ސިޔާސީ

ވައްޑެގެ ނަސޭހަތެއް އެމްޑީޕީ މެންބަރުންނަށް: ޕާޓީއަށް ފައިގަދަ ކުރަން އުޅޭ ބޯވާތަކަށް ޖާގަ ނުދެއްވާ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މާދަމާ އޮންނަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އެ ޕާޓީގެ ފަލްސަފާއާ ދެކޮޅު ފަރާތްތަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީގެ އިންތިޚާބާ އެކު ސަރުކާރުގެ ވުޒާރާތަކުގެ ވެރިންނާއި ކުންފުނިތަކުގެ ވެރިން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ ވައްޑެ މީގެ ކުރިން ވެސް އެތައް ފަހަރަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދު ކުރި ޓްވީޓެއްގައި ވައްޑެ ވިދާޅުވީ، މިއަދު އަނެއްކާ ވެސް ގޮވަން ޖެހެނީ ބިރު ފަހަނަ އަޅައި ދިއުމަށް ކަމަށެވެ. މިއީ މީގެ 16 އަހަރު ކުރިން ގޮވަން ޖެހުނު އެއްޗެއްކަން ފާހަގަ ކުރައްވަމުން ވައްޑެ ވިދާޅުވީ، ވަޒީފާގެ ބިރު ދައްކައިގެން ވޯޓް ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ވޯޓް ހޯދާ ފަރާތްތަކަކީ އެމްޑީޕީގެ މުޅި ފަލްސަފާ ނެތިކޮށްލަން މަސައްކަތް ކުރާ ފަރާތްތަކެއް ކަމަށް ފާހަގަ ކުރައްވަމުން ވައްޑެ އެމީހުން ސިފަ ކުރީ، އެމްޑީޕީގެ ތެރޭގައި ފައިތައް ގަދަ ކުރަން އުޅޭ ބޯވާތަކެއްގެ ގޮތުގައެވެ. އަދި ވިދާޅުވީ، އެ ފަރާތަކަށް ފާޅުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

އިންތިޚާބުގެ ދުވަސް ކުޑަތަންވާ ވަރަކަށް އިންތިޚާބުގައި ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުންގެ ވާދަވެރިކަން ބޮޑުވެ، ޕާޓީގެ ކޮންޓްރޯލް ހޯދުމަށް ދަނީ ކެންޕެއިން ކުރައްވަމުންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޖުމްލަ، 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މި އިންތިޚާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ.

އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރިން 165 ކެނޑިޑޭޓަކު ވަނީ އޮޓޮމެޓިކުން މަގާމަށް ހޮވިފައެވެ.

Ads by HDC
  1. ައިބްރާހިމް

    ވަޑެ ކީވެތަ އަބަދު ސަރުކާރާޖައްސާލާގެންތިއުޅެނީ ތިހެންއުޅުނީމަަނިކަމެތިވަނީ ދާއިރާގެ ނިކަމެތި ރައްޔަތު ހުރިހާރަށެއްގެ މަސެއްކަށް ވެސްއެދަނީހުއްޓެމުން

    • ހަސަނު

      އިބުރާހިމާ ލިޔަން ކިޔަން ދަސްކޮށްބަލަ