ވާހަކަ

ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ކަމުގެ ބޮޑުކަން އިހުސާސްވެސް ނުވާ ހާލުގައި ޝަހާ ބުނެލިއެވެ. ތައްޔާރުވެސް ނުވެ ހުއެްޓާ އަންނަން އުޅެނީ ކިހާ ވަރެއްގެ ތޫފާނެއް ކަމެއްވެސް އޭނާއަށް ރޭކާނުލައެވެ.

Ads by Hajj Corporation

އަދީމް ހިނިތުންވާން މަސައްކަތް ކުރަމުން ބޯޖަހައިލިއެވެ. އެބައަންނަން ކަމަށް ބުނުމަށްފަހު ތުވާލި ހިފައިގެން ފާހާނައަށް ވަނެވެ. ފެންވަރަން މާގަނޑު ދޫކޮށްލައިގެން ހުރެވުނީ ކިހާއިރަކުކަމެއްވެސް އަދީމަކަށް ނޭނގުނެވެ. ޝަހާއަށް އެހާ ބޮޑުކަމެއް ސިއްރު ކުރެވޭތީ އަމިއްލަ ނަފްސު ކުށްވެރިވުނެވެ. ހަނދާންވަނީ ކައިވެނީގެ ކުރީކޮޅުގައި ޝަހާ ބުނެފައިވާ ވާހަކައެކެވެ.

" އަހަރެންނަށް މާކުރިންވެސް އެނގޭ އަދީމް އަހަރެން ދެކެ ލޯބިވާކަން.." ޝަހާ ބުނެލިއެވެ.

" އެހެންތަ؟ އެއީ ކިހިނެއް؟.." އަދީމް އަހައިލިއެވެ.

" އެއީ އެއްދުވަހު އަހަރެން އަދީމްގެ ކޮޓަރިއަށް ވަންއިރު އެނދުމަތީގައި ހުރި ލެޕްޓޮޕުން އަހަރެންނަށް ފެނުނީ ވޯލް ސްކްރީނަށް އެސް އަކުރު އިން ފޮޓޯއެއް ލާފައި އިންދަ.. އެސް ފޯރ ޝަހާ އެއްނު... އެދުވަހު އަހަރެންނަށް އެނގުނު އަދީމްވެސް އަހަރެން ދެކެ ލޯބިވާކަން..." އެހެންބުނިއރު ޝަހާގެ ތުންފަތްމަތިން ފެންނަމުން ދިޔައީ އުފާވެރި ހިނިތުންވުމެކެވެ. އެއީ ޝަހާއެއް ނޫންކަމަށް ބުނެ ދެރަކޮށްލާނެހާ ހިތްވަރެއް އަދީމަށް ނުލިބުނެވެ. ދެން މިހާރު ޝެރީންގެ ހަޤީގަތް ބުނެދީގެން ޝަހާ ދެރަކޮށްލާނީ ކިހިނެއް ހެއްޔެވެ؟ އަދީމް ޝެރީންއާ މެދު ކުރިން ދެކުނީ ކިހިނެއްކަން އެނގުމުން ޝަހާއަށް އަސަރުކުރާނެ ވަރު އަދީމަށް އަންދާޒާ ކުރެވެއެވެ. ތިމާގެ ފިރިމީހާ ކުރިން ލޯބިވި ކުއްޖަކާ އެއް ގެއެއްގައި އުޅެން އެއްވެސް އަންހެނަކަށް ފަސޭހަ ވާނެ ހެއްޔެވެ؟

އަދީމަށް ސިހުން ގެނުވި ޝަހާ ފާހަނައިގެ ދޮރުގައި ދެފަހަރަކު ޖަހައިލުމުންނެވެ. އިސްކުރު ބާރުކޮށްލުމަށްފަހު މިނިކުންނަނީ ކަމުގައި އަދީމް ބުނެލިއެވެ.

***************

އަދީމަށް ހޭލެވުނީ ދިހައެއް ޖަހާ ބޮޑުވި ފަހުންނެވެ. ޝަހާ ފެންނަން ނެތުމުން އޮފީހަށް ދިޔައީކަން އެނގުނެވެ. ބާލިސް ކައިރީގައި އޮތް ފޯނު ނެގުމަށްފަހު އޮން ކޮށްލިއެވެ. އެހިނދު ޝަހާގެ މެސެޖެއް އައިސްފައި އޮތްތަން ފެނުނެވެ.

" މޯނިންގް ހަނީ... ހުންނާނެ ކުޅިމަހާ ރޮއްޓާ ހަދާފައި.. ފްރިޖްގަ ހުންނާނެ ޖޫސް.. ރަނގަޅަށް ސައިބޯތި... ލަވް ޔޫ.." މެސެޖް ކިޔަލާފައި އަދީމް ހިނިތުންވެލިއެވެ. މެސެޖެއް ލިޔެލުމަށްފަހު ޝަހާއަށް ފޮނުވައިލިއެވެ. ރޭގައިވެސް ނުކައި ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް ބަނޑުހައިވެފައިވާކަން އިހުސާސް ކުރެވުނެވެ. ފާހާނައަށް ވަދެ ފެންވަރައިގެން ނިކުމެ ރީތިވެލިއެވެ. ކޮޓަރިން ނިކުތްއިރު ޝެރީން އާއި އަސްމާ އަދި އާޒިފް ސައިބޯން ތިއްބެވެ. އެންމެ ފުރަތަމަވެސް އަދީމްގެ ނަޒަރު ދަތުރުކޮށްލީ މޭޒުކައިރީގައި އިން ޝެރީންއަށެވެ. ޝެރީން ގަސްދުގައި އަދީމަށް ބަލައިވެސް ނުލައި އިސްޖަހައިގެން އިނެވެ. ޝެރީން އިން ގޮތުން އެއިނީ ދެރަވެފައި އަދީމަށް އެނގުނެވެ. ޝަހާ ދެއްކި ވާހަކަތަކަށް ފަހު އަދީމް އެހުންނަނީ ޝެރީން ކައިރިން މައާފަށް އެދެން ބޭނުންވެފައެވެ.

" އަދީމް އާދޭ އަވަހަށް ސައިބޯން.. " އަސްމާ ބުނެލިއެވެ. އަދީމް ހިނިތުންވެލަމުން އައިސް ޝެރީންގެ ކުރިމަތީގައި އިން ގޮނޑި ދަމާލާފައި އިށީނެވެ.

" ކަޅުސައި ތައްޓެއްތަ ނޫނީ ކޮފީއެއްތަ ގެންނަނީ.." އިންތަނުން ތެދުވަމުން އަސްމާ އަހައިލިއެވެ.

" ޝަހާ ބުނި ފްރިޖްގަ ޖޫސް ހުންނާނެ ވާހަކަ.. ޖޫސްތައްޓެއް ބޭނުމީ.." އަދީމް ބުނެލިއެވެ. ތައްޓަށް ކުޅިމަސް އަޅައިގެން ކަމުން ދިޔަ އަދީމަށް އިރުއިރުކޮޅާ ޝެރީންއާ ދިމާލަށް ބަލައިލެވެނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް ޝެރީން އިސްއުފުލައި އެންމެ ފަހަރަކުވެސް އަދީމަށް ބަލައިނުލައެވެ.

" ބޮޑުއްތަ މިދަނީ ބޭބެ ފެންވަރުވަން.. ޝެރީ އަދީމް ސައި ބުއީމަ ތަށިތައް ނަގައްޗެ.." އާޒިފް ގޮވައިގެން ހިނގައިގަންނަމުން އަސްމާ ބުންޏެވެ. ޝެރީން އެއިން ގޮތަށް އިނދެ ބޯޖަހައިލިއެވެ. މޫނުމަތިން ނުދެއްކިނަމަވެސް ފުރަތަމަ ފަހަރަށް އަދީމާއެކު ތަންކޮޅެއް ގިނަވަގުތު ހޭދަކޮށްލަން ލިބުމުން ޝެރީން ހިތާހިތުން އުފާކުރަމުން ދިޔައެވެ. އަދީމްގެ ނަޒަރު އޭނާއަށް ހުއްޓޭކަން ޝެރީންއަށް ސިއްރެއް ނުވިއެވެ. އެކަމާވެސް އޭނާ އިނީ ނުހަނު ހިތްހަމަޖެހިފައެވެ. އެދެމެދަށް ވެރިވެފައިވީ މަރުފަދަ ހިމޭންކަމެކެވެ. އަދީމް ސައިބޮއެ ނިންމައިލުމަށްފަހު އިންތަނުން ތެދުވަން އުޅުނެވެ. އެހިނދު އަނެއްކާވެސް ޝަހާ ދެއްކި ވާހަކަތައް މަތިން ހަނދާންވެ އަލުން އިށީނެވެ. ޝަހާ ބުނީތީވެސް ޝެރީން ކައިރިން މައާފަށް އެދެން އޭނާ ބޭނުމެވެ.

" ޝެރީ...ން...." ހިމޭންކަން ފޫއަޅުވައިލަމުން އަދީމް ގޮވައިލިއެވެ. ކުރިން ގޮވައިލާ ނަމުން ގޮވާލަން އަދީމަކަށް ނުކެރުނެވެ. ޝެރީން އަދީމަށް ބަލައިލިއެވެ. އުފަލުން ގޮސް އޭނާގެ ހިތް ނަށަމުން ދިޔައެވެ. ނަމަވެސް އޭނާގެ މޫނުމަތިން ދެއްކީ ސީރިއަސްކަމެވެ.

" ސޮރީ....." އަދީމް ބުނެލިއެވެ.

" ކޮންކަމަކާ؟" ކޮންކަމެއްކަން އެނގިހުރެވެސް ޝެރީން އަހައިލިއެވެ.

" ރޭގައި ކަންތައް ކުރެވުނު ގޮތުން... އަހަރެން އެހެން ބުނީ ފަހަރެއްގައިވެސް ޝެރީން ދެރަކޮށްލާކަށް ނޫން." އަދީމް ބުނެލިއެވެ.

" އަދީމް މައާފަށް ތިއެދުނީ ރޭގަ އަހަރެން ދެރަކޮށްލެވުނީމަ އެކަނިތަ؟ ވަޓް އެބައުޓް މިވީހާ ދުވަހު އަދީމް އަހަރެންނަށް ޓްރީޓް ކުރި ގޮތް.. ގިނަފަހަރަށް އަހަރެން ގޮވައިލީމަވެސް އަދީމް އަޅައިވެސް ނުލާ.. އަހަރެން ވާހަކަދެއްކިޔަސް އަދީމްގެ މޫނުމަތިން ފެންނަނީ ގަޔާނުވާކަން.. އަދީމް ކަންތައްތައް ކުރިގޮތުން އަހަރެން ދެރަވެސްވި ލަދުވެސް ގަތް... އަދީމް އަހަރެން ދެކެ ތިހާ ރުޅިއެއް ތިއަންނަނީ މީގެ ދިހަ އަހަރު ކުރިން އަހަރެން އަދީމްގެ ޕްރޮޕޯސަލް ރިޖެކްޓް ކުރީމަތަ؟ " ޝެރީން ހިތްހަމަނުޖެހިފައި ބުންޏެވެ.

" ނޫން ޝެރީން ކުއްލިއަކަށް އަހަރެންގެ މާޒީ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނީމަ ކަންތައް ކުރާނެގޮތެއް އަހަރެންނަށް ނޭނގުނީ.. އޮޅުންބޮޅުންވެފައި ހުރެވުނީ.. މާޒީގައިވީ އެއްވެސް ކަމަކަށް އަހަރެން ޝެރީން ކުށްވެރިއެއް ނުކުރަން..." އަދީމް ބުނެލިއެވެ. ޝެރީން ވަކި އެއްްޗެއް ނުބުނެ އިސްޖަހައިލިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ތަށިތައް ހިފައިގެން ތެދުވަން އުޅުނެވެ.

" ލުކް ޝެރީން.. އަހަރެން ޝަހާ ދެކެ ވަރަށް ލޯބިވޭ.. މާޒީގައިވީ އެއްވެސް ކަމެއް އަހަރެން ޝަހާއަށް ކިޔައެއް ނުދެން.. ކިޔައިދޭނެހާ ހިތްވަރުވެސް އަހަރެންނަށް ނުލިބުނީ.. އެއްވެސް ޙާލަތެއްގައި ޝަހާ އަހަރެންނަށް ގެއްލޭކަން އަހަރެން ބޭނުމެއްނޫން.." އަދީމް ބުނެލިއެވެ.

" އަދީމް ތިބުނި ބަހުގެ މާނައަކީ އަހަރެން މިތަނަށް އައިސް މިއުޅެނީ އަދީމްއާ ޝަހާ ދުރުކުރުވާށޭތަ؟" ޝެރީން ހިތްހަމަނުޖެހިފައި ބުންޏެވެ.

" ނޯ.. އަހަރެން ބުނަން އުޅުނީ އަހަރެންނަށް ރަނގަޅީ ޝެރީންވެސް ޝަހާ ކައިރީގައި އެއްވެސް ވާހަކައެއް ނުބުނިއްޔާއޭ.." އަދީމް ބުނެލިއެވެ.

" އަދީމް އެވަރުގެ ކަމަކާތަ ތިކަންބޮޑުވަނީ... ވީކަމެއްވީ އަހަރެމެން ޅައިރު.. އަހަރެން އެކަންތައް ހަނދާންނައްތައިލިތާ ކޮންދުވަހެއް.. އަދީމްއާ އެހާ ރޫޑްކޮށް ވާހަކަ ދެއްކުނީމަ އަހަރެން ވަރަށް ދެރަވެސްވި.. ފަހުން އަދީމްއަށް ކޮންޓެކްޓް ކުރަން އުޅެއުޅެ ނުވި.. ވީކަމެއް ހަނދާންނައްތާލާފައި އަލުން ރަހުމަތްތެރިކަމެއް ނުބެއްވޭނެތަ؟ ހަނދާންކޮށްލަބަލަ އަހަރެމެންގެ ފްރެންޑްޝިޕް މަތިން..ކިހާ މަޖާ އޭރު.. " ޝެރީން ހިނިތުންވެލަމުން ބުނެލިއެވެ. އެދުވަސްތައް މަތިން ހަނދާންވުމުން އަދީމަށްވެސް ހެވިއްޖެއެވެ. ޝެރީންއާ މެދު ހިތުގައި އޮތް ނުތަނަވަސް ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ގޮއްސިއެވެ.

" ރަނގަޅަށް ތިބުނީ.. އެހެންވީމަ މިއަދުގެ ފަހުން އަގެއިން ވީ އާރ ފްރެންޑްސް.. އޯކޭއެއްނު.." ހިނިތުންވެލަމުން އަދީމް ބުނެލިއެވެ.

" އެންމެ ގޮތެއްގެ މަތިން.." ޝެރީން ބުންޏެވެ.

" އެއީ؟" އަދީމް އަހައިލިއެވެ.

" ޑޯންޓް ކޯލް މީ ޝެރީން.. ކުރިންވެސް ކިޔާހެން ޝެރީ ކިޔާ..." ހީނލަމުން ޝެރީން ބުންޏެވެ. އަދީމްވެސް ހީނލަމުން ބޯޖަހައިލިއެވެ.

*******************

ކޮޓަރިއަށް ވަންގޮތަށް ޝެރީން އިއުފާއަށް ގުޅައިލިއެވެ. ވެދިޔަ ކަންތަކުގެ ވާހަކަ އިއުފާއަށް ކިޔައިދިން އިރު ޝެރީން ހީވަނީ އުފަލުން ގޮސް އެހެންކަމެއް ހެންނެވެ. އުފަލުން ގޮސް އޭނާއަަށް އެއްތާކު މަޑުނުޖެހެވެއެވެ. އިރުއިރުކޮޅާ އިވެމުން ދިޔައީ ޝެރީންގެ ހުނުމުގެ އަޑެވެ.

" ޝެރީ ތިހާ އުފާ ތިވަނީ އަދީމްގެ އެކުވެރިކަން އަނބުރާ ލިބުނީމަތަ ނޫނީ.." އިއުފާ އަހައިލިއެވެ.

" އަހަރެންނަށް އޭރުވެސް އެނގޭ އިއު ބުނާނީ ތިކަހަލަ އެއްޗެއްކަން.. އަހަރެން ތިކަހަލަ ކަމެއް ނޫޅެމޭ ކުރާކަށް... އެކަމަކު ބުނަންތަ ވާހަކައެއް... " ޝެރީން އަހައިލިއެވެ. އިއުފާ ހޫނ އަޅުވައިލިއެވެ.

" އަދީމް މިހާރު ހާދަ ރީއްޗޭ... ހީ އިޒް ސޯ ހޭންޑްސަމް.. މިއަދު ހެނދުނު ރެޑީވެގެން ނިކުތްއިރު އަދި މާ ރީތިހެން ހީވޭ.. " ޝެރީން ބުނެލިއެވެ.

" ސްޓޮޕް އިޓް ޝެރީ... އެކަހަލަ ނޫނޭ ބުނެފަ ތިހިރީ ދައްކާ ވާހަކަ.. ފުރަތަމަ ޝެރީ އެކަނި އިނދެ ވިސްނާލަންވީނު ތިމާއަށް އަދީމްއާ މެދު ދެކެވެނީ ކިހިނެއްތޯ؟ އެއަށްފަހު އަހަރެންނަށް ގުޅާ އިނގޭ.." އިއުފާ ހިތްހަމަނުޖެހިފައި ފޯނު ކަނޑައިލިއެވެ. ފޯނާ ދިމާލަށް ބަލައިލަމުން ޝެރީން ތުން އަނބުރައިލިއެވެ. ނަމަވެސް ދެވަނަ ހިނދުގައި އަދީމްގެ ސޫރަ ސިފަވުމުން ތުންފަތްމައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިއެވެ. ހުވަފެނަކަށް ގެއްލިފައިވާ ގޮތަކަށް ހުރެ އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ.

************************

މަލާކް ސްކޫލުން ގޮވައިގެން އަންނަމުން ޝަހާ މެންދުރު ކެއުމަށް އިންސާފު ކުރުމަށްޓަކައި ރެސްޓޯރެންޓަކަށް ވަނެވެ. އަދީމް ވީ ޑީއުޓީގައި ކަމުން ގެއިން ކާހިތެއް ޝަހާ ނުވިއެވެ. ކާއެއްޗެއްސަށް އޯޑަރ ކުރުމަށްފަހު އެކި އެކި ވާހަކަތައް ދެއްކުމުގައި ދެމީހުން ތިއްބެވެ.

" ދޮންތާ.. ވަރަށް ދުވަސްވެއްޖެ އަހަރެން ވާހަކައެއް ބުނަންވެގެން އުޅޭތާ..." މަލާކް ބުންޏެވެ.

" ބުނެބަލަ... ކޮންކަމެއް ދޮންތަގެ މަލާއަށް އުނދަގޫ ކުރަނީ.." މަލާކްގެ މޫނުމަތީގެ ކުލަވަރު ފުސްވިތަން ފެނުމުން ޝަހާ އަހައިލިއެވެ.

" ޝެރީ އެއުޅެނީނު... އަހަރެން އެހާ ލައިކްނުވޭ އޭނާ ދެކެ..." މަލާކް ބުނި ވާހަކައިން ޝަހާގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވިއެވެ.

" އެއީ ކީއްވެ؟ " ހައިރާންވެފައި ޝަހާ އަހައިލިއެވެ.

" އޭނާގެ އުޅުން ހުންނަގޮތުން.. " މަލާކް ބުނެލިއެވެ.

" މަލާ އެކި މީހުންގެ އުޅުން ތަފާތުވާނެ.. އެމީހަކު އެމީހެއްގެ ގޮތުގައި އެކްސެޕްޓް ކުރުން ރަނގަޅުވާނީ.." ޝަހާ ބުނެލިއެވެ.

" ނޯ ޔޫ ޑޯންޓް އަންޑަސްޓޭންޑް ދޮންތާ.. އޭނަ އުޅެނީ ދަންވަރު ނުނިދާ.. އަބަދުވެސް ކޮންމެވެސް މީހަކާ ޗެޓްކޮށްކޮށް ނޫނީ ގުޅައިގެން.. ބައެއް ރޭރޭ ނިދަންވެސް އުނދަގޫވޭ.. ކުރިން ދުވަހު ކައްމި އަހަރެންނަށް ދެއްކި އޭނާގެ އިންސްޓަ އެކައުންޓް.. ވަރަށް ހަޑިކޮށް ހެދުން އަޅާފައި ފޮޓޯލާފައިވެސް ހުރޭ.. އަދި އެނގޭތަ.. އޭނަ ނަމާދެއްވެސް ނުކުރޭ.. އެކަހަލަ މީހަކާ އެއް އެނދެއްގައި ނިދަން އަހަރެން ބިރުގަނޭ.. އޭނާގެ ސަބަބުން އަހަރެންގެ ކޮޓަރިއަށް ރަޙުމަތުގެ މަލާއިކަތުން ނުވަންނާނެތީ ބިރުގަނޭ.." މަލާކް ބުންޏެވެ. ޝަހާ އިނީ ހައިރާންވެފައެވެ. މަލާކް އެކިޔައިދިނީ ދޮގުވާހަކަތަކެއް ނޫންކަން ޔަގީންވިއެވެ. އެހެނީ މަލާކްއަކީ ކުރިން ދުވަހަކުވެސް މީހަކާ ބެހޭގޮތުން އެގޮތަށް ވާހަކަ ދައްކާފައި ނުވާ ކުއްޖެކެވެ.

" އޯކޭ މަލާ! ދޮންތަ ތިކަމާ ޝެރީ އާ ވާހަކަ ދައްކާނަން.. ޓިލް ދެން އެއްވެސް މީހެއް ކައިރީގައި ތިވާހަކަތައް ނުކިޔާތިި" ޝަހާ އެދުނެވެ.

" އަދި އެއްވާހަކަ ބުނަން ބޭނުން... ދޮންތަ އެއްޗެކޭ ހީނުކުރާތި.." މަލާކް ވަރަށް ނުކެރި އިނދެފައި ބުންޏެވެ. ޝަހާ ނިތް އަރުވައިލިއެވެ.

" ދޮންތައަށް ފާހަގައެއް ނުވޭތަ ދޮންތަބެ ޝެރީއާ މާ ފްރެންޑް ވެގެން އުޅޭހެން.. އައި މީން އައި ނޯ ދޭ އާރ އޯލްޑް ފްރެންޑްސް އެކަމަކު އެދެމީހުން ހީހީފަ މަޖާކުރާތަން ފެނުނީމަ ގައިމުވެސް އަހަރެންނަށް އުނދަގުވޭ..." މަލާކް ބުންޏެވެ. ޝަހާ ހީނލިއެވެ.

" ދެމަފިރިއެއްގެ ގުޅުމުގަ އެންމެ މުހިންމުވާނީ އިތުބާރު.. އަހަރެން އަދީމަށް ފުރިހަމައަށް އިތުބާރު ކުރަން.. އެމީހުން ގޯސް ވާހަކައެއް ނުދައްކައެއްނު.. ވާހަކަ ދެެއްކިޔަސް ދުރުގައެއްނު ތިބެނީ.. ބައެއް ރޭރޭ ދޮންތަބެ ދޮންތައަށް ކިޔައިދޭނެ ޝެރީ އާއެކު ދެކެވިފައި ހުންނަ މަޖާ ވާހަކަތައް.. ތިގޮތަށް ނުވިސްނާ މަލާ.. ދޮންތަ އަދީމަށް ވަރަށް ޓްރަސްޓުކުރަން.. އަދީމް ދޮންތަދެކެ ލޯބިވާވަރު ދޮންތައަށް އިހުސާސްވޭ.. ގެރެންޓީ ދުވަހަކުވެސް އަދީމް ދޮންތައަށް ދެރައެއް ނުދޭނެކަން.." ޝަހާ ފުރިހަމަ އިތުބާރާއެކު ބުންޏެވެ. މަލާކް ހީނލިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އޮތް ނުތަނަވަސްކަމެއް ނުފިލިއެވެ.

-ނުނިމޭ-

Ads by Allied Insurance
  1. ކަމަނަ

    ކަންތަކާ ޖެހުނީ…

  2. ފޫހި ޝެރީންގަނޑު