ކުރީގެ މަޖިލީހުގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި އިރު ފުލުސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ އަބްދުﷲ ރިޔާޒެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގެ މުހިންމު މައުލޫމާތުތަކެއް އެކަށީގެންވާ ވަގުތުގައި އާއްމުކުރާނެކަމަށް އަބްދުﷲ ރިޔާޒް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެހެން ނަމަވެސް މިހައި ތަނަށް ވެސް އޭނާ އެފަދަ މައުލޫމާތެއް ހާމަކޮށްފައި ނުވާތީ ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. ކަތިވަޅިއަކުން އަފްރާޝީމްގެ ބޮލާއި ހަށިކޮޅުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ.
މަރުތަކުގެ ހަގީގަތް ހޯދަމުން އަންނަ ރިޔާސީ ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ވެސް ތިބި މީހުން ވަނީ ހޯދިފައެވެ. އެއީ ކޮން ބައެއްކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމުގެ ޔަގީންކަން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ރިޔާސީ ކޮމިޝަނުން އޮތީ ދެއްވައިފައެވެ. އެހެން ނަމަވެސް އަފްރާޝީމްގެ މަރުގެ ފަހަތުގައިވާ ބައެއް އަދި އެ މަރާ ގުޅޭ މައުލޫމާތުތައް ހާމަކޮށްފައެއް ނުވެެއެވެ.
ރިޔާޒަށް ވ ބޮޑަށް އޮޅިއްޖެ މިގައުމުން ޕީޕީ އެމާއި އެމްޑީޕީ ފެއިލްވެއްޖެއްޔަ ދެން ސިޔާސީ ޕާޓީއެއް ނޯންނާނެ ޕާޓީ އަށް މަދުމީސްކޮޅެއް ސޮއިކޮށްލުމަކީ ސިޔާސީ ގޮތުން ޕާޓީ ވަރުގަދަވުމެއްނޫން ޕާޓީ ވަރުގަދަވުމަކީ ޕާޓީ އަކީ ވަކިފިކުރަކަށް ހެދުން. ޑިވެހިރަޢިއްޔަތުން ޤަބޫލުރުނަނީ 2 ފިކުރު އެއީ ބިނާކުރުމާއި ފަނާކުރުން މިގައުމުގައި އޮތީ ސިޔާސީ ދެޕާޓީން އެކަން ރަޢިއްޔަތުންނަށްދައްކަދީ ރަޢިއްޔަތުން ވަނީ އެކަން ގަބޫލުކޮށްފައި 3 ވަނަފިކުރެއް އުފައްދާނަމަ އުފައްދަންއޮތީ ލާދީނީ ފިކުރު އެފިކުރު ދިވެހިން ޤަބޫލެއްނުކުރާނެ
އަފްރާޝިމް މަރުގެ ފަހަތުގައި ހަގީގަތުގައިތިބ އެމްޑީޕީގެ ބޮޑެތިމީހުން