ޝަރުޢީ ދާއިރާ

ޑރ. މުޢިއްޒަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.

Ads by Hajj Corporation

ކްރިމިނަލް ކޯޓުގައި މި ޝަރީއަތް ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 11:00އަށެވެ.

ނޫމަޑި މައްސަލާގައި ދައުލަތުން ޑރ. މުޢިއްޒުގެ މައްޗަށް އުފުލައިފައި ވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށީ މިދިޔަ އޮގަސްޓް މަހުގެ 3ވަނަ ދުވަހުގައެވެ.

ކުރީ ސަރުކާރުގައި ހައުސިންގ މިނިސްޓަރުކަން ކުރައްވައިފައިވާ ޑރ. މުޢިއްޒުގެ ވަކީލު އަހްމަދު ހިޝާމް މީގެ ކުރިން ކޯޓުގައި ވިދާޅުވީ ދައުލަތުގެ ދައުވާގައި ބުނާ ފަދަ ކަމެއް ޑރ. މުއިއްޒު ކުރައްވައިފައި ނުވާ ކަމަށެވެ. އަދި ރަސްމީ އިދާރާއަކަށް ދޮގު ބަޔާން ދިން ކަމަށް ދައުވާގައި ބުނި ނަމަވެސް ރަސްމީ އިދާރާއަކީ ކޮބައިކަން ސާފު ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. ދައުލަތުން ފާހަގަކުރާ، ބަޔާން ދީފައި ވަނީ މުއިއްޒުތޯއާއި އެ ބަޔާން ދީފައި ވަނީ ނެދަލޭންޑްސްއަށް ޑރ. މުޢިއްޒު ވަޑައިގެންތޯ ވެސް ވަކީލު ހުޝާމް ވަނީ ސުވާލު ކުރައްވައިފައެވެ.

ދިފާއީ ވަކީލުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު އަހްމަދު ނައުޝާދު ކުރިން ވިދާޅުވީ ދައުވާ ފޯމުގައި ހުރިހާ ކަމެއް ބަޔާންކޮށްފައި ވާނެ ކަމަށެވެ.

Ads by Allied Insurance
  1. މައިބަދަ

    ކީއްވެތަ ބޮޑެތި ކުށްކޮށްފައި މިހާރުގެ ސަރުކާރުގަ އެތިބަ ބޮޑުންނާއިމެދު ދަޢުވާތަށް އުފުލަން ނުކެރެނީ މިސާލަކަށް ކަޅުދަބަސް ޞޯލިޙްމެންކަހަލަ ބޮޑެތި ޙިޔާނާތްތެރިންނާއިމެދު ދަޢުވާނުކުރެވިގެން އުޅެނީ ކީއްވެބާ؟