ޚަބަރު ސަރުކާރު

މިނިމަމް ވޭޖް މިއަދު ވެސް ކަނޑައެއް ނޭޅުނު!

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެލާނާ ބިލްޑިންގް / ފޮޓޯ: ދެން އިމޭޖްސް

ރާއްޖޭގައި މުސާރައިގެ ގޮތުގައި އެންމެ ކުޑަ އުޖޫރައެއް މިއަދު ކަނޑައަޅާ ގޮތަށް އޮތް ނަމަވެސް އެކަން މިއަދު ވެސް ނުވާނެ ކަމަށް، އެ ބޯޑުގައި މަސައްކަތްތެރިން ތަމްސީލުކުރައްވާ މެންބަރަކު ވިދާޅުވެއްޖެއެވެ.

Ads by MWSC
އެންމެ ކުޑަ މުސާރައިގެ ގޮތުގައި ދޭނެ ވަރެއް، މި ހަފްތާގެ ބުދަ ދުވަހު ބާއްވާ މިނިމަމް ވޭޖް ބޯޑުގެ ބައްދަލުވުމުގައި ކަނޑައަޅާނެ ކަމަށް އެ ބޯޑުން ވިދާޅުވި ނަމަވެސް އިއްޔެ ވޭޖް ބޯޑުގެ މެމްބަރު އަދި ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މާއްޓެ) ވިދާޅުވީ، ބައްދަލުވުން މިއަދު މެންދުރު 2:00ގައި އޮންނާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ މިއަދަށް ތާވަލު ކުރި ބައްދަލުވުން ވެސް ވަނީ ފަސްކޮށްފައެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ބާއްވާ ބައްދަލުވުން އަންނަ ހަފްތާއަށް ބަދަލުކުރުމަށް މިހާރު ދަނީ މަޝްވަރާކުރެވެމުންނެވެ.

މިނިމަމް ވޭޖް ބޯޑަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ ބެލުމުގެ ދަށުން ހިނގާ ބޯޑެކެވެ. ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. މީގެ ކުރިން ފައްޔާޒް ވިދާޅުވީ ޕަސެންޓޭޖްގެ ގޮތުން ބަލާއިރު ރާއްޖޭގެ އަންއެމްޕްލޮއިމެންޓް ރޭޓް މަތި ނޫން ކަމަށާއި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައި އޮތީ ވަޒީފާތަކުން ލިބޭ އާމްދަނީ ކުޑަވުމުގެ ޝަކުވާ ކަމަށެވެ.

ސަރުކާރުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅައިފައި އޮތް ސީލިންގަކީ 6،700ރ.އާއި 8،900ރ.އާ ދެމެދުގެ އަދަދެކެވެ. އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ކަނޑައަޅައިފައިވެއެވެ.

މިނިމަން ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.

Ads by Allied Insurance
  1. ނަރުދޫ ހަސަނު

    އިބިލީހުގެ ކައިވެނި ބަތާ މިނިމަމް ވޭޖާ އަޅާކިޔަލީމާ ވެސް ކައިވެނި ބަތް އަވަސްވާނެ. މިނިވަން ޤައުމެއްގެ 57 ވަނަ މިނިވަން ދުވަސްފާހަގަކުރަން ތައްޔާރުވާއިރު މިނިމަމްވޭޖް އަދިވެސް އޮތީ ހަމަ ވީތަންވެސް ނޭނގޭހިސާބު އަޑީގައި

  2. ޙުސައިން އަލިި

    ތިޔަ ހައްދަވަން އުޅުއްވަނިި ހުސްދޮގު