ރައްޔިތުންގެ މަޖިލިސް

ފިޔަވަތީގައި ހަމަނުޖެހުން ހިންގިއިރު އެ ތަނުގައި ޝުޖާއު ހަރަކާތްތެރިވި މައްސަލަ ހުށަހަޅަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފިޔަވަތި ބޭރުގައި ހުންނަވާ ޝުޖާއު މީޑިއާއަށް މައުލޫމާތު ދެއްވަނީ ފޮޓޯ: ވޮއިސް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ފިޔަވަތީގައި ކުދިންތަކެއް ހަމަނުޖެހުން ހިންގިއިރު އެތަނުގެ އެތެރޭގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހަރަކާތްތެރިވެވަޑައިގެންނެވި މައްސަލަ އެލްޖީއޭއަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

Ads by Hajj Corporation

ފިޔަވަތީގައި ތިބި ކުދިންތަކެއް މި ދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ، އެތަނުގެ ފުރާޅު މައްޗަށް އަރައި އަޑުގަދަކޮށް، ބިއްލޫރިތައް ތަޅައިލައި، އެތަނުގައި ހުޅު ވެސް ޖަހައިފައެވެ. އެކުދިން ބުނި ގޮތުގައި ފިޔަވަތީގެ މުވައްޒަފުން އެކުދިންނަށް އަނިޔާ ކުރަނީއެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން ވަނީ އެކަން ދޮގު ކޮށްފައެވެ.

ފިޔަވަތީގައި އެ ރޭ ހިނގައި ދިޔަ ހާދިސާގެ ރިޕޯޓް ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ޗިލްޑްރެންސް އޮމްބަޑްސްޕާސަންއިން ތައްޔާރުކުރި ރިޕޯޓު ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

އެ ކޮމިޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވިދާޅުވީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ހާދިސާއާ ގުޅޭ މަންޒަރުތަކާއި ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަން ބަލައި ދިނުމަށް މީޑިއާ ކައުންސިލުގައި އެދުމަށް ވެސް މުމްތާޒް ހުށަހެޅުއްވިއެވެ.

މީގެ އިތުރުން، ފިޔަވަތީގައި ކުޑަކުދިން ހަމަނުޖެހުން ހިންގިއިރު ޝުޖާއު އެތަނުގެ ތެރެއަށް ވަދެ އުޅުނު ކަމަށާއި، އަދި ބައެއް މީހުން އެތަނަށް ވައްދަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެކަން ހިނގައި ދިޔަގޮތް ބަލަން އެލްޖީއޭއަށް އެންގުމަށް ވެސް މުމްތާޒް ހުށަހެޅުއްވިއެވެ. މުމްތާޒް ހުށަހެޅުއްވި މި ދެ ހުށަހެޅުން ވެސް ފާސްވިއެވެ.

އެރޭ ފިޔަވަތީ ކުރީމަތީގައި ހުންނަވާ މީޑީއާއަށް ދިން ބަސްދީގަތުމެއްގައި ޝުޖާއު ވިދާޅުވީ، ހުޅުމާލެ ކައުންސިލަރުގެ ހައިސިއްޔަތުން އެތަނުގައި މަސައްކަތްކުރާ ބައެއް މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަވައިފައިވާ ކަމަށާއި އުފަންވާ ތަނުން ބައެއް ކުދިން އެތަނަށް ހަވާލުކުރަމުންދާކަން އެމީހުންގެ ފަރާތުން ފާހަގަވެފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!