Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރިޔާޒު ޖަމީލަށް: ތެދުބަހުން ވާހަކަ ދައްކަވާ، ބަހާއި އަމަލާ ދިމާކުރައްވާ!

ރިޔާޒު ޖަމީލަށް: ތެދުބަހުން ވާހަކަ ދައްކަވާ، ބަހާއި އަމަލާ ދިމާކުރައްވާ!

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތެދުބަހުން ވާހަކަ ދެއްކެވުމަށާއި، އަދި ބަހާއި އަމަލާ ދިމާކުރައްވަން ޖެހޭކަމަށް ވިދާޅުވެ، އެމްއެންޕީގެ އެއް ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޑރ. ޖަމީލަށް ރައްދު ދެއްވައިފިއެވެ.

ރިޔާޒް މިފަދައިން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ޙުކުމަކީ ޓެކްނިކަލް ގޯހުން ނިމޭ ކަމެއްނޫން ކަމަށް ވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ޖަމީލް ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުކުރަން ގިރާކުރަން ޖެހޭ ޤާނޫނީ އޮޅިގަނޑެއް އޮންނަ ކަމަށާއި މައުޞޫމްކަން ޘާބިތުވުމުން އެމީހެއްގެ ބޮލުގައި އިލްޒާމް އެޅުވުމަކީ ނާތަހުޒީބު ކަމެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ރައީސް ޔާމީނާއި ފައި ހަމަނުކުރެވޭނެކަން ހަޖަމްކުރަން ޖެހޭ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިފަދައިން ވިދާޅުވުމާއި ގުޅިގެން ރިޔާޒް ވިދާޅުވީ ޑރ. ޖަމީލް އިއްޔެ ވިދާޅުވެފައި ވަނީ ރައީސް ޔާމިން އަކީ ވަގެއް ކަމަށާއި، މިއަދު ވިދާޅުވަމުން ގެންދަވަނީ އެވަރުގެ ތެދުވެރިޔަކު ނެތްކަމަށް ކަމަށެވެ. ރިޔާޒު ވަނީ ޑރ. ޖަމީލް ބަހާއި އަމަލާ ދިމާ ކުރައްވަންޖެހޭ ކަމަށް ވިދާޅުވެ، ތެދުބަހުން ވާހަކަ ދެއްކެވުމަށް ޑރ. ޖަމީލަށް ގޮވައިލައްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/riyazabdulla/status/1472591491788800004?s=21

ޑރ. ޖަމީލްގެ ޓްވީޓު ރިޔާޒަށް އަމާޒުވެފައި ވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވީ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުން ކަމަށް ރިޔާޒު ވިދާޅުވުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް