ފުވައްމުލަކު ބަނދަރުގެ މައްސަލަ ހައްލުކޮށެއް ނުދެވޭ: މެމްބަރު ޙުސެއިން

ޏ. ފުވައްމުލަކު ސިޓީގެ ބަނދަރަށް ދިމާވެފައިވާ މައްސަލަތައް އަދިވެސް ހައްލުކޮށްދީފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް އެ ބަނދަރު ބޮޑު ކުރުމަށް ގޮވައިލައި، މެމްބަރު ޙުސެއިން މިއަދު ވިދާޅުވީ ފުވައްމުލަކު ބަނދަރު ބޮޑު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދެއް ކަމަށާއި 13،000 މީހުންގެ އާބާދީއަކާ ބަލާއިރު ފުވައްމުލަކު ބަނދަރު މާ ކުޑަ ކަމަށާއި އެ ސިޓީގައި މިހާރު އޮތް ބަނދަރަކީ 300 އެއްހައި މީހުންގެ އާބާދީތައް އޮންނަ ރަށްރަށުގެ ބަނދަރުތަކާ އެއްވަރުގެ ބަނދަރެއް ކަމަށެވެ.
މެމްބަރު ޙުސެއިން ވިދާޅުވީ ފުވައްމުލަކު ބަނދަރުގެ މައްސަލަ ހައްލު ކުރަން 2020 ވަނަ އަހަރާއި މިއަހަރުގެ ބަޖެޓުގައި ވެސް ހިމެނި ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް އަލިމަގެއް ނުފެނުނު ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަނީ 2022ވަނަ އަހަރުގައި ޕްލޭނިން މިނިސްޓްރީން މި ކަންތައްތަކަށް ރިއާޔަތް ކުރައްވާ އިސްނަންގަވައިގެން ފުވައްމުލަކު ބަނދަރުގެ މިހާރު ދިމާވެފައިވާ ގޮންޖެހުމަށް ހައްލެއް ހޯދައިދޭނެ ކަމަށް." މެމްބަރު ހުސެއިން ވިދާޅުވިއެވެ.
ފުވައްމުލަކުގެ ބަނދަރު އަޕްގްރޭޑް ކުރުމާ ގުޅޭގޮތުން މިދިޔަ ހަފްތާގައި ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ބަނދަރު އަޕްގްރޭޑް ނުކުރެވިގެން އުޅެނީ އެ ބަނދަރު ބޮޑުކުރަން ގޮއްވަން ޖެހޭތީ ދިމާވާ މައްސަލަތަކާ ހެދި ކަމަށެވެ. އަދި އޭގެ ސަބަބުން ލިބިދޭން ގެއްލުންތަކާ ގުޅޭ ގޮތުން ޓެކްނިކަލް ހައްލެއް އަދި ނުލިބޭ ކަމަށް ވިދާޅުވިއެވެ.
އަންނި އާއި އެމްޑީޕީއަކީ ފަނާކުރުމުގެ ޙިޔާލާއި ފިކުރެއް ގައުމު ބިނާކުރުމުގެ ޚިޔާލާއި ފިކުރުގެންގުޅުނީ އަދި ގެންގުޅޭނީވެސް ރައީސް މައުމޫނާއި ރައީސް ވަހީދާއި ރައީސް ޔާމީން ވަކިން ޚައްސަކޮށް ޔާމީން އަދިވެސް މިފިކުރު މިގޮތުގައި