ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"އަހަރެން.. އަހަރެން ވަރަށް ނިދިއައިސްފި.." ބުނާނެއެއްޗެއް ނޭނގުމުން ކޮންމެވެސް ބަހަނާއެއްދެއްކޭތޯ މުސްކާން ބެލިއެވެ. ލޫޔާގެ ވާހަކަތައްވެސް އޭނާގެ ސިކުނޑިތެރޭގައި ގުގުމަމުންދިޔައިރު ހާސްވެގެންގޮސް ނިތްކުރިމަތިން ކުދި ދާތިކިތައް ވިދައި ބަބުޅަންފެށިއެވެ. މުސްކާންގެ ކުޑަކުޑަ ވަށް މޫނުކޮޅަށް ބަލަންހުރި ލުހާމް އެއްބުމަ ހިއްލައިލަމުން އޭނާގެ ކުރިމަތިން ދުރަށްޖެހިލިއެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި އަވަސްއަވަހަށް ބެލްކަނިން ނުކުތުމަށް މުސްކާން ހިނގައިގަތެވެ. އެހެނަސް ކުރިއަށް ދެތިން ފިޔަވަޅު އެޅުމާއެކު އޭނާއަށް ހުއްޓެވުނީ ފަހަތުން ލުހާމް އޭނާގެ އަތުގައި ހިފުމުންނެވެ.

Ads by STELCO

ދެލޯ ބޮޑުކޮށްލަމުން ލުހާމްގެ މޫނަށް ފަސްއެނބުރި ބަލައިލުމާއެކު އަވަސް އަވަހަށް އަތްދަމައިގަންނަން މުސްކާން މަސައްކަތްކުރިއެވެ. މުސްކާނަށް ވީގޮތް ފެނުމުން އެއަތުން ދޫކޮށްލަމުން ލުހާމް މަޢާފަށް އެދުނެވެ.

"އަހަރެން އެހާ ގަޔާވާކަމެއްނޫން އެއްވެސް މީހަކު އަހަރެންގެ ގައިގަ އަތްލުމަކީ.." ހާސްވީވަރުންގޮސް މުސްކާންގެ އަޑުގައިވެސް މަޑު ތުރުތުރެއް އުފެދިއްޖެއެވެ. ދެއަތްމައްޗަށް އުފުލައިލުމާއެކު އެންމެ ރަނގަޅޭބުނެ ލުހާމް ފަހަތަށްޖެހިލިއެވެ.

"އަހަރެން މުސްކާންގެ ނުރުހުމަ ތިހަށިގަނޑުގަ އަތްލާކަށްނެތިން.. ބަޓް ޕްލީޒް.. އާދޭސްކޮށްފަ މިބުނީ.. ކުޑައިރުކޮޅަކު ވާހަކަދައްކާލަން މިތާނގަ މަޑުކޮށްލަބަލަ.." ލުހާމްގެ ދެލޮލުންވެސް އޭނާ އެކަމަށް އެދޭވަރު ފައުޅުވާން ހުއްޓެވެ. އެއްޗެކޭ ނުބުނެ ތުންފިއްތައިލުމަށްފަހު މުސްކާން ދުއްވައިގަތެވެ. ކޮޓަރިއަށް އައިސް ވަދެ ދޮރުލައްޕައި ތަޅުލިއިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ލުހާމްގެ ފުށުން ހީވެސްނުކުރާފަދަ ކަންތައްތަކެއް ފެންނަމުންދާތީ މުސްކާންހުރީ ހައިރާންވެފައެވެ. އެންމެ ފުރަތަމަ މުސްކާނަށް ލުހާމް ފެނުނީ އޭނާގެ މައިންބަފައިންގެ ކައިވެންޏަށް ފަންސަވިސްއަހަރު ފުރުމުގެ އުފަލުގައި ބޭއްވި ކުޑަ ހަފުލާއެއްގެ ތެރެއިންނެވެ. އޭރު ދެމީހުންވެސް ވަނީ ފުރާފުރިހަމަވެ ޒުވާން އުމުރަށް އަޅައިފައެވެ. އާއިލީ އެފަދަ ހަފުލާތަކުގައި ބައިވެރިވުމަކީ އެއްއިރަކުވެސް ޒުލޭހާ މާރުހޭ ކަމެއްނޫނެވެ. ދެއާއިލާ ދެމެދުގައި އޮތް ގުޅުން އެހައި ހީނަރުވެފައި އޮތީވެސް އެހެންވެއެވެ. އެހެނަސް މުހުސިންގެ އާދޭހަށް އެހަފުލާގައި ބައިވެރިވުމަށް ޒުލޭހާ އެއްބަސްވިއެވެ. ހިތާދެކޮޅަށެވެ. ދީމްގެ ފުށުންވެސް ފެންނަނީ ޒުލޭހާގެ ގޮތްގަނޑެވެ. މީހުނާއި ގުޅޭ މީހަކަށް ލުހާމް ވިއަސް އެމާއުލުގައި އޭނާވެސްހުރީ ބީރަށްޓެހިވެފައެވެ. އެހައި ދުވަސްފަހުން ބައްޕަގެ އާއިލާއާ ދިމާވުމުންކަމަށްވެސް ވެދާނެއެވެ. މުސްކާންގެ ލޮލުގައި ލުހާމް އަޅައިގަތްހިނދުން ފެށިގެން އެޅަހިތުގައި ލުހާމްގެ ޒުވާން ތަސްވީރު ބިންވަޅުނެގިގެން ދިޔައެވެ. އާޝޯޚުވެފައި މުސްކާން ލުހާމަށް ބަލަމުންދިޔަކަން އޭނާވެސް ދެނެހުއްޓެވެ. ދެމެދުގައި އެކުވެރިކަމުގެ ގުޅުމެއްވިއަސް އުފެއްދުމަށް އޭރު މުސްކާން މަސައްކަތްކުރިއެވެ. ނަމަވެސް ލުހާމްގެ ފުށުން ފެނުނީ ގަޔާނުވާކަމެވެ. މުސްކާން އާއި އަނގައިން ބުނަން ބޭނުންނުވެފައި ހުރިކަމެވެ. އެފަހުން ލުހާމާއި އިސްވެ ވާހަކަދައްކާކަށް މުސްކާނަކަށް ހިލާ ނުކެރުނެވެ. އޭރު ފައުޅުނުވި ޝައުގުވެރިކަމެއް މިހާރު ލުހާމްގެ ފުށުން ފެންނަމުންދާތީ މުސްކާން ސުވާލުއުފެދޭގޮތް ވަނީއެވެ. ވަގުތާއި ހާލަތަށްއައި ބަދަލާއިއެކު ލުހާމްގެ ހިތްވެސް ބަދަލުވީހެއްޔެވެ؟

ރޭގަނޑުގެ ގިނަވަގުތު މުސްކާން ހޭދަކުރީ ފިކުރުކުރުމުގައެވެ. މިރޭ ދިމާވިކަންތަކާއެކު މުސްކާންގެ ހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ވިސްނަން ބޭނުންނުވިއަސް ލުހާމާއި މެދުގައި ވިސްނުންހިންގެމުންދިޔައެވެ. ހިތުގައި އަދިވެސް އެއިހުސާސުތައް ތާޒާކަންމަތީގައި ހުރިކަން މުސްކާނަށް އެނގެއެވެ. އެހެނަސް ފިނޑިއެއްހެން އެހުރިހައިކަމަކުން ދުވެފިލަން ބޭނުންވެފައި އޭނާ އޮތެވެ.

މުސްކާން ދިޔަދިމާލަށް ބަލަންހުރި ލުހާމްގެ ސިކުނޑީގައި ކުރީގެ ހަނދާންތަކެއް އިއާދަވިއެވެ. މުސްކާންގެ އެންމެ ފުރަތަމަ ފެނިލުމުންވެސް އޭނާއަށް އެރީތިކަމަށް ހިތާހިތުން ތަޢުރީފުކުރެވުނެވެ. މުސްކާންގެ ނަޒަރުތަކުގައި ހުރި ތަފާތުކަން އޭނާއަށް ފާހަގަވިއަސް އެކަން ދައްކަން ބޭނުންނުވީ އެޕާރޓީގައި ޒުލޭހާ ހުރުމުންނެވެ. ޒުލޭހާއަށް ފެނިއްޖެނަމަ އެކަމާއި ނުރުހޭނެވަރު އޭނާއަށް އެނގެއެވެ. ހިތްއެދުނަސް ޝައުގުވެރިނުވާކަން ލުހާމް ފައުޅުކުރީ އެސަބަބުތަކަށްޓަކައެވެ. އެފަހުން މުސްކާނާއި އޭނާ ދިމާވީ މުސްކާންގެ މައިންބަފައިން ނިޔާވި ދުވަހުއެވެ. މުސްކާން މަތިން ހަނދާންނެތިފައި ހުއްޓައި އަލުން އޭނާ ފެނުންވީ އެހިތުގައި އޭރު އެފެދުނު އެދުން ވަރުގަދަވިކަމަކަށެވެ. ކޮންމެވެސް ގޮތަކުން މުސްކާންގެ ހިތާއި ހަމައަށް ވާސިލްވުމަށް އޭނާ ބޭނުންވިއެވެ. އެނާގެ މަގުސަދު ހާސިލް ކުރުމަށް މަގެއްފަހިކުރެވޭނީ އޭރުންކަމަށް ވިސްނޭތީއެވެ. ނަމަވެސް މުސްކާން އެގެއަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވަނީސް އޭނާ ފުރަންޖެހުންވީ އަލުން އެހިތުގެ މުރާދު ހާސިލްނުވެ ލަސްވި ސަބަބަކަށެވެ.

މިހާރު އެހިތުގައި ހިނގަމުންދަނީ ކުރިއަށްވުރެ ފުން، ވަރުގަދަ ޖަޒުބާތުތަކެކެވެ. އެއްގޮތުން ނޫނީ އަނެއްގޮތުންވިއަސް އެކަން ކާމިޔާބުކުރަން ލުހާމް ބޭނުންވެއެވެ. އޭނާގެ ކުރިމަތީގައި މުސްކާންގެ އަމަލުތައްހުރިގޮތުން އަދިވެސް މުސްކާން އޭނާ އާއި މެދުގައި ދެކެނީ އެފަދަ ތަފާތު ނަޒަރުކަންކަން ލުހާމްގެ ސިކުނޑި ދެނެގަތެވެ. ހިތަށް ފޮނި މީރު އިހުސާސެއް ކުރެވުމާއެކު ލުހާމަށް ހިނިތުންވެވުނެވެ.

* * * * *

ޑިއުޓީ ނިންމައިފައި ގެއަށްދިއުމަށް މިސްރާބުޖެހި މުސްކާންގެ ލޮލުގައި ހިމަގޯޅިގަނޑެއް ކައިރީގައި ހުއްޓިހުރި ރުހައިމް އަޅައިގަތެވެ. ހިތަށް ބިރުވެރިކަން ސަވާރުވީ އެދެލޯ ސީދާ މުސްކާނަށް އަމާޒުވެފައިހުރިގޮތް ފެނިފައެވެ. ހިންދިރުވައިލަމުން މުސްކާން އިސްޖަހައިލީ އެދިމާލަށް ބަލަން ބޭނުންނުވެފައި ހުރެއެވެ. މިޖެހުނީ ކިހައިދެރަކަމެއް ހެއްޔެވެ؟ އެއީ ކާކު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ވީއިރު އެމީހަކު އޭނާގެ ފަހަތުން އަޅުވައިލައިގެން އުޅެންވީ ސަބަބެއް މުސްކާނަކަށް ނުވިސްނުނެވެ. ހިތާއިހިތުން އަމިއްލަ ރައްކައުތެރިކަމަށްއެދި ދުޢާކޮށްލަމުން ކުރިއަށް މުސްކާން ހިނގައިގަތެވެ.

"ހާއި.." މުސްކާން އޭނާއާއި އަރައިހަމަވުމާއެކު ރުހައިމް ބުނެލިއެވެ. އަޑުއިވޭކަމަށްވެސް ނުހަދައި މުސްކާން ދިޔައީ ކުރިޔަށެވެ. "ކީއްވެ ވާހަކަ ނުދައްކަނީ؟ މަންމަން ވީތަ އަނެއްކާ؟" މުސްކާންގެ ފުށުން ޖަވާބެއް ނުލިބުމުން ފަހަތުން އަންނަމުންދިޔަ ރުހައިމް އަހައިލިއެވެ.

"އަހަންނަށް ކިޔަނީ ރުހައިމް.. ތިކުއްޖާއަށް ކިޔަނީ ކޮންނަމެއް؟" ލައިގެންހުރި ޖިންސްގެ ދެޖީބަށް އަތްޖަހައިލަމުން ރުހައިމް އަހައިލިއެވެ. ނިތަށް ރޫއަރުވައިލަމުން މުސްކާން ހިނގުން ބާރުކޮށްލިއެވެ. ވަގުތުން އޭނާގެ ކުރިމައްޗަށް އަރައި މުސްކާން ހުއްޓުވަމުން ފުންނަޒަރަކުން ރުހައިމް އޭނާއަށް ބަލައިލިއެވެ.

"ނަން ބުނެފަ ދެވޭނީ.." އިންޒާރެއް ދޭފަދައިން އަޑަށް ބާރުލައިފައި ރުހައިމް ބުނެލީ ގަސްދުގައި މުސްކާން ބިރުގަންނަވައިލުމުގެ ގޮތުންނެވެ. އެއްގޮތުން ނޫނީ އަނެއްގޮތުންވިއަސް މުސްކާންގެ ނަން ހޯދަން އޭނާހުރީ ބޭނުންވެފައެވެ.

"ހެޔޮނުވާނެ.. އަހަރެންގެ ފަހަތުން ކޮންމެ ދުވަހަކު ތިހެން ނާދެބަލަ" ޖެހިލުންވެފައިހުރި މުސްކާން އާދޭސްކޮށްލިއެވެ. "ނަން ބުނި އިރަކުން އަހަރެން މިތަނުން ދާނީ.." ރުހައިމްގެ އަޑުގައިވީ ލާނެތްކަމެވެ. ތުންފިއްތައިލި މުސްކާން އެއްޗެއް ވިސްނައިލިއެވެ. އިތުރުގޮތެއްނެތްފަދައިން އޭނާ ރުހައިމްގެ މޫނަށް ބަލައިލިއެވެ. ރުހައިމް ހުރިގޮތުން މޭނުބައިކުރާގޮތް އޭނާ ވިއެވެ. މިއިން ދުވަހަކުވެސް ފެންވަރައިފައިހުރި ފާޑެއް އޭނާ ނުޖަހައެވެ. މޮޔައެއްހެން ހިނިއައިސްފައި މުސްކާނަށް ބަލަން ހުރިއިރު ހީވަނީ އޭނާއަށް މިކުރެވެނީ މާމޮޅުކަމެއް ހެންނެވެ.

"އައިޝް.." ފުރިހަމަނަން ބުނަން މުސްކާން ބޭނުންނުވީއެވެ. ބޮޑު ޕާޓޭއެއްގާތުގައި އޭނާގެ ޒާތީ ހުރިހައި މައުލޫމާތެއް ހިއްސާކުރާނީ ކިހިނެއްހެއްޔެވެ؟ ރުހައިމްގެ ފުށުން ސަލާމަތްވުމަށް ބޭނުންވެފައިހުރިވަރު ރީތިކޮށް މުސްކާންގެ މޫނުމަތިން ފައުޅުވަމުންދިޔައެވެ. ލިބުނު ކާމިޔާބާއި އެކު ރުހައިމްގެ ހިތް އުފަލުން ނަށައިގަތެވެ. މުސްކާނަށް އަދިވެސް އެއްފަހަރު ބަލައިލަމުން އޭނާގެ ކުރިމަތިން އެއްފަރާތަކަށް ރުހައިމް ޖެހިލީ ދިޔުމުގެ ހުއްދަދޭ ފަދައިންނެވެ. ރުހައިމްއަށް ބަލައިލުމެއްވެސް ނެތި މުސްކާން އެތަނުން ދިޔައީ ލިބުނު ހަނި ފުރުސަތުގައި އޭނާގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި ހުރިވަރުންނެވެ. އެހެނަސް އެއީ އެކަމުގެ ނިމުންނޫންކަން ޚުދު މުސްކާނަށްވެސް އެނގެއެވެ. ޖެހިލުންވެ ބިރުގަންނަނީ އެހެންވެއެވެ. ރުހައިމްފަދަ މީހަކު އެހައި ފަސޭހައިން ދޫނުދޭނެކަން އޭނާގެ ޟަމީރުވެސް އެއްބަސްވެއެވެ. މަގުމަތީގައި އިތުރަށް ސަމާލުވުމަށް އެހިނދު މުސްކާން ނިންމިއެވެ.

"އައިޝް" މުސްކާން ދިޔަދިމާއަށް ބަލަންހުރި ރުހައިމްއަށް ކިޔައިލެވުނެވެ. ހިތުގައި އުފެދުނު ފޮނިފޮނި އިހުސާސާއިއެކު އޭނާއަށް އިސްތަށިގަނޑުގައި އަތްހިންގައިލެވުނެވެ. މުސްކާން އޭނާދެކެ ޖެހިލުންވާކަށް ރުހައިމް ނޭދެއެވެ. އެހައިވަރުން އެއަންހެންކުއްޖާގެ ފަހަތުން ދާން ބޭނުންނުވީވެސް އެހެންވެއެވެ. އޭނާ ބޭނުންވަނީ ހިތުން ރުހުމުން އައިޝް އޭނާގެ ގާތަށް އަންނާށެވެ. އެދުވަހަކުން އައިޝް އެދެނު ކޮންމެ ކަމެއްވެސް ކުރަން އޭނާ ހުރީ ތައްޔާރަށެވެ. ހިތުގައި އުފެދުނު ވަރުގަދަ ޖަޒުބާތުތަކަށް "ލޯބީ"ގެ ނަމުން ނަންދެވުނީ ޚުދު އޭނާއަށްވެސް ނޭނގިހުއްޓައެވެ. ކޮންމެފަދަ ހަނގުރާމައެއްކޮށްގެންވެސް އައިޝް އޭނާގެ މިލްކަކަށް ހަދަން ރުހައިމް ހުރީ އިންތިހާއަށް ބޭނުންވެފައެވެ. ފަނޑު ހިނިތުންވުމެއް ތުންފަތުގައި ވީއިރު އެދެލޮލުގައިވެސްވީ އާދަޔާ ޚިލާފު ވިދުމެއް އުފެދިފައެވެ.

* * * * *

އެޕާރޓްމަންޓްގައި ހުރި ތަނަވަސް ސިޓިންގްރޫމްގެ މެދުގައި ބަހައްޓައިފައިހުރި ކަޅުކުލައިގެ ސޯފާގައި ހަމަޖެހިލައިގެން އަތުގައިއޮތް ފައިލަކަށް ނަޒަރުހުއްޓައިލައިގެން ކާއިލް އިނެވެ. އިރުކޮޅުކޮޅާއި އެޕާރޓްމަންޓްގެ މައިދޮރަށް އޭނާގެ ނަޒަރު ހުއްޓެއެވެ. އެއާއެކު ސިޓިންގްރޫމް ފާރުގައި ހަރުކޮށްފައިހުރި ބޮޑު ފަތިޓީވީގެ މަތީގައިހުރި ގަޑިއަށްވެސް އޭނާއަށް ބެލެމުންދިޔައެވެ. ފުންނޭވާއެއްލަމުން އަތުގައިއޮތް ފައިލް ލައްޕައިލައި ކުރިމަތީގައިހުރި ބިއްލޫރި ކުޑަ ކޮފީޓޭބަލް މަތީގައި ބާއްވައިލިއެވެ. އަދި ދެލޮލުގައި އަތް އުނގުޅައިލަމުން ވަރުބަލިވެފައިވި ހަށިގަނޑު ސޯފާތެރެއަށް ދޫކޮށްލިއެވެ.

 

އިރުކޮޅެއްފަހުން ގޭތެރެއަށް ވަދެގެންއައި ރުހައިމްފެނި ސޯފާއިން ކާއިލް ތެދުވިއެވެ. އޭރު ގަޑިން ދަންވަރު 1 ޖަހައި ބޮޑުވެއްޖެއެވެ. ގަދަކަމުން ދެލޯ ހުޅުވަން މަސައްކަތް ކުރަމުން ރުހައިމް ދިޔައިރު ކޮއްކޮގެ ހާލުފެނި ކާއިލްގެ ހިތުގައި ރިއްސައިލިއެވެ. ދެފަރާތަށް އެއްލެމުން ރުހައިމް އައިގޮތުން އަވަސް އަވަހަށް ގޮސް އޭނާގެ ގައިގައި ކާއިލްއަށް ހިފަހައްޓައިލެވުނެވެ. ފަރުވާކުޑަ ގޮތަކަށް ކާއިލްގެ މޫނަށް ބަލައިލަމުން އޭނާގެ އަތް ފޮޅުވައިލަން ރުހައިމް ގަދަހަދަންފެށިއެވެ. އެހެނަސް އަތުގައި ވަރުނެތުމުން އެކަން އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ.

 

ރުހައިމްގެ ގާތަށް ރުޅިއައީ ކުއްލިއަކަށެވެ. ކާއިލް ކޮށްޕައިލުމާއެކު ބާރަށް ހަޅޭއްލަވައިގަތެވެ. މަސްތުގެ ހާލުގައިވުމުން ކިޔޭ ނުކިޔޭއެއްޗެއް ނޭނގުނެއްކަމަކު އޭނާ ކާއިލްއާއި ދިމާލަށް ކޮންމެވެސް އެތިވަރުތަކެއް ކިޔަމުންދިޔައެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެންހުރި ކާއިލް އަމިއްލަ ހަށިގަނޑު ވެއްޓުނަނުދީ ބެލެންސް ކޮށްލިއެވެ. އަދި ދެވަނަ ފަހަރަށްވެސް ރުހައިމްގެ އަތުގައިހިފައި ގަދަކަމުންކަހަލަ ގޮތަކަށް ގެންގޮސް އޭނާގެ ކޮޓަރިއަށް ވެއްދިއެވެ. އެނދުމަތީގައި ރުހައިމް ބާއްވައިލަމުން އޭނާގެ ގައިގައި ރަޖާއަޅައި ދިނުމަށްފަހު ކާއިލް ހިންދެމިލިއެވެ. ފުންނިދީގެ ތެރަށް ރުހައިމް ގެނބިގެންދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އިރުގަނޑަކު ރުހައިމްގެ މޫނަށް ބަލަހައްޓައިގެން ކާއިލްއަށް ހުރެވުނެވެ.

އޭނާގެ ކޮއްކޮއަކީ ކިހައި ހަރުދަނާ މީހެއްކަން އޭނާއަށް އޮޅިފައެއްނެތެވެ. ކޮންމެ ކަމެއްގައިވެސް އޭނާއަށްވުރެ ކުރީގައި އަބަދުވެސް އުޅުނީ ރުހައިމްއެވެ. އޭނާއަށްވުރެ ވިޔަފާރީގެ ކަންކަން ބެލެހެއްޓުމުގައިވެސް ރުހައިމް ކުޅަދާނަކަން ކާއިލް ދަނެއެވެ. ކޮއްކޮއާއިމެދު ފަޚުރުވެރި ބޭބެއެއްކަމުގައި އޭނާވީ ދުވަސްތަކެއްވެސް މާޒީވެ ގޮސްފައިވެއެވެ. އަލުން އޭނާގެ ކޮއްކޮ އެފަދައިން ދެކުމަށް ކާއިލްގެ ހިތްއެދެއެވެ. އެފަދަ ހިތްތިރި ޚުލްގުހެޔޮ އިންސާނެއްކަމުގައި އެކޮއްކޮ ވުމަށް އެދެވެއެވެ.

ރުހައިމްގެ އުޅުން ބަދަލުވީ ކީއްވެކަންވެސް ކާއިލްއަށް ވިސްނެއެވެ. އަދުގެ ދިރިއުޅުން އޭނާ ޚިޔާރުކުރީ ކުއްލިއަކަށެވެ. ބޭނުމަކީ މައިންބަފައިންގެ ދުލުން އޭނާއަށް އޮހެމުންދިޔަ ތައުރީފުގެ ބަސްތައް ހުއްޓުވުމެވެ. އޭނާގެ ހަރުދަނާ ކަމާއި ރިވެތި އުޅުމަކީ އެމީހުންގެ ސަބަބުން ދަސްވިކަމެއް ނޫންކަން އެންގުމެވެ. އެމީހުންގެ ސަބަބުން އޭނާވީ ނުލަފާ ޖަނަވާރަކަށްކަން އެދެމީހުނަށް ދެއްކުމެވެ. އޭނާގެ ވަރުގަދަ ޝަޚުސިއްޔަތުގެ ބަދަލުގައި އޭނާގެ ނުބައިކަމުގެ ޒިންމާ އެމީހުން ނެގުމެވެ. އަބަދުމެ އެހުރިހައިކަމަކާއި މެދުގައި އެމީހުން ވިސްނައި ހިތާމަކުރުމެވެ. ދުވަހަކުވެސް އެއިން މީހަކަށް ރުހުމުގެ ލޮލަކުން ބަލައިލާކަށް ރުހައިމް ނޭދެއެވެ. ކާއިލްއާއި މެދުގައިވެސް އޭނާ ހިތްހަމަނުޖެހުނީ އެދެމީހުނަށް އެހައި ފަސޭހައިން ކާއިލް މަޢާފުކުރީތީއެވެ. އެމީހުންގެ ކޮޅު ކާއިލް ޚިޔާރުކުރީއޭ ރުހައިމްއަށް ހީވަނީއެވެ. ހިތުގައި ނުރުހުންތެރިކަންވީ އެހެންވެއެވެ.

ޚިޔާލުތަކަށް ގެއްލިފައިހުރި ކާއިލްއަށް ނިދީގައި ރުހައިމް ކޮންމެވެސް އެއްޗެކޭ ކިޔާހެންހީވެ ނިތަށް ރޫއަރުވައިލެވުނެވެ. އެހައިބޮޑަށް ރުހައިމް ކިޔަމުންދިޔަ އެއްޗެއް ސާފުނުވުމުން އޭނާގެ ގާތުގައި ކާއިލް ކޮޅުކަކޫ ޖަހައިލަމުން އިނށީދެލިއެވެ. އަދި ރުހައިމްގެ އަނގައާއި އޭނާގެ ކަންފަތް ކައިރިކޮށްލީ އެކިޔާ އެއްޗެއް އަޑުއެހުމަށް ޝައުގުވެރިވެފައި އިނދެއެވެ. ރުހައިމްގެ ދުލުން ބޭރުވި ލަފުޒުތަކާއެކު ކާއިލްގެ މޫނުމަތިން ހައިރާންކަން ފައުޅުވެލިއެވެ. ހިނދުކޮޅަކު ކޮއްކޮގެ މޫނަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ އިވުނު އެއްޗެއް ޔަގީންނުވެފައިކަލަހަ ގޮތަކަށެވެ. އިންތަނުން ތެދުވެ ވިސްނުމެއްގައިހުރެ އައިސް އެކޮޓަރީގައިހުރި ސޯފާ ގޮނޑީގައި ކާއިލް އޭނާގެ ހަށިގަނޑު ދަމައިލިއެވެ. ނިދެމުންދިޔައިރުވެސް އޭނާގެ ސިކުނޑީގައިވީ ރުހައިމްގެ ޚިޔާލުތަކެވެ.

ކޮޓަރީގައިހުރި އިސްކޮޅުވަރުގެ ބިއްލޫރި ބޮޑު ދޮރުގެ ފަރުދާތައް ކަހައިލައިފައި ހުރުމުން އަރައިގެންއައި އިރުގެ ރަންދޯދިދައް އެއްވެސް ހުރަހެއްނެތި ކޮޓަރިތެރެއަށް އެޅިގެންދިޔައެވެ. މޫނުމަތީގައި ބޮސްދެމުންދިޔަ އިރުގެ ދޯދިތަކުން އުނދަގޫވެ މަޑުމަޑުން އެސްފިޔަ ތަޅުވައިލަމުން ރުހައިމް ދެލޯ ހުޅުވައިލިއެވެ. ކަނައަތުން މޫނުގައި ފިރުމައިލަމުން ރުހައިމް ކަންނެތްގޮތަކަށް އެނދުމަތިން އޭނާގެ ހަށިގަނޑު ހިއްލައިލިއެވެ. އޮވެވުނުތަނާއި މެދުގައި އޭނާއަށް ވިސްނައިލެވުނީ ދެނެވެ. ގެއަށް އައިސްވަތް ހަނދާނެއް އެއްގޮތަކަށްވެސް އޭނާގެ ނެތެވެ. ނިތުގައި އުފެދިފައިހުރި މަޑު ރިހުމާއި އެކު އަތުގެ އިނގިލިތަކުން ރުހައިމްއަށް މަޑުމަޑުން ނިތްމަތީގައި މަސާޖްކޮށްލެވުނެވެ.

"މިތާ ކީއްކުރަނީ؟" ރަނގަޅަށް ހޭވެރިކަންވީ ވަގުތު އޭނާއަށް ބަލަހައްޓައިގެން ސޯފާގައި ސައިޖޯޑެއް ހިފައިގެންއިން ކާއިލް ފެނި ރުހައިމް އަހައިލިއެވެ. އެއަޑުގައި އެއްވެސް ގާތްކަމެއްނެތްއިރު އެކަމުން ކާއިލްގެ ހިތަށް އަސަރުކުރިއެވެ.

"އައިޝް... އައިޝް އެއީ ކާކު؟" ރުހައިމްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލު ކާއިލްވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު ސިހިފައި ރުހައިމްއަށް ކާއިލްގެ މޫނަށް ބަލައިލެވުނެވެ.

(ނުނިމޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!