާގައި އުމުރުން 8 އަހަރުގެ އަންހެން ދަރިފުޅު ރޭޕް ކުރި އެކުވެރިޔާ މަރައިލި އެ ކުއްޖާގެ ބައްޕަ މިނިވަންވެއްޖެއެވެ.

Ads by MWSC

ފެކްޓްރީއެއްގައި މަސައްކަތް ކުރާ ވިޔަޗެސްލަވްއާއި އޭނާގެ އެކުވެރިޔާ އޮލެގް ސްވިރިޑޮވް އެކުގައި ބާއެއްގައި ތިއްބާ ވިޔަޗެސްލަވްއަށް އޭނާގެ ދަރިފުޅަށް އަނިޔާ ކުރި ވީޑިޔޯއެއް އޮލެގްގެ ފޯނުން ފެނުމާ އެކު އައި ރުޅިން އޭނާ ވަނީ އެކުވެރިޔާ އޮލެގްގެ ގައިގައި ތަޅައި ގަނެ މަރައިލައިފައެވެ.

މި މައްސަލައިގައި ކުއްޖާގެ ބައްޕަ ވިޔަޗެސްލަވް ހައްޔަރުކުރި ނަމަވެސް މިހާރު ވަނީ ޖަލުން މިނިވަންކޮށްފައެވެ. އެހެން ނަމަވެސް މައްސަލައިގެ ތަހްގީގް ކުރިއަށްދާތީ އޭނާ އަދިވެސް ހުރީ ގޭ ބަންދުކޮށްފައެވެ.

ރަޝިޔާގައި އާއްމު ހާލަތުގައި މީހުން މަރާ މީހުން އެހާ އަވަހަށް މިނިވަން ނުކުރި ނަމަވެސް ވިޔަޗެސްލަވް މިނިވަންކޮށްފައި ވަނީ އާއްމުންގެ އެކަމަށް ގޮވައިލާ އޭނާއަށް ސަޕޯޓު ދިނުމުންނެވެ.

ތަހްގީގީ އިދާރާތަކުން ބުނެފައިވާ ގޮތުގައި އޮލެގްގެ ފޯނުން ވަނީ އިތުރު ކުޑަކުދިންތަކަށް އޭނާ އަނިޔާ ކޮށްފައިވާ ވީޑިޔޯތަކެއް ފެނިފައެވެ. މީގެ ތެރޭގައި ވިޔަޗެސްލަވްގެ ދަރިފުޅުގެ ވީޑިޔޯވެސް ހިމެނޭއިރު ވިޔަޗެސްލަވް، އޮލެގް މަރައިލި ނަމަވެސް އޭނާއަކީ ގާތިލެއްކަމަށް ނުނިންމޭނެ ކަމަށާއި އޮލެގްއަށް އެ ލިބުނީ އޭނާއަށް ހައްގު އަދަބުކަމަށް ބުނެ ޝޯޝަލް މީޑިޔާގައި ވެސް ގިނަ ބަޔަކު ވަނީ ވިޔަޗެސްލަވްގެ ދިފާއުގައި އަޑު އުފުލައިފައެވެ.

ގިނަ ބަޔަކު ބުނާގޮތުގައި ވިޔަޗެސްލަވްއަކީ "ހީރޯ"އެއް ކަމަށާއި އޭނާއަށް އަދަބެއް ވެސް ދެވިގެން ނުވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!