Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
އެޑްވަޓޯރިއަލް

ސްޓެލްކޯގެ ސްޓެވޯއިން އުފެއްދި ފުރަތަމަ ޖެނެރޭޓަރު ސެޓް ހަންޏާމީދޫއަށް ގެންގޮސްފި

ސްޓެލްކޯގެ ސްޓެވޯއިން އުފެއްދި ފުރަތަމަ ޖެނެރޭޓަރު ސެޓް ހަންޏާމީދޫއަށް ގެންގޮސްފި

މި ހިނގާ އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕުން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރު ސެޓް އދ. ހަންނާމީދޫއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މިޖަނަރޭޓަރު ސެޓަކީ 300kVA ގެ 300STW މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ. އެގޮތުން ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ SWT ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ. އެއީ 600STW، 300STW، އަދި 800STW އެވެ.

<img class="alignnone wp-image-121948 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/IMG-11de2e448313537d7222928a60fa9b3c-V.jpg" alt="" width="1440" height="763" />

Advertisement
Allied Insurance — Square (box)

މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

<img class="alignnone wp-image-121947 size-large" src="https://cdn.dhen.mv/wp-content/uploads/2021/10/IMG-c87eb061032fbbe3278235d095554038-V-1024x542.jpg" alt="" width="1024" height="542" />

ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ ކަމަށާއި، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއާއެއް ހުރި ނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް