ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ރާސިލް.. އެ ދަރިފުޅު މަރެއް ނުވޭ.. ޝީ އިޒް އެލައިވް.. މައި ޑޯޓާ.. އަހަރެންގެ ދަރިފުޅު އެބަހުރި..".. ލޮލުން ފައިބަން ފެށި ކަރުނައިގެ ތެރެއިން ބީކާލް ބުނެލިއެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ ރާސިލްއަށް ފަހުމް ނުވި ނަމަވެސް އެކަމަށް ހުރިހާ ސަމާލުކަމެއް ހުއްޓުނެވެ. ތަކުރާރުކޮށް ދަރިފުޅު މަރުނުވާ ކަމުގައި ބީކާލް ބުނަމުންދިޔައީ ކީއްވެކަން ރާސިލް އަށް ނުވިސްނުނެވެ.

Ads by Hajj Corporation

***************************

" ޑޭޑް.. ކާމް ޑައުން..".. ބީކާލްއަށް ވަމުންިދޔަ ގޮތުން ރާސިލް ކަންބޮޑުވިއެވެ. އޭނާ ތެދުވެގެން ގޮސް ފެންފުޅިއެއް ހިފައިގެން އައެވެ. އަދި ތަށްޓަކަށް ފެން އެޅުމަށްފަހު ބީކާލްއަށް ދިނެވެ.

" ރާސިލް.. ބައްޕަގެ ދަރިފުޅު މަރެއް ނުވޭ.."... މިފަހަރު ބީކާލް ބުނެލީ ހަމަޖެހިފައެވެ. އެ މޫނުން ފާޅުވާންހުރި އުފާވެރިކަން ސިއްރެއް ނުވެއެވެ. އެވަގުތު ރާސިލްއަށް އެއްޗެއް ފަހުމްވި ކަހަލައެވެ. ތަކުރާރުކޮށް ދަރިފުޅު މަރުނުވާ ކަމުގައި ބުނެ ބީކާލް އެ އިޝާރާތް ކުރާ ފަރާތަކީ އޭނާއަށް އެނގޭ މީހެއްކަމުގައި ހިތް ބުނެލިއެވެ. އެހެންކަމުން ރާސިލް ބީކާލްއާ ސުވާލުކޮށްލީ ޝައްކެއްގެ މަތީގައި ހުރެއެވެ.

" އާއިލީ ބޮޑު ސިއްރެއްގެ ވާހަކަ ބައްޕަ ކިޔައިދޭން މި އުޅެނީ.. އެކަމަކު މިވާހަކަ ރައުލްއާ ވެސް ހިއްސާ ކުރަން ޖެހޭ.. ދަރިފުޅު ރައުލް އަށް ގުޅަންވީނު.. ".. ހިނިއައިސްފައި އިނދެ ބީކާލް ބުނެލިއެވެ. އެ މޫނުން ކޮންމެވެސް ވަރަކަށް ސީރިޔަސް ކުލަވަރެއް ފެނުނުހެން ރާސިލްއަށް ހީވިނަމަވެސް އެއީ ހިނދުކޮޅަކަށެވެ.

ބީކާލްގެ އެދުމުގެ މަތިން ރާސިލް ރައުލް އަށް ގުޅިއެވެ. އަދި ބީކާލް މުހިއްމު ވާހަކައެއް ދައްކަން ބޭނުންވާތީ އެ އެޕަރޓްމެންޓަށް އައުމަށް ބުންޏެވެ.

" ދަރިފުޅު ޔަލާއާ ދެކުދިންގެ ގުޅުމުގެ ވާހަކަ އަންގަންވީ އާއިލާއަށް.. މިހާރު ދެން ސިއްރު ކުރުމުގެ ބޭނުމަކީ ކޮބާ؟".. ރާސިލް ފޯނު ކަންފަތާ ދުރުކޮށްލިތަން ފެނުމުން ބީކާލް ބުނެލިއެވެ. އިތުރު އެއްޗެއް ބުނުމެއްނެތި ރާސިލް ބޯޖަހާލިއެވެ. ހަޤީޤަތުގައި އެއީ އޭނާއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އެތަށް ދުވަހެއް ވަންދެން ސިކުނޑިން ނުފިލާ ހުރި ރިހުމެކެވެ. އިތުރަށް އެ ގުޅުން ސިއްރު ކުރަން ނުޖެހޭނެކަން އެނގުމުން ރާސިލްގެ ތުންފަތުގައި ކުޅެލީ ރީތި ހިނިތުންވުމެކެވެ. މަޑުމަޑުން ސޯފާގައި ލެނގިލަމުން އޭނާ ލޯމަރާލީ ސިކުނޑީގައި ކުރިއަށް އޮތް ދުވަސްތަށް ސިފަކުރަމުންނެވެ.

********************

" ލިއަމް....އަހަރެން މިދަނީ ބައްޕަ ގާތަށް، ވާހަކައެއް ދައްކަން... މީޓިން އަށް ސެހެރްއާ ދެމީހުން ގޮސްލާ.." ރައުލް އޮފީހުން ނުކުތުމުގެ ކުރީން ލިއަމް ގާތު ބުނެލިއެވެ. އޭނާ އިނީ ލިއަމްގެ ފޯނު ކޯލު ނިމެން ދެން މަޑުކޮށްގެންނެވެ.

"ޔާ އޯކޭ... ސެހެރް ކައިރީގަ ބުނެލައްޗޭ ނުކުންނަމުން..." ފޯނަށް އައި މެސެޖް ކިޔާލަމުން ލިއަމް ބުނެލިއިރު އެ މޫނަށް ހިނިތުންވުން ވެރިވެއްޖެއެވެ. ސާޔާގެ ފަރާތުން އައި މެސެޖެއްކަން ރައުލްއަށް ޔަޤީންވީ އެ ހިނިތުންވުން ފެނިފައެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްޗެއް ނުބުނެ ރައުލް ތިރިއަށްދާން ނުކުތީ ބީކާލްއަށް ލަސްވެދާނެހެން ހީވާތީއެވެ.

ގިނަ އިރުތަކެއްނުވެ އެޕަރޓްމެންޓްގެ ބެލް ޖަހާލި އަޑު އިވުނެވެ. އެއާއެކު ރާސިލް ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. އެތެރެއަށް ވަދެވުމާއެކު ސޯފާގައި އިން ރައުލްއަށް ބީކާލް ފެނިއްޖެއެވެ. ފުޅާ ހިނިތުންވުމަކާއެކު އޭނާ ބީކާލްއަށް ގޮވާލިއެވެ. ބީކާލް މަޑުމަޑުން ބޯޖަހާލިއެވެ. ރާސިލްއާއެކު ގޮސް ރައުލް އިށީނީ ބީކާލްގެ ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގައެވެ.

 

" މާޝާﷲ.. ވަރަށް އުފާވެރި މަންޒަރެއް މިއަދު މި ފެންނަނީ.. ބައްޕަގެ ދެ ދަރިންވެސް ހަރުދަނާ ޒިންމާދާރު ކުދިންނަށް ވެއްޖެ.. " ކުރިމަތީގައި އިށީނދެ ތިބި ދެ ފިރިހެން ދަރިން ފެނުމުން ބީކާލް ބުނެލިއެވެ.

" އެކަމަކު އަދިވެސް ބައްޕަހާ ހެންޑްސަމްއެއް ނޫން..".. ރައުލް ބުނެލުމާއެކު ބީކާލް ހޭންފެށިއެވެ. އެހުނުމުގައި ރާސިލް ވެސް ބައިވެރިވިއެވެ.

"ދަރިފުޅުމެންނަށް އެނގެން ޖެހޭ އާއިލީ ސިއްރެއްގެ ވާހަކަ ބުނެދޭން މި އުޅެނީ.. ވަރަށް ގިނަ ދުވަހު މިވާހަކަ ސިއްރެއްގެ ގޮތުގައި ބޭއްވިއްޖެ، އެއީ ބައްޕައަށް ވެސް ބައެއް ކަންކަން ނޭނގި ހުރުމުން، ރާސިލްގެ ފަރާތުން ކުރިން ޔަލާއާއި ކިރާޒްގެ ހަޤީޤަތް އެނގުނު ނަމަ މި ހަޤީޤަތް ތިކުދިންނަށް މާ ކުރިންވެސް އެނގުނީސް، މީއެއްނޫން ބައްޕައާއި ދަރިފުޅުމެންނާ ދެމެދު އޮންނަން ބައްޕަ ބޭނުންވާ ގުޅުމަކީ، އެއަށްވުރެ މި ދެމެދުގައި ވާ ގުޅުން ފުރިހަަމަ.. އެކަން އެގޮތުގަ ދެމިއޮންނަން ބައްޕަ ބޭނުން.. " ބީކާލް އޭނާގެ ވާހަކަ ފެށިއެވެ.

" ރާސިލް! ރައުލް! މިހާރު ތި ތިބީ ކަންކަން ވިސްނޭވަރުވެފައި، ބައްޕަގެ އާއިލާގެ ނުފޫޒު ދަރިފުޅުމެންނަށް ވަރަށް ރަނގަޅަށް އެނގޭނެ،  މިއީ ޤަބޫލުކުރަން ފަސޭހަ ވާހަކައަކަށް ނުވެދާނެ.. އެހެންވިޔަސް މިއީ ތިކުދިންނަށް އެނގުން މުހިއްމު ކަމެއް.... މި ވާހަކަތަށް އަޑުއަހާފައި ތިކުދިންގެ ހިތަށް އަރާނީ ކީކޭ ކަމެއް ނޭނގެ... ކޮންމެ ގޮތެއްވިޔަސް ބައްޕަ މިއަދު މިވާހަކަ ދަރިފުޅު މެންނާއި ހިއްސާ ކުރާނަން..... ރައުލް! ރާސިލް!... ބައްޕަގެ އެހެން ދަރިއަކު އެބަހުރި" އިސްޖަހާލަމުން ބީކާލް ބުނެލި ދެއަތް ޖޯޑުކުރަމުންނެވެ. އެ އަޑު އަހާފައި ރާސިލްއާއި ރައުލްއަށް ލިބުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. ބީކާލް އެ ދައްކަނީ ކާކުގެ ވާހަކައެއް ކަމާއިމެދު ރާސިލްއަށް ވެސް ޔަޤީން ނުކުރެވުނެވެ.

"އެހެން ދަރިއަކު އެބަހުއްޓޭ ބައްޕަ ތިބުނަނީ ކީއްވެ.. މަންމަގެ ދަރިއެއް ނޫންތަ އެއީ؟.." ރައުލް އަހާލީ ރާސިލްގެ ހިތުގައި ވެސް އުފެދިފައި އޮތް ސުވާލެވެ.

" އެއީ މަންމަގެ ވެސް ދަރިއެއް.. ދަރިފުޅުމެންގެ މަންމައަކީ އިއްފަތްތެރި އަންހެނެއް.. ބައްޕައާ ކައިވެނި ކުރުމަށްފަހު މަންމަ އެހެން ފިރިހެނަކާ އެފަދަ އެއްވެސް ގުޅުމެއް ނުބާއްވާ.. އެއީ އެކަން އޮންނަންޖެހޭ ގޮތް.. އެއީ ވަކި އިންސާނުންނަށް އެކަނި އޮތްގޮތެއް ނޫން.. ކައިވެނި ކޮށް ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އެކަކު އަނެކަކަށް ވަފާތެރިވުމަކީ އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް...." ބީކާލް އެބުނާ ދަރިއަކީ މެލެކްގެ ދަރިއެއްކަން އެނގުމުން ރާސިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާ ހުރީ ފިނިވެފައެވެ. ހިތުގައި ބިރުވެރިކަން އުފެދިފައެވެ.

" މިހުރިހާ ދުވަހު އެ ކުއްޖާ ކޮބާ؟... އާއިލާއާ ގުޅުމެއް ނެތީ ކީއްވެ؟.. ބައްޕަ ތިވާހަކަ ނުބުނީ ކީއްވެ؟.. އަޅުގަނޑު އެނގެން ބޭނުންވަނީ އެކަން.." ރާސިލް ބުނެލިއެވެ.

" ދަރިފުޅުމެންނަށް އެނގޭނެ ބައްޕައަށް ކުރެވުނީ ކުށެއްކަން ކާފަގެ ނަޒަރުގަ.. މަންމައަކީ އިންސާނަކަށްވެފައި ބައްޕަ މަންމަދެކެ ލޯބިވެ ކައިވެނި ކުރުން އެއީ ކާފައަށް ބަލައިގަނެވުނު ކަމެއް ނޫން.. އެކަމުގެ ސަބަބުން ބައްޕަގެ ބާރެއް ނެތީ.. ދަރިފުޅުމުންގެ ބާރުތަށްވެސް ކެނޑުނީ.. އެންމެނަށްވެސް ހީކުރެވުނީ ލާރާއަށް ބާރެއް ލިބިފައި ނެތުން އެއީ ކަމަށް ބައްޕައަށް ކުރެވުނު ކުުށުގެ ސަޒާއަކީ.. ކާފަ އޮތީ ބުނެފަ އަންހެން ކުއްޖެއް އުފަންވާ ދުވަހަކީ އެ ކުށުގެ ސަޒާ ލިބޭނެ ދުވަހޭ.. ބައްޕައަށްވެސް ހީކުރެވުނީ ލާރާއަށް ބާރެއް ލިބިފައި ނެތުން އެއީ ކަމަށް އެ ކުށުގެ ސަޒާ..."... ބީކާލް ދައްކަމުންދިޔަ ވާހަކައިން ރައުލްއާއި ރާސިލް ތިބީ ހައިރާންވެފައެވެ. އެ ޒުވާނުންނަށްވެސް އެނގިފައި އޮތީ ހަޤީޤަތް ނޫންކަން އެނގުނު ހިނދު އެވާހަކަ އެނގެން ކެތްތެރިކަން ކުޑަވިއެވެ.

" މަންމަ އެންމެ ފަހުން ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށް.. އެކަން ބައްޕަމެންނަށް ނޭނގެ.. ސްކޭންތަކުން ދެއްކީ އެންމެ ކުއްޖެއް.. އެއީ ކާފަ ކުރިކަމެއް.. އެކަމަކު މަންމަ ވިހެއި އިރު ވިހެއީ ދެކުދިން... އެކަން އާއިލާއަށް އަންގާނެހާ ވަގުތެއް ބައްޕަމެންނަށް ނުލިބުނު.. އެއް ކުއްޖަކު ވިހެއިތާ މާގިނައިރެއް ނުވެ މަރުވީކަމަށް ބުނީ.. އެކަމަކު އެ ކުއްޖާ ބައްޕަމެންނަށް ފެންނަ ގޮތެއް ނުވި... ހަމަ ހިލާ ދައްކަން އެއްބަހެއް ނުވި.. މަންމަ އެކަމާ ވަރަށް ހިތާމަ ކުރި.. އެކަމަކު ބައްޕައާ ދެމީހުން ވާހަކަ ދެއްކުމަށްފަހު ނިންމީ އެކަން ސިއްރެއްގެ ގޮތުގަ ބޭއްވުމަށް.. އާއިލާއަށް އުފަންވި ހަމައެކަނި ކުއްޖާއަކީ ލާރާ ކަމުގައި ބައްޕަމެން ޤަބޫލުކުރަން ނިންމިން.. ލާރާ ބޮޑުވަމުން އައި އިރު ދަރިފުޅުމެންނާ ހިލާފަށް އެއްވެސް ބާރެއް ނެތް.. އެއީ އާދައިގެ ކުއްޖެއް.. ލާރާ އަށްވުރެ ފަހުން އަނެއް ކުއްޖާ ވިހެއީ.. އެ ކުއްޖާ މަރުވީކަމަށް ބައްޕައާ މަންމަ ޤަބޫލު ކުރީ.. ސްވިޒްލެންޑްގައި ހަފްތާއެއް ވަންދެން މަޑުކުރުމަށްފަހު މިކޮޅަށް އައި އިރު ވެސް އެ ކުއްޖާއަށް ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ނުލިބުނު.. ބައްޕަމެން އެކި އެކި ގޮތްގޮތުން މަސައްކަތްކުރިން.. އެކަމަކު ކާފަގެ ބާރުން އެއްވެސް ކަމަކަށް ކުރިއެރުން ނުލިބުނު.. ބައްޕަމެންނަށް އެނގުނު ދެން އެ ދަރިފުޅާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭނެކަން... އެފަހުން އެ ކުއްޖާގެ ވާހަކަ ނުދައްކަން މަންމައާ ބައްޕަ އެކަކު އަނެކަކަށް ވައުދުވިން... އެ ވައުދުގެ މަތީގަ އަދިވެސް މިތިބީ.. އޭގެ ފަހުން އެ ވާހަކައެއް ނުދައްކަން.. އެއީ އެ ދަރިފުޅު މަރުވިކަމަށް ޤަބޫލު ކުރެވުމުން... އަދި އެއީ އާދައިގެ ކުއްޖެއް ކަމަށް ބައްޕައަށް ޤަބޫލު ނުކުރެވޭތީ.. ކޮންމެވެސް ގޮތަކުން ކާފަ އެ ދަރިފުޅު އަތުލީ..  އެކަމަކު މިއަދު އެނގިއްޖެ އެ ދަރިފުޅު މަރުނުވާކަން.. ކާފަ އެ ކުއްޖާ ނެގީކަން ޔަޤީން.."... ބީކާލްގެ ވާހަކަ އަޑުއަހަން ރައުލްއާއި ރާސިލް ތިބީ ނުހަނު ޝައުޤުވެރި ކަމާއި އެކުގައެވެ.

މި ހުރިހާ ދުވަހު ހިތުގައި އުފެދިފައިވީ ސުވާލުތަކުގެ ޖަވާބު ލިބުމުން އެ ޒުވާނުންނަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. ރައުލްގެ ނަޒަރު އިރު އިރުކޮޅާ ރާސިލްއަށް ދަތުރުކޮށްލައެވެ. ނަމަވެސް އިސްޖަހައިގެން އިންގޮތަށް ރާސިލް އިނީއެވެ. ރައުލް ދެން އަހާލީ ދަރިފުޅު ދުނިޔޭގައި ހުރިކަން ބީކާލްއަށް އެނގުނީ ކިހިނެތްތޯއެވެ.

" ދަރިފުޅަށްވެސް އެނގޭނެ ނިޝާން ހުންނާނީ ކޮންމެ ޖިންސެއްގެވެސް ދެކުދިން ތިބީމަކަން.. ރާސިލްގެ ކަނދުރާގައި ވެސް ނިޝާން ފާޅުވީ ރައުލް އުފަންވުމުން.. އެއީ އާއިލާގައި އެކަން ވަމުންދާ ގޮތް.. ކިރާޒްގެ ކަނދުރާގައި ނިޝާން ހުރުމުން އޭގެ މާނައަކީ މި އާއިލާގެ ލޭ ހިނގާ އިތުރު އަންހެން ކުއްޖޭ އެބަހުއްޓޭ... އެއީ ލާރާގެ އެއްބަނޑު އެއްބަފާ ކޮއްކޮ.. ދަރިފުޅުމެންގެ ވެސް ކޮއްކޮ...މިއަދު ލާރާ ހުރިނަމަ ވަރަށް އުފާވީސް.. މި އާއިލާ ފުރިހަމަވީސް.... ".. ބީކާލްގެ ދުރުވިސްނުމާއެކު އޭނާ ވާހަކަދައްކަމުން ދިޔައީ ފަރުވާތެރިވެ އިނދެއެވެ. އޭނާގެ މޫނުގައިވި ހިނިތުންވުން ފަނޑުވި މަންޒަރު ރާސިލް އަށް ފެނުނެވެ.

" ލާރާ ހުރިނަމަ.. އެކަމަކު މިހާރު ލާރާއެއް ނެތް.. އަޅުގަނޑުމެންނަށް އެކަން ބަދަލެއް ނުކުރެވޭނެ.. އޮތް ގޮތަކީ އެކަން ޤަބޫލުކޮށް ކުރިޔަށް ދިޔުން.. ލާރާގެ ނަފްސަށް ހަމަޖެހުން ލިބޭނޭ ގޮތަކީ އެއީ.... " އިރުކޮޅަކު ހިމޭނުން އިނދެފައި ރާސިލް ބުނެލިއެވެ.

" ކުރިން މިކަން އެނގުނު ނަމަ އެ ދަރިފުޅު ހޯދުނީސް.. މިހާރު މާ ލަސްވެއްޖެ ކަންނޭނގެ...." ބީކާލު ބުނެލިއެވެ.

" ނޫން.. އަދި އުއްމީދު ކަނޑައިލާކަށް ނުވޭ.. އިރާދަ ކުރެއްވިއްޔާ މި އާއިލާ ފުރިހަމަވާނެ..".. ރާސިލް ބުނެލިއެވެ. އެއާއެކު ބީކާލްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"އާއިލާ ފުރިހަމަވެ އެންމެން އެކީގަ އުޅެން ބައްޕަ ބޭނުން، މާތްﷲގެ ރަޙުމަތްފުޅާއެކު އެ އުންމީދު ފުރިހަމަވާނެ..... އެކަމަށްޓަކައި ތިކުދިންގެ އެހީ ބޭނުން..  ބައްޕަގެ އެދުމެއް އެބައޮތް.. ބައްޕަގެ ދަރިފުޅު ބައްޕައަށް ގެނެސްދީ..." ބީކާލުގެ އަޑުގައިވީ މީގެ ކުރީން ނެތް މާޔޫސްކަމާއި އާދޭހެކެވެ .އެކަން ރާސިލްއަށް ފާހަގަކުރެވި ހިތަށް އަސަރުތަކެއް ކުރި ނަމަވެސް ބުނަން ބޭނުންވި ޖުމްލަތަށް ދުލާއި ހަމައަށް ނުގެނައެވެ. އޭނާ ރައުލްއަށް ބަލާލިއެވެ. އެ ބެލުމުން ބުނެދިނީ ކީކޭކަން ރައުލް އަށް އެނގުނު ނަމަވެސް އޭނާ ވެސް ހިޔާރު ކުރީ ހިމޭންކަމެވެ.

"ބައްޕަގެ ތި އެދުން ވަރަށް އަވަހަށް ފުރިހަމަ ކޮށްދޭނަން.." ރާސިލް ބުނެލިއެވެ. އެއާއެކު ރައުލްވެސް ބޯ ޖަހާލީ އެކަމަށް ތާއީދު ކުރުމުގެ ގޮތުންނެވެ. އިރުކޮޅަކަށް ވާހަކަ ދައްކަން ތިބުމަށްފަހު ދެ ޒުވާނުން ނުކުތީ އޮފީހަށް ދިޔުމަށެވެ. އޭރު ބީކާލްއަށް ވެސް ލިބިފައި ވަނީ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ.

****************************

އޮފީސް ނިންމާލުމަށްފަހު ގެއަށްދިޔަ ގޮސް ނިދި ގޮތަށް ރާސިލްއަށް ހޭލެވުނީ އިރުއޮއްސުނު ފަހުން ޔަލާ އައިސް ގޮވުމުންނެވެ. އޭރު ކައިރީގައި ކިރާޒްވެސް އިނެވެ. ކަނާތް ދަމާލުމަށްފަހު ކިރާޒް ކައިރިކޮށްލަމުން ރާސިލް އަނެއްއަތުން ބާލީސް ދަށުގައި އޮތް ފޯނު ނެގިއެވެ.  ގަޑިއަށް ބަލާލަމުން އޭނާ ތެދުވެ އެނދުގައި އިށީނދެ އިސްތަށިގަނޑަށް އަތް މަހާލިއެވެ. އެހެން އިންއިރު ބީކާލް ދެއްކި ވާހަކަތަކާއި މެދު ފުންކޮށް ވިސްނާލެވުނެވެ. ދެން ތެދުވެ ފާހާނާއަށް ވަދެ ފެންވަރާލުމަށްފަހު ރާސިލް ނުކުމެލީ ނަމާދުކޮށްގެންނެވެ.

" ރާސިލް!....." ސޯފާގައި އިން ޔަލާއަށް ރާސިލް ގޮސް އައިސްއަލަމާރީގެ ދޮރު ހުޅުވާލިތަން ފެނުމުން ގޮވާލިއެވެ.

"ޔެސް ލަވް..."  އައިލެންޑް ކައިރީ އައިސް މަޑުކޮށްލަމުން ރާސިލް ބަލާލިއެވެ.
"ކީއްތިކުރަނީ؟" ޔަލާ ސުވާލުކުރިއެވެ.

"ވަރަށް ބަނޑުހައިވެގެން" އަތުގައި އޮތް ޔޯގަޓްތަށި ޔަލާއަށް ދައްކާލަމުން ރާސިލް ބުނެލިއެވެ. އަދި އައިސްއަލަމާރިން ނެގި ފެންފުޅި ހިފައިގެން އައިސް ސޯފާގައި އިށީނެވެ. ހެނދުނުއްސުރެ އެއްޗެއް ނުކައި ހުރުމުން ހަށިގަނޑަށް ވެރިވެފައިވަނީ އާދަޔާޚިލާފު ވަރުބަލި ކަމެކެވެ.

" ކީއްކުރަން ޔޯގަޓް ކަނީ.. ރާސިލް ތިހެން ކައި ކައި ގޮސް ކޮންމެ ފަހަރަކު ކިރާޒްއަށް ގެނެސްފަ ހުންނަ ޔޯގަޓް ހުސްވަނީ... ހުންނާނެ ޕާސްތާ ކައްކާފަ.. އާދޭ ކާން..." ޔަލާ ބުނެލިއެވެ. އަދި ރާސިލް އަތުގަ އޮތް ޔޯގަޓް ތަށި ނަގައިގެން ގޮސް އަނބުރާ ފްރިޖަށް ލުމަށްފަހު ވަތްގަނޑުން ތައްޓެއް ނެގިއެވެ.

" އެހާ ކުޅިއެއް ނުވާނެ.. ބޭނުންތަ ޗިލީ ޕޭސްޓް..".. ރާސިލް މަޑުމަޑުން ބޯ ހޫރާލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ ކާންފެށިއެވެ. އެވަގުތު އައިލެންޑް މަތީގައި އޮތް ޔަލާގެ ފޯނު ވައިބްރޭޓްވުމުން ރާސިލްގެ ނަޒަރު ފޯނަށް ހުއްޓުނެވެ. އަނގަޔަށް ލާން އުޅުނު ޕާސްތާކޮޅު އަނބުރާ ތަށި ތެރެއަށް ލުމަށްފަހު ރާސިލް ބަލާލީ ޔަލާއަށެވެ. އެ ބެލުމުން ފޯނަށް އައި މެސެޖް ރާސިލް އަށް ފެނުނީކަން ޔަލާއަށް ޔަޤީންވި ހިނދު އެ މޫނަށް ނުތަވަސްކަން ވެރިވިއެވެ.

= ނުނިމޭ =

Ads by Ooredoo
  1. ވާހަކަ ކިޔާ ކުއްޖާ

    މިއަދުވެސް ވާހަކަ އަޕްކޮށްލައްޗޭ