ހުށަހެޅުންތައް ހުށަހަޅަން މުޢިއްޒަށް އިތުރު ފުރުސަތު ދީފި
ނޫމަޑި މައްސަލާގައި ދައުވާ އުފުލައިފައިވާ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން އިތުރު ފުރުސަތެއް ދީފިއެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހަޅަން ޑރ. މުޢިއްޒުއަށް ކްރިމިނަލް ކޯޓުން އިތުރު ފުރުސަތެއް ދީފައި ވަނީ ހައިކޯޓުން މިއަދު ނިންމި ނިންމުމަކާ ގުޅިގެން، އެކަން އެމަނިކުފާނުގެ ދިފާއީ ވަކީލު އާދަމް ޝަމީމް ޝަރީއަތުގެ ސަމާލުކަމަށް ގެނައުމުންނެވެ.
ހައިކޯޓުން މިއަދު ނިންމައިފައި ވަނީ ދަށު ކޯޓުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅޭނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑައެޅުއްވުމަށް ފަހުގައި ކަމަށެވެ.
ކުރީ ސަރުކާރުގައި ހައުސިންގ މިނިސްޓަރުކަން ވެސް ކުރައްވައިފައިވާ ޑރ. މުޢިއްޒުގެ މައްސަލައިގައި އެގޮތަކަށް ކަނޑައަޅައިފައި ނުވާއިރު އިބްތިދާއީ އެއް އަޑުއެހުން މީގެ ކުރިން ވަނީ ބާއްވައިފައެވެ. މި މައްސަލައާ ގުޅިގެން މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އޮތީ ވަނީ ހުށަހެޅި ހުށަހެޅުންތަކަށް ވާހަކަ ދެއްކުމެވެ.