ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީންގެ ވެރިކަމުގައި އުފެދުނު ދަރަނި މާބޮޑު: އަމީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ސަރުކާރުގެ ދަރަނީގެ އަދަދުތައް ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު ބޮޑު ކަމަށް ބުނެ އެކިއެކި ޚަބަރު ފަތުރާ ވަސީލަތްތަކުން ފަތުރަމުންދަނީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުފެދުނު ދަރަނި މި ސަރުކާރުން އުފެއްދި ދަރަންޏަށް ވުރެ މާ ބޮޑު ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މެންބަރުން ދައްކަވާ ވާހަކަފުޅުތަކަށް ޖަވާބުދާރީވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އަމީރު ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ދަރަނީގެ ގޮތުގައި ނަގައިފައި ވަނީ، 34މިލިޔަން ރުފިޔާ ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 39.6 ބިލިޔަން ރުފިޔާގެ ދަރަނި ނަގައިފައިވާ ކަމަށެވެ. އަދި އެކި ސަރުކާރުތަކުގެ ދަރަނި ހުރި މިންވަރު ތަފްސީލްކޮށްދެއްވިއެވެ.

"ދައުލަތުގެ ޖުމްލަ ދަރަންޏަށް ބަލާާލާއިރު، ރައީސް މައުމޫންގެ 30 އަހަރުގެ ސަރުކާރުން ގާތްގަނޑަކަށް މުޅި ޖުމްލަ ދަރަނީގެ ގޮތުގައި އޮތީ 6.2 ބިލިޔަން ރުފިޔާ. ރައީސް ނަޝީދުގެ 2008-2012ގެ ސަރުކާރަށް 11.3 ބިލިޔަން ރުފިޔާ. ރައީސް ވަޙީދު 6.2 ބިލިޔަން ރުފިޔާ. ރައީސް ޔާމީންގެ ސަރުކާރުގައި ސަރުކާރުން ޖުމްލަކޮށް އަޅުގަނޑުމެންނަށް ރިކޯޑް ކުރެވިފައި އެބަހުރި، ސީދާ ރައީސް ޔާމީންގެ ސަރުކާރަށް ނިސްބަތްވާ 39.6 ބިލިޔަން ރުފިޔާގެ ދަރަނި. އެއީ ސީދާ ސަރުކާރުގެ ޑެޓްއާއި ސޮވްރިންގް ގެރެންޓީގެ ޑެޓް. މި ސަރުކާރުން، އަޅުގަނޑުމެން މިހާތަނަށް، ނިސްބަތްވާ ދަރަނި ރިކޯޑްކޮށްފައި ވަނީ 34 ބިލިޔަން ރުފިޔާ." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، މިސަރުކާރުގެ ދަރަނީގެ ތެރެއިން ކަރަންސީ ސްވަޕް ފެސިލިޓީއެއްގެ ތެރެއިން އެމްއެމްއޭއިން މިއަހަރު ނިމުމުގެ ކުރިން 250 ޑޮލަރަށްވާ ފައިސާ ދައްކާނެ ކަމަށާއި މިއާ އެކު ދަރަނީގެ ގޮތުގައި ނެގި މިންވަރު ކުޑަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވިދާޅުވީ، މި ސަރުކާރުން ދަރަނި ނަގައިފައި ވަނީ ކޮވިޑް-19 މެނޭޖްކުރުމަށް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ދަރަނި ނަގައިފައި ވަނީ މުޅި ދުނިޔޭގެ އިޤްތިޞާދު ވެސް ވަރަށް ހަލުވި ސްޕީޑެއްގައި އޮއްވާ ކަމަށެވެ.

ބޮޑު ދަރަންޏެއް ނަގައިގެން ރައީސް ޔާމީނުގެ ވެރިކަމުގައި ކުރެވުނީ ކޮން ކަމެއްތޯ ވެސް މިނިސްޓަރު އަމީރު ވަނީ ސުވާލުކުރައްވައިފައެވެ. އަދި ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ރަށްރަށުގެ އަސާސީ ޚިދުމަތްތައް ހުރީ ޤާއިމު ނުކުރެވި ކަމަށެވެ އެ ގޮތުން ކޯޓު އިމާރާތްތަކާއި ކައުންސިލު އިމާރާތްތަކާއި ސިއްހީ މަރުކަޒުތައް ހުރީ ނުހެދި ކަމަށާއި، އެމްބިއުލާންސްތައް ވެސް ނެތް ކަމަށް ވިދާޅުވެ، މި ސަރުކާރުން އެކަންތައް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo
  1. މޮހޮރު

    ޔާމީން ސަރުކާރުން އެޅިއިމާރާތްތަށް އުސްވެފަ ގިނަ އެކަންވެސް ފާހަގަކޮށްބަލަ މިހިރަ ބީތާއަމީރޫ