ސަރުކާރު

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރި މާލޭގެ ހުރިހާ ތަނެއް ބަންދު ކޮށްފިން: ސީޕީ ހަމީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މާލޭގެ ހުރިހާތަނެއް އަންގާރަ ދުވަހުގެ ރެއާ ހަމައަށް ބަންދު ކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ ހަމީދު) ވިދާޅުވެއްޖެއެވެ.

Ads by STELCO

"ޗޭންޖް އެންޑީއޭ 2020 ޕެޓިޝަން"އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ގާނޫނުން ލިބިފައިވާ ބާރު ބޭނުން ކުރުމަށް އިރުޝާދު ދެވިފައިވާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރާ 44 ތަނެއް މާލެއިން ފާހަގަކުރެވި، އެ ތަންތަން އަންގާރަ ދުވަހުގެ ރެއާ ހަމައަށް ބަންދު ކޮށްފައިވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކެފޭ އުސޫލުން ކުރަމުން އަންނަ ތަންތަނުގެ ވެރިން ވެސް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް އޭގެ ތެރެއިން އެކަކުގެ މައްޗަށް ދައުވާ އުފުލައިފައިވާއިރު، އިތުރު ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ނެޓްވޯކްތައް ދެނެގަތުމަށް ކުރި މަސައްކަތުން 12 ނެޓްވޯކެއް ފާހަގަވެ ފިޔަވަޅު އެޅުމަށް ޝަރީއަތަށް ފޮނުވިފައިވާނެކަން ވެސް ސީޕީ ފާހަގަ ކުރެއްވިއެވެ. އަދި މި ވިޔަފާރި ކުރަމުން އަންނަ މީހުންގެ މާލީ ތަހުގީގުތައް މިހާތަނަށް ކުރެވިފައި ނެތްއިރު، މިހާރު އެ ތަހުގީގުތައް ވެސް ފަށައިގެން ކުރިއަށްދާ ކަމުގައި ސީޕީ ވިދާޅުވިއެވެ.

  1. އެނޯ

    އެހިސާބުން ނިމުނީތޯ! ފުލް ސްޓޮޕްތޯ!