ސަރުކާރު

ހުޅުމާލޭ ޖަލުގައި ގައިދީ ނިޔާވި ހާދިސާގެ ޓައިމްލައިން އާންމުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލެ ޖަލުގައި ކުއްލި ގޮތަކަށް ގައިދީއަކު ނިޔާވި ހާދިސާގެ ޓައިމްލައިން ހޯމް މިނިސްޓްރީން އާންމު ކުރައްވައިފިއެވެ.

Ads by MWSC

އެ މިނިސްޓްރީން ވިދާޅުވީ ރޭ އިރާކޮޅު ހުޅުމާލޭ ޖަލުގައި ގައިދީއަކު ނިޔާވުމާ ގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސަސް ގެންދަވަނީ އެ މައްސަލަ ތަހުގީގު ކުރައްވަމުން ކަމަށެވެ. އަދި ސީީސީޓީވީ ފޫޓޭޖާއި ޖަލު އޮފިސަރުން އަދި ގައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގައި ދިޔަގޮތުގެ ޓައިމްލައިނެއް ތައްޔަރު ކުރައްވައި، އެ މިނިސްޓްރީން ވަނީ ރަސްމީ ޓްވިޓާ އެކައުންޓު މެދުވެރިކޮށް އާންމު ކުރައްވައިފައެވެ.

ހުޅުމާލޭ ޖަލުގައި ކުއްލި ގޮތަކަށް ރޭ ނިޔާވީ، ގދ. ވާދޫއަށް ނިސްބަތްބާ އެ ރަށު ޖަނަވަރީގޭ މުޙައްމަދު އަސްލަމް (40އ.)އެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ފަރާތެއް ކަމަށް ކަރެކްޝަންސްއިން ރޭގައި ވަނީ މައުލޫމާތު ދެއްވައިފައެވެ.

އަސްލަމް ރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީނދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލުން ބެލުމަށް ފަހު، ރޭ 8:23ގައި އޭނާ ނިޔާވެފައިވާ ކަމަށް ރިޕޯޓު ކުރި ކަމަށް ވެސް ކަރެކްޝަންސްއިން ވަނީ މައުލޫމާތު ދެއްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!