Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ޔޫޓީއެފްގެ ތަފްސީލް ހާމަކޮށް، ރައްޔިތުންގެ އަޑުއެހުމަށް ދުންޔާ ސަރުކާރަށް ގޮވައިލައިފި

ޔޫޓީއެފްގެ ތަފްސީލް ހާމަކޮށް، ރައްޔިތުންގެ އަޑުއެހުމަށް ދުންޔާ ސަރުކާރަށް ގޮވައިލައިފި

އުތުރު ތިލަފަޅުގެ އެއްބަސްވުން ދިވެހި ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންގެ އަޑު އެއްސެވުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ގޮވައިލައްވައިފިއެވެ.

ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި ޤައުމަކަށް މުޅިން ބަރޯސާވުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި އެމްއެންޕީގެ ޚާރިޖީ ސިޔާސަތަކީ ވަރަށް ހަމަހަމަ ސިޔާސަތެއް ކަމަށާއި މި ސަރުކާރަށް އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަ ކުރުމަށް އަދި ހުއްޓުވުމަަށް ގޮވައިލާ ކަމަށެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ އެއްވެސް ޤައުމެއްގެ އަސްކަރިއްޔާ ދިވެހި ފަސްގަނޑުގައި ތިބުމަކީ ގަބޫލުކުރާނެ ކަމެއްނޫން ކަމަށާއި މިޒަމާނުގައި ޤައުމެއްގެ ދަށުވާނީ ހަމައެކަނި އަސްކަރިއްޔާ ތިބެގެން ނޫން ކަމަށެވެ. އަދި ހަމައެކަނި އެއްޤައުމަކަށް ހުރިހާ ކަމަކަށް ބަރޯސާވެ، ލޯނު ނެގުމާއި ތަރައްޤީގެ މަޝްރޫޢު ހިންގުމަށް ހަމައެކަނި އެއް ޤައުމަކަށް ބަރޯސާވާނަމަ އެއީ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/dunyamaumoon/status/1473226982972293121?s=21

ދުންޔާ އިތުރަށް ވިދާޅުވީ ޔޫޓީއެފް އެގްރީމަންޓުގެ އެއްވެސް މަޝްވަރާއެއްގައި ޚާރިޖީ ވަޒީރުކަމުގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށާއި އެކި ސަރުކާރުތަކުން “އެއް ސަރުކާރު އަނެއް ސަރުކާރުގެ ބޮލުގައި މިމައްސަލަ އަޅުވަން އުޅޭތަން” ފެންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް