ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)
  • އޮފީސް ހުންނަ ބަޔަށް ދާން އުޅެފައި ވެސް ރާސިލް ފިރިހެން ކުދިންގެ އެޕަރޓްމެންޓަށް ދިޔައީ އޭނާގެ ލެޕްޓޮޕް ނެގުމަށެވެ. އެޕަރޓްމެންޓްގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވެދެވުމާއެކު އޭނާގެ ފިޔަވަޅުތައް މަޑުވިއެވެ. ސޯފާގައި އިށީނދެއިން ބީކާލްގެ ނަޒަރު ސީދާވެފައި ވީ ރާސިލްއާއެވެ.

*********************

Ads by STELCO

ރާސިލް އެޕަރޓްމެންޓްގެ ދޮރު ލައްޕާލުމާއެކު ބީކާލް އޭނާގެ ހަށިގަނޑު ސީދާ ކޮށްލިއެވެ. އަދި ރާސިލް ކައިރީ އިށީނުމަށް އެދުނެވެ.

" ސޮރީ ޑޭޑް.. އަޅުގަނޑަށް ނިދުނީ ރޭގަ.."... އިސްޖަހާލަމުން ރާސިލް ބުނެލީ ކުށްވެރިއަކު ފަދައިންނެވެ.

" ދަރިފުޅު ނިދަނީ ކޮންތާކު؟.. ބައްޕަ މި އިންނަނީ މިތަނުގަ ފަތިސް ނަމާދުން ފައިބައިގެން އައި ގޮތަށް..."... ބީކާލް ބުނެލިއެވެ. އެވަގުތު ރާސިލްގެ މޫނަށް އަރާ ފޭބި ކުލަތަށް އޭނާއަށް ނުހަނު ސާފުކޮށް ފެނުނެވެ.

ބީކާލްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުން ރާސިލް އެއިން ގޮތަށް އިނީއެވެ. އިރުކޮޅެއްގެ ހިމޭން ކަމަށްފަހު ފްރިޖުން އޭނާ ނެގި ޖޫސްޖަގުން ބީކާލް ދެ ތަށްޓަށް ޖޫސް އެޅިއެވެ. އަދި އެއް ތަށި ނަގާ ރާސިލް ކައިރިއަށް ޖެއްސުމަށްފަހު އަނެއް ތަށި ތުނބުގައި ޖެއްސިއެވެ.

" ދަރިފުޅު ކޮންމެ ކަމެއް ކުރިޔަސް ބައްޕައާއި މަންމައާ ހިއްސާ ކުރާނެކަމަށް ބައްޕަ އުއްމީދު ކުރީ.. އެކަމަކު މިފަހަރު މިދިމާވީ ވަރަށް ތަފާތުކޮށް... ދަރިފުޅަށްވެސް އެނގޭނެ ބައްޕަ މި ދައްކަނީ ކޮން ވާހަކައެއް.. ކީއްވެ ދަރިފުޅު އެފަދަ ބޮޑު ނިންމުމެއް ނިންމިއިރު ނުބުނީ.. އެހާ ވެސް ބައްޕަމެން ދުރުކޮށްލީތަ؟...".. ބީކާލްގެ އަޑުގައިވީ ޝަކުވާއެވެ. އެކަން އިހްސާސް ކުރެވުނު ހިނދު ރާސިލްއަށް އިހުނަށްވުރެ ނަފްސު ކުރެވުނެވެ. އިސްޖެހިފައި އިނދެ ރާސިލް ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަތުގައި ހުރި ބިއްލޫރިތަށީގައި ބާރަށް ހިފެހެއްޓިއެވެ.

" އަޅުގަނޑު ޔަލް ދެކެ ވަރަށް ލޯބިވޭ ޑޭޑް..".. ރާސިލް ބުނެލިއެވެ. އެއަށް ވަކި އެއްޗެކޭ ބުނުމެއްނެތި ބީކާލް ބޯޖަހާލިއެެވެ.

" ބައްޕަމެން މި ގުޅުމާ ނުރުހޭނެއެންނު...".. އިރުކޮޅަކު އިނދެފައި ރާސިލް ބުނެލިއެވެ.

"ކީއްވެ ރާސިލްއަށް ތިހެން ހީވީ؟ ރާސިލް ތިއީ އަހަރެންގެ ދޮށީ ދަރިފުޅު، ދެލޮލުގެ ނޫރު ފަދަ ދަރިއެއް، ދަރިފުޅުގެ ނިންމުމަކަށް ބައްޕަ ނޫނެކޭ ބުނަންވީ ކީއްވެ؟، ދުވަހަކުވެސް ދަރިފުޅު އެދުނު ކަމަކަށް ބައްޕަ ދެކޮޅު ހެދިންތަ؟.. ދަރިފުޅު ބޭނުންވި ކަމެއް ދުވަހަކުވެސް ބައްޕަ ނުކޮށްދީ ހުރިންތަ؟ ރައުލް އަށްވުރެ ބޮޑަށް ދަރިފުޅުގެ އެދުންތަކަށް ބައްޕަ އާނ ބަސް ބުނެފަ ހުންނާނެ. އެއީ ބައްޕަ ދަރިފުޅަށް އިތުބާރު ކުރާތީ.." ބީކާލް އަހާލިއެވެ.

" ބައްޕަ އަޅުގަނޑަށް ވަރަށް ރަނގަޅު.. މަންމަވެސް. އަޅުގަނޑު ބޭނުންވާ އެއްވެސް ކަމެއް އުންޏެއް ނުވޭ. އެކަމަކު ލާރާގެ މަރަށްފަހު މަންމަ އަދިވެސް މަންމަގެ ދަރިޔަކު މި އާއިލާގެ ކުއްޖަކާ އެފަދަ ގޮތަކަށް ގުޅެން ރުހޭނެތަ؟.. މަންމަ ނޭދޭ ގޮތަކަށް ބައްޕަ އެއްވެސް ކަމެއް ނިންމާނަންތަ؟.. ".. ރާސިލްގެ އަޑުގައިވީ މާޔޫސްކަން ބީކާލްއަށް ސިއްރެއް ނުވިއެވެ.

" ލޯބި.. އެއީ ފުން ލަފްޒެއް.. ލޯބި ވުމުން ވާނެ ގޮތް މިހާރު ދަރިފުޅަށް ވެސް އެނގޭނެ.. ކިރާޒް ދެކެ ދަރިފުޅު ވާ ލޯބި އެނގޭނީ ހުދު ދަރިފުޅަށް.. ހަމަ އެ ލޯބި މަންމަގެ ހިތުގައި އެ މަންމަގެ ދަރިންނަށްވެސް ވޭ.. މަޔަކު ދަރިޔަކު ދެކެ ވާ ލޯބި ދަރިފުޅާއި ބައްޕައަށް ނޭނގިދާނެ.. މަންމަގެ ހިތަށް ކުރާނެ އަސަރު އިހްސާސް ނުކުރެވިދާނެ.. ލާރާ އެއީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު.. އެ ދަރިފުޅަކީ ކިހާ ހާއްސަ ކުއްޖެއްކަން ދަރިފުޅަށްވެސް އެނގޭނެ… ކުއްލިއަކަށް ލާރާ ވަކި ވުމުން މަންމަ ތަހައްމަލު ކުރަން ޖެހުނީ ބަރުދާސްތު ކުރަން އުނގަދޫ ވޭނެއް... މަންމައަށް ވެސް އޭރުވީ އެހެން.. ލާރާގެ އެކްސިޑެންޓްގައި މަންމައަށް ކުށްވެރި ކުރެވުނީ ނަވާ.. އެއީ ނަވާ ދުއްވަން އިނީތީ.. އެދުވަހު ނަވާގެ ބަދަލުގައި އިނީ ދަރިފުޅު ނަމަ މަންމަ ދަރިފުޅު ވެސް ކުށްވެރި ކުރާނެ.. އެއްވެސް ހާލެއްގަ މަންމަ އެ ހުރިހާ އެއްޗެއްކީ ނަވާއަށްޓަކައި މަންމަގެ ހިތުގައި ނުރުހުންވުން އޮވެގެން ނޫން.. އެއަށްވުރެ ބޮޑަށް މެލެކް އެކުދިން ދެކެ ލޯބިވޭ.. " ބީކާލްގެ ވާހަކަ ރާސިލް ކަނުލާ އަޑުއަހަން އިނެވެ.

އޭނާއަށް ބީކާލްގެ ވާހަކަ ޤަބޫލު ކުރެވުނެވެ. ކިރާޒްއާ މެދު އެހިތުގައިވާ ލޯބި މީހަކު ކިޔައިދޭން ނުޖެހެއެވެ. އެ ދަރިފުޅަށްޓަކައި ރާސިލްގެ ހިތުގައިވަނީ ތަފާތު ޖަޒުބާތެކެވެ. އެ އިހްސާސްތަށް އެހެން ބައިންބަފައިންގެ ހިތުގައިވެސް ވާނެކަން ރާސިލްއަށް ވިސްނުނެވެ.

" ދަރިފުޅަށް ހީވަނީތަ މަންމަ ތި ގުޅުމަށް އެއްބަސް ނުވެދާނެއޭ.. ބައްޕަ ކައިރީގައި މިވާހަކަތައް ދެއްކީ މަންމަ.. ދަރިފުޅު އުފަލުގައި އުޅޭތަން ދެކެން މަންމަ ވަރަށް ބޭނުންވޭ... ޔަލާއަކީ ރަނގަޅު ކުއްޖެއް.. މަންމައާއި ބައްޕަ ވަރަށް ހިތްހަމަޖެހޭ ކުއްޖެއް.. އެކަމަކު ދަރިފުޅު ސިއްރުން ތި ގުޅުން ތި ހިސާބަށް ގެންދިޔައީތީ ދެރަވޭ.. " ބީކާލްގެ ހިތުގައި އުފެދިފައިވީ ޝަކުވާ ބޭރުކޮށްލިއެވެ. ނަމަވެސް އޭގެ ފަހަތުގައިވީ މަޖުބޫރީ ވެސް ބީކާލް އަށް އެނގެއެވެ.

" ވީ ޑިޑް އެ މިސްޓޭކް ޑޭޑް... ކިރާޒް.. ".. ރާސިލް އަށް އޭނާގެ ޖުމްލަ ފުރިހަމަކުރަން އުނދަގޫވިއެވެ. ނަމަވެސް ބީކާލްގެ އެދުމުގެ މަތިން ރާސިލް އަނެއްކާވެސް ވާހަކަ ފެށީ ފުން ނޭވާއަކާއި އެކުގައެވެ.

" އެއީ ލާރާގެ އެކްސިޑެންޓްގެ ކުރިން.. ބިފޯ ޝީ މެރީޑް.. އަޅުގަނޑަށް ކުރިންވެސް ޔަލް ކަމުދޭ.. ވަރަށް ކަމުދޭ.. ޝީ އިޒް އޯލް ދެޓް އައި ވޯންޓެޑް.. ޔަލް ވެސް އަޅުގަނޑު ދެކެ ލޯބިވި އޭރު ވެސް.. އެކަމަކު ލާރާގެ ކައިވެނީގެ ފަހުން ހަމަޖެހިގެން އެވާހަކަ ބުނަން އަޅުގަނޑު ހުރީ.. ބަޓް ތިންގްސް ގޮޓް އައުޓް އޮފް ކޮންޓްރޯލް ވަން ޑޭ.. ޔަލްއާ ދެމެދު ހިނގަން ނުޖެހޭ ގުޅުމަކަށް ފުރުސަތު ދެވުނީ.. އެކަމަކު އޭރު އެވާހަކަ ބުނަން ފަސްޖެހުނީ.. މަލާން އާންޓީއާ ފެމިލީ އެހެން މީހުން ދެކޭނެ ގޮތެއް ނޭނގޭތީ.. ޔަލް މެލޭ އަށް ފުރީ އެހެންވެ.. ދެއަރ، ވީ މެޓް ލޫކަސް.. ލޫކަސް ޔޫކޭގައި ކިޔަވަން ހުރުމަށްފަހު ޗުއްޓީއަކަށް އައިސް އުޅުނީ މެލޭގަ.. އެދުވަސްކޮޅު ލޫކަސްއާ ޑީލް އެއް ހެދީ.. ވަރަށް ފަސޭހައިން ލޫކަސް އެއްބަސްވި ޔަލްގެ ހަޒްބެންޑަށް ވާން.. ބަޓް ދެޓް ވޯޒް ޖަސްޓް ފޯރ އެ ނޭމް.. ހަމައެކަނި ކިރާޒްއަށްޓަކާ ކުރެވުނު ކަމެއް އެއީ.. ލާރާގެ އެކްސިޑެންޓް ހިނގި އިރު ޔަލްގެ ބަނޑަށް ދެ މަސް ވެއްޖެ.. ހުރިހާ ކަމެއް ހަމައަކަށް އެޅުމުން ޔަލްގެ ކައިވެނީގެ ވާހަކަ ބުނި.. އެކަންވީ އާއިލާއަށް ލިބުނު ބޮޑު ޝޮކަކަށް.. ބައްޕަ މެންނަށް ނޭނގުނީ ސްވިޒްގަ އުޅުނީމަ.. އެ ހުރިހާ ކަމަކަށްފަހު މަލިކާ އާންޓީއާ މަލާން އާންޓީއަށް ނުކެރުނު މަންމައަށް ގުޅަން.. ޔަލް ބަލިވެ އިންކަން ވެސް ހާމަކުރި.. ނުވަ މަހާއި ދިހަ ދުވަސްވެ ވިހަން ކައިރިވުމުން އާއިލާއަށް އެންގީ ޔަލްގެ ފުރާނައަށް ނުރައްކާވާތީ ބަނޑަށް ހަތްމަހުގައި ދަރިފުޅު ނަގަނީ ކަމަށް... ކިރާޒްއާ މެދު އެއްވެސް މީހަކު ޝައްކު ނުކުރީ އެހެންވެ... އެކަމަކު އެ ދަރިފުޅު ވައްތަރުވީ އަޅުގަނޑާ.. އެއްވެސް މީހަކު އެކަން މާބޮޑު ކަމަކަށް ނުހެދި .. ރައުލް ފިޔަވާ... ރައުލް އަށް އެނގުނީ ކިހިނެތް ކަމެއް ނޭނގެ.. އެކަމަކު ރައުލް އަށް ހުރިހާ ކަމެއްވެސް އެނގޭ.. ރައުލްއަށް ސިއްރު ކުރަން އަޅުގަނޑު ނުވެސް ވިސްނަން.. ކިރާޒް އަށް ހަތަރު މަސް ވުމުން ޔަލްއާ އަހަރެންގެ ކައިވެނި ކުރެވުނު.. ޔަލްގެ މަންމައާ ބައްޕައަށް ހުރިހާ ކަމެއްވެސް އެނގޭ ފުރަތަމަ ދުވަހުން ފެށިގެންވެސް.. މަލާން އާންޓީ ބޭނުންވީ އާއިލާއަށް އަންގަން.. އެކަމަކު ޔަލްއާއި އަޅުގަނޑުގެ އެދުމުގެ މަތިން މަޑުކުރީ.. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތް ކަމަށްވާތީ.. ރައުލްގެ އުފަންދުވަހު އަޅުގަނޑުމެންގެ ބާރުތަށް ކެނޑުމުން މިކޮޅަށް އެއްކޮށް އަންނަން މަޖުބޫރުވީ.. ކުރިން ބޭނުން އިރަކު އާދެވުނުހެން ނާދެވޭނެކަން އެނގޭތީ.. ޔަލް އެއީ އަޅުގަނޑުގެ އަންހެނުން... ކިރާޒް އެއީ އަޅުގަނޑުގެ ދަރިފުޅު.. މި ސިއްރު ބައްޕައާއި މަންމައަށް ކިޔައިނުދެވުނީތީ އަޅުގަނޑު މާފަށް އެދެން..".. ރާސިލްގެ އުނދަގުލުން ވިޔަސް ބުނެލިއެވެ. އެ އަޑު އަހާފައި ބީކާލްއަށް ލިބުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. އޭނާއަށް ނޭނގި އެ ހުރިހާ ކަމެއް ހިނގައި ދިޔުމުން ޤަބޫލުކުރަން ދަތިވިއެވެ.

" ދަރިފުޅު ކައިރީ ބައްޕަ ސުވާލެއް ކޮށްލަންތަ؟..".. ވަރަށް ވިސްނަން އިނދެފައި ބީކާލް ސުވާލުކޮށްލިއެވެ. ރާސިލް ބޯ ޖަހާލުމުން ބީކާލް އޭނާގެ ހަށިގަނޑު ތެދުކޮށްލިއެވެ.

" ކިރާޒްގެ ކަނދުރާގައި ނިޝާން އެބަހުރިތަ؟..".. ބީކާލް އަހާލިއެވެ. ރާސިލްގެ ފަރާތުން ލިބޭނެ ޖަވާބަކަށް އޭނާ އިނީ ކެތްތެރިކަން ކުޑަވެފައެވެ. މިފަހަރުވެސް އަނގައިން ބުނުމެއް ނެތި ރާސިލް ބޯޖަހާލުމަކުން ފުއްދާލީއެވެ. ނަމަވެސް ބީކާލްގެ ހަރަކާތްތަށް ވަގުތުން މަޑު ޖެހުނެވެ. ދެލޯ ބޮޑުވި ގޮތަށް ހުއްޓުން އެރިއެވެ. އިސާހިތަކު އެދެލޯ ފެންކަޅިވި ހިނދު މަޑުމަޑުން މޭގައި ފިރުމާލިއެވެ.

ބީކާލްއަށް އައި ބަދަލުން ރާސިލް ކަންބޮޑުވިއެވެ. ވަގުތެއް ތެދުވެގެން ގޮސް ބީކާލް ކައިރީ އިށީނދެ އަތްތިލައިގައި ހިފެހެއްޓިއެވެ. އޭރު މޮޔައަކު ފަދައިން ބީކާލް ހޭން ފަށައިފިއެވެ.

" ރާސިލް.. އެ ދަރިފުޅު މަރެއް ނުވޭ.. ޝީ އިޒް އެލައިވް.. މައި ޑޯޓާ.. އަހަރެންގެ ދަރިފުޅު އެބަހުރި..".. ލޮލުން ފައިބަން ފެށި ކަރުނައިގެ ތެރެއިން ބީކާލް ބުނެލިއެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ ރާސިލްއަށް ފަހުމް ނުވި ނަމަވެސް އެކަމަށް ހުރިހާ ސަމާލުކަމެއް ހުއްޓުނެވެ. ތަކުރާރުކޮށް ދަރިފުޅު މަރުނުވާ ކަމުގައި ބީކާލް ބުނަމުންދިޔައީ ކީއްވެކަން ރާސިލް އަށް ނުވިސްނުނެވެ.

= ނުނިމޭ =

 

Ads by Ooredoo
  1. ަމަރީ

    ހާދަ ކުރޭ

  2. ޢަަޅޭޭ ހާދަަ ރީއްޗޭޭ މިި ވާހަކަ

  3. ސަޅި

    ވަރަށް ރީތި.. އެކަމަކު މާ ކުރީ

  4. މަރީ

    ކޮބާ މިއަދުގެ ބައި

  5. ޗިކް ޗިކް

    އަޅޭ އަވަސްކޮށްދީބަ �