ޚަބަރު ރައްޔިތުންގެ މަޖިލިސް

ތިން އަހަރު ތެރޭ މެމްބަރުން ވީއައިޕީ ލައުންޖަށް 3 މިލިއަން ހަރަދުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިސް/ ފޮޓޯ: މަޖިލިސް

ވެލާނާ އިންޓަރ ނޭޝަނަލް އެއަރ ޕޯޓުގެ ވީއައިޕީ ލައުންޖުން ފާއިތުވި 3 އަހަރުތެރޭ މެމްބަރުން ހޯދި ހިދުމަތްތަކަށް ޖުމްލަ 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކުން އަމިއްލަ ފަރާތަކުން އެދިގެން ހޯދައިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރި ފަރާތްތަކާއި މިހާރުގެ މެމްބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރުމަށް ޖުމްލަ 238،920 ޑޮލަރު ވަނީ ހަރަދުކޮށްފައެވެ. އެއީ 3،691،314 ރުފިޔާއެވެ.

އައިމަން ލަތީފް ނަމަކަށް ކިޔާ ފަރާތަކުން އެދިގެން މަޖިލީހުން ހިއްސާ ކޮށްފައިވާ މައުލޫމާތުގައި ވާގޮތުގައި އެންމެ ގިނައިން ވީއައިޕީ ލައުންޖަށް ހަރަދުކޮށްފައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު އަހަރު، 2018 ވަނަ އަހަރުއެވެ. އެ އަހަރު ވީއައިޕީ ލައުންޖަށް މަޖިލީހުން ވަނީ 121،080 ޑޮލަރު ޚަރަދުކޮށްފައެވެ. އެއީ 1،870،686 ރުފިޔާއެވެ.

މަޖިލީހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު އެންމެ މަދުން ވީއައިޕީ ލައުންޖް ބޭނުންކޮށްފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި މުޅީން އެއްކޮށްހެން ފުރަބަންދުގައި ތިބި 2020ވަނަ އަހަރުއެވެ. އެ އަހަރު ވީއައިޕީ ލައުންޖްގެ ހަރަދުތަކުގެ ގޮތުގައި ޚަރަދު ކޮށްފައި ވަނީ 28،740 ޑޮލަރެވެ. އެއީ 444،033 ރުފިޔާއެވެ.

2019ވަނަ އަހަރު ވީއައިޕީ ލައުންޖްގެ ހަރަދުތަކުގެ ގޮތުގައި 89،100 ޑޮލަރު ހަރަދުކޮށްފައި ވެއެވެ. އެއީ 1،376،595 ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ އެކު ފުރަން ދާ ރަށްޓެހިންނަށް ވެސް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަަށް އާންމު ކޮމިޓީން ނިންމި ނިންމުމާ އެކު އެ މައްސަލަ ވަނީ ހޫނުވެފައެވެ. އަދި އެ ނިންމުން ބަލައިނުގަނެ އެ މައްސަލަ އަލުން މުރާޖައާ ކުރުމަށްމީގެ ކުރިން ވަނީ ނިންމައިފައެވެ.

  1. ލިޔާހިތުން

    ދެހާސް ވިހިވަނަ އަހަރު ކޮވިޑް ނެތްނަމަ ބާރަ މިލިޔަނަށް އަރާނެކަން ކަށަވަރު. މިހާރުވެސް ތަޅާބާލަނީ