ޚަބަރު ރައްޔިތުންގެ މަޖިލިސް

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރީ މި ސަރުކާރުން، އެކަމަކު ބަޖެޓެއް ނެތް: ވައްޑޭ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމަށާއި އެހެން ނަމަވެސް އަންނަ 2022ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވައިފައިވާ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅައިފައި ވަނީ ހައްގު މިންވަރު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ވެސް ކުރިއަށް ގެންދިޔައީ ބަޖެޓު ބަހުސްއެވެ. އެ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ވައްޑޭ ވިދާޅުވީ ރައްޔިތުންގެ ލޮލުން ބަޖެޓަށް ބަލަންޖެހޭ ކަމަށެވެ. އެގޮތުން އެވިސްނުމުން ބަޖެޓަށް ބަލާއިރު 36.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަންބޮޑުވާ ކަމެއްގެ ގޮތުން ފާހަގަކުރެވުނު އެއް ކަމަކީ ކައުންސިލްތަކަށް ބަޖެޓުކޮށްފައިވާ އަދަދު ކަމަށް ވައްޑޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކަށް ކަނޑައަޅައިފައި ވަނީ ބަޖެޓުގެ 5 އިންސައްތަ ކަމަށާއި އޭގެން ކައުންސިލަރުންނާއި ތަނުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފަހު ރިކަރަންޓު ހަރަދުތައް ވެސް ހަމަޖައްސައި ނުލެވޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުރިހަމަކުރެއްވިކަން ފާހަގަކުރައްވަމުން ވައްޑޭ ވިދާޅުވީ ކައުންސިލްތަކަށް ކަނޑައަޅައިފައިވާ މިންވަރު ބަޖެޓުގެ 5 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރަންޖެހޭ ކަމަށެވެ.

"މިބަޖެޓު ހުށަހެޅުނު ފަހުން ރާއްޖޭގެ ހަމަ ހުރިހާ ކައުންސިލްތަކުންހެން އެބަ ޝަކުވާ ކުރޭ، މިހާރަށް ގެނެވިފައިވާ ބަދަލުތައް، މިސާލަކަށް ކައުންސިލަރުންގެ އަދަދު ވަނީ އިތުރުކުރެވިފަ. ކައުންސިލަރުންގެ މުސާރަ ވަނީ ބޮޑުކުރެވިފަ. ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުން ވަނީ އިތުރު ކުރެވިފަ. އަންހެނުންގެ ކޮމިޓީތަކަށް އުޖޫރައެއް ވަނީ އަލަށް ކަނޑައެޅިފަ. އެހެން ނަމަވެސް އަޅުގަނޑުމެން ކަނޑައެޅި 5 ޕަސެންޓް ބްލޮކް ގްރާންޓުން މިޖެހެނީ މިހުރިހާ ކަމަކަށް ފައިސާ ހަރަދުކުރަން" ބަޖެޓަށް ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ ބަޖެޓުގެ 5 އިންސައްތައިން ކަނޑައެޅޭ، ގާތްގަނޑަކަށް ދޮޅު ބިލިއަނެއްހާ ރުފިޔާއިން ހަމައެކަނި ކައުންސިލްތަކުގެ ރިކަރަންޓު ހަރަދުތައް ވެސް ދެކޮޅު ނުޖެއްސޭނެ ކަމަށެވެ. އެ އަދަދަކީ އެންމެ ދަށްކޮށް ދޫކުރަންޖެހޭ އަދަދުކަމަށް ކަނޑައަޅައިފައި އޮތަސް ބަޖެޓުގެ 8 އިންސައްތައިން ނޫނީ ކައުންސިލްތަކުން ކުރަންޖެހޭ އެންމެ އަސާސީ ކަންކަން ވެސް ދެކޮޅު ނުޖެއްސޭނެކަމަށް ވައްޑޭ ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީން ތަސައްވަރު ކުރީ ދައުލަތަށް ލިބޭ ހިލޭ އެހީން ރަށު ތަރައްގީގެ ކުދި ކުދި މަޝްރޫއަށް ހަރަދު ކުރުމަށްކަމަށް ވިދާޅުވަމުން ވައްޑޭ ވަނީ ކައުންސިލްތަކަށް ބަޖެޓުން ކަނޑައަޅައިފައިވާ މިންވަރު އިތުރު ކުރުމަށް ގޮވައިލައްވައިފައެވެ. އެހެން ނޫން ނަމަ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިންގަން ދަތިވެގެން ހިނގައިދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

  1. ޢަވާމެނދުރު

    ތެދެއްނޭދެވޭހުރިހާކަމެތްމިސަރުކާރުންދަނީކުރަމުން އިންޑިޔާރުއްސަންވެސް ކިހާގިނަމަސަތްކަތްތަކެތްތޯކުރަމުންދަނީ ގާނޫނެތް ރައްޔިތުންނެއް ދީނެެްބެލުމެއްވެސްނެތި ވ މަސަތްކަތްކުރެވިެްޖެމިހަަރު ފޮރުވާގެންނާހާމަކޮންބޮޑުގޮތެއްގަޔާ ތެދުފުޅެއް

  2. އިހުލާ

    އިހުލާސްތެރިކަމެއްގަ ކުރިކަމެއް ނަމަ ބަޖެޓުވެސް އޮންނާނެ.