Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

"އަކްރަމަށް ވާދަ ކުރެވެން ނުވާނެއެކޭ ވިދާޅެއް ނުވަން"

"އަކްރަމަށް ވާދަ ކުރެވެން ނުވާނެއެކޭ ވިދާޅެއް ނުވަން"

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި މާލެ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާފައިވާ އަކްރަމް ކަމާލުއްދީނަށް ވާދަ ކުރެވެން ނުވާނެއޭ ވިދާޅުވެ ވާހަކަ ދެއްކެވި ކަމަށް ބުނެ ބައެއް މީޑިޔާތަކުގައި ގެނެސް ދިން ޚަބަރު ހަސަން ލަތީފް ދޮގުކޮށްފައިވާކަމަށް އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް ވަނީ ހަސަން ލަތީފްއާ ވަޓްސް އަޕް މެދުވެރިކޮށް ދައްކަވައިފައިވާ ވާހަކައިގެ ސްކްރީން ޝޮޓެއް ޓްވިޓާގައި ހިއްސާކުރައްވައިފައެވެ.

https://twitter.com/Akramkdeen/status/1441404068509872134?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1441404068509872134%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F63862%2F

Advertisement
Allied Insurance — Square (box)

އަކްރަމް ސޯޝަލް މީޑިޔާއަށް ދޫކޮށްލައިފައިވާ ސްކްރީން ޝޮޓުގައި ވަނީ ޕްރެސްގައި ހަސަން ދެއްކެވި ވާހަކަތަކުގެ ހަބަރެއްގެ ސްކްރީން ޝޮޓް ފޮނުވައި ވަރަށް ފައްކާ ކަމަށް ވިދާޅުވެފައެވެ. އެމެސެޖަށް ހަސަން ދެއްވި ޖަވާބުގައި އަކްރަމްގެ ވާހަކަ ވިދާޅުނުވާ ކަމަށާއި އެއީ ހުސް ދޮގު ކަމަށް ވަނީ ވިދާޅުވެފައެވެ.އަދި އަކްރަމަށް ކުރިމަތި ލެއްވޭނެ ކަމަށް ނިންމީ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ނޫން ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.  އެއަށް ފަހު އަކްރަމް ވަނީ އެހެން ނަމަ އެކަމަށް ބަޔާނެއް ނުނެރުނީ ކީއްވެތޯ އައްސަވައިފައެވެ.

މިކަމާބެހޭގޮތުން އެމްޑީޕީގެ ޗެއަރ ޕާރސަން ހަސަން ލަތީފްގެ ބަހެއް ލިބޭތޯ ކުރި މަސައްކަތުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މާދަމާ ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެކަމަށް އެޕާޓީން ވިދާޅުވެފައިވެއެވެ.

މި އިންތިހާބުގައި 455 މަގާމަކަށް މީހުން ހޮވަން ވަނީ ނިންމައިފައެވެ. މި 455 ދާއިރާއަށް 700އަށް ވުރެ ކެނޑިޑޭޓުން ވާދަކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް