ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" އެހާ ކުޅިއެއް ނުވާނެ.. ބޭނުންތަ ޗިލީ ޕޭސްޓް..".. ރާސިލް މަޑުމަޑުން ބޯ ހޫރާލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ ކާންފެށިއެވެ. އެވަގުތު އައިލެންޑް މަތީގައި އޮތް ޔަލާގެ ފޯނު ވައިބްރޭޓްވުމުން ރާސިލްގެ ނަޒަރު ފޯނަށް ހުއްޓުނެވެ. އަނގަޔަށް ލާން އުޅުނު ޕާސްތާކޮޅު އަނބުރާ ތަށި ތެރެއަށް ލުމަށްފަހު ރާސިލް ބަލާލީ ޔަލާއަށެވެ. އެ ބެލުމުން ފޯނަށް އައި މެސެޖް ރާސިލް އަށް ފެނުނީކަން ޔަލާއަށް ޔަޤީންވި ހިނދު އެ މޫނަށް ނުތަވަސްކަން ވެރިވިއެވެ.

Ads by STELCO

******************************

" ރާސިލް! އައި ކޭން އެކްސްޕްލެއިން..."... ހާސްވެފައި ހުރިނަމަވެސް ޔަލާ ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ ރާސިލް ބޯޖަހާލިނަމަވެސް އެ މޫނުން އޭނާގެ ތަބީއަތު ގޯސްވެފައިވާ ވަރު ޔަލާ ދެނެގަތެވެ. އައިލެންޑް މަތީގައި އޮތް ފޯނު ނަގާ ޔަލާ ހުޅުވާލިއެވެ. އަދި ރާސިލްއަށް ފެންނާނެހެން ބޭއްވިއެވެ.

ކާން އިން ތަށި ދުރުކޮށްލުމަށްފަހު ރާސިލް ފޯނު ކަރިކޮށްލަމުން ބަލަންފެށިއެވެ. ތިރިއަށް ސްކްރޯލް ކުރަމުންދިޔަ ވަރަކަށް އޭނާގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ. ދެލޯ މަރާލަމުން ރާސިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ކަނާއަތުން ނިތްކުރީގައި ފިރުމާލުމަށްފަހު ދެން ރާސިލް ބަލާލީ ކުރިމަތީގައި އޭނާގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުރި ޔަލާއަށެވެ.

" އައި ތިންކް ހީ ވިލް ޑައި ފްރޮމް މައި ހޭންޑްސް.. ހައު ޑިސްކަސްޓިންގް.. ލަދެއްވެސް ނުގަނޭދޯ.."... ލޫކަސްގެ ފަރާތުން ޔަލާއަށް ފޮނުވާފައި ހުރި މެސެޖްތަށް ލޯ މަރާލުމާއެކު ރާސިލްއަށް ސިފަވިއެވެ. ލޫކަސްގެ އަމަލުތަށް އެ ހިސާބަށް ގޮސްދާނެއޭ އޭނާއަށް ހީކުރެވިފައެއް ނެތެވެ. އެއަށްވުރެ ލޫކަސްއަށް އޭނާ އިތުބާރުކުރިއެވެ. އަނބިމީހާއާއި ދަރިފުޅު ލޫކަސްއާއި ހަވާލުކުރީ އެފަދަ ނަތީޖާއެއް ނުކުމެދާނޭ ކަމަކަށް ނޫނެވެ.

" ރާސިލް... އިޓްސް ޓައިމް.. ލޫކަސް ރުޅި އައިސްގެން ބުނެފާނެ.. އޭގެ ކުރިން އެންމެން ކައިރީ މި ގުޅުމުގެ ވާހަކަ ބުނަން ހިނގާ... "... ޖެހިލުންވެފައި ހުރެ ޔަލާ ބުނެލިއެވެ. އެއާއެކު ރާސިލްގެ ތުންފަތުގައި ކުޅެލީ ރީތި ހިނިތުންވުމެކެވެ. އޭނާ ހުރީ ހިނދުކޮޅަކަށް ނަމަވެސް އެ ވާހަކަ ޔަލާއާ ހިއްސާކުރަން ހަނދާން ނެތިފައެވެ.

ޔަލާގެ އަތުގައި ހިފައިގެން ގޮސް ރާސިލް އިށީނީ ސޯފާގައެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު އެދުވަހު ބީކާލްއާއި ދެމެދު ހިއްސާ ކުރެވުނު ވާހަކަތަށް ޔަލާއަށް ބުނެދިނެވެ. ނަމަވެސް އެ އާއިލާގެ ސިއްރުގެ ވާހަކަ ޔަލާ ކައިރީ ނުބުނަން ރާސިލް ނިންމިއެވެ. ރާސިލްގެ ވާހަކަ އަޑުއިވުމުން ޔަލާ ހިނިތުންވެލިއެވެ. އޭނާއަށް ވެސް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. ދުވަސްތަކެއް ވަންދެން އުނދަގޫކުރަމުންދިޔަ ހިޔާލުތަކުން ނަފްސު މިންޖުވުމުން ކުރެވޭނޭ އިހްސާސް އޭނާއަށް ކުރެވުނެވެ.

" އަހަރެން ހީކުރީ ބައްޕަ ރުޅި އަންނާނެކަމަށް..".. ރާސިލް ބުނެލިއެވެ.

" ކީއްވެ ބައްޕަ ރާސިލްދެކެ ރުޅި އަންނަންވީ؟ ރާސިލް!... އެއީ ރާސިލްގެ ބައްޕަ... ބައްޕަ ރާސިލްދެކެ ރުޅި ނާންނާނެކަން އެނގެ އެންނު.... ބައްޕައަށް އަންޑަރސްޓޭންޑް ވާނެ ރާސިލް މިކަން ސިއްރު ކުރީ ކީއްވެކަން.. މި ހުރިހާ ދުވަހުވެސް ބައްޕައާ މިކަން ހިއްސާ ކުރެވުނު ނަމައޭ ހިތަށް އެބަ އަރާ... ކިހާ ހިތްދަތި ދިރިއުޅުމެއް މި އުޅެވުނީ....... އެކަނިވެރިކަން ކޮންމެވެސް ސިފައެއްގަ މި ދިރިއުޅުމުގަ ވި.. މި ހުރިހާ ދުވަހު ހަޤީޤީ ހިތްހަމަޖެހުން ނުލިބި ހުރެފައި މިއަަދު އެނގިއްޖެ އެއީ ކިހާ އުފާވެރިކަން ގެނުވައިދޭ ކަމެއްކަން.. އެންމެ ފަހުން ކިރާޒްއަށް ވެސް ލޯބި ކާފައަކާ މާމައެއް ލިބުނީ.. ރާސިލް.. އައި ކާންޓް ބިލީވް ދިސް.. ހާދަ ދުވަހަކު އިންތިޒާރު ކޮށްފީމޭ.. ވީ ޑޯންޓް ހެވް ޓު ޕްރިޓެންޑް އެނީ މޯރ.. " ޔަލާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ރާސިލްގެ ކޯތާފަތުގައި ފިރުމާލިއެވެ.

ޔަލާގެ އުނގަނޑުގައި ހިފާ ކައިރިކޮށްލަމުން ނިތްކުރީގައި ރާސިލް ބޮސްދިނެވެ. އަދި ލުއި ހިނިތުންވުމަކާއެކު ޔަލާއަށް ބަލަން އިނެވެ.

*****************************

ހެނދުނުގެ ސައި އޮތީ މަލިކާގެ އެޕަރޓްމެންޓްގައެވެ. ޔަލާއާއި ރާސިލްގެ ގުޅުން އެންމެން ހައިރާންކުރުވި ނަމަވެސް އެގުޅުމަށް މަރުހަބާކިއެވެ. މެލެކްވެސް ޔަލާ ބަލައިގަތީ އުފަލާއެކުގައެވެ. ހާއްސަކޮށް ކިރާޒްއަށްޓަކައި އެ ހިތުގައި އޮތް ލޯބި އިތުރަށް ފުންވިއެވެ.

" ރައުލްއަށް މި ހުރިހާ ދުވަހުވެސް އެނގޭ ދޯ...".. ގެއިން ނުކުންނަމުން ނަވާރް ސުވާލުކޮށްލިއެވެ. ރައުލްގެ ފަރާތުން ޖަވާބެއް ނުުލިބުމުން އޭނާ ގޮވާލިއެވެ. އެވަގުތު ނަވާރްއަށް ބަލާލަމުން ރައުލް ބޯޖަހާލިއެވެ. ނަވާރް ހުރީ ހިތްހަމަނުޖެހިފައިކަން އެނގުނަސް ރައުލްއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

" އައި ތޯޓް ވީ އަރ ބެސްޓް ފްރެންޑްސް...".. ނަވާރް ބުނެލީ މަޑުންނެވެ.
" ރާސިލްގެ ޒާތީ ދިރިއުޅުމާއި ގުޅިފައިވާ ކަމެއް އެއީ.. އެވާހަކަ ދެއްކުމުގެ ހައްޤު ކިހިނެތް އަހަންނަށް ލިބޭނީ.."..  ރައުލް ބުނެލިއެވެ. އެވާހަކަ ޤަބޫލު ކުރެވުނަސް އަދިވެސް ނަވާރްގެ ހިތުގައި ބުރަކަމެއް ވިއެވެ.

" ވަޓް އެބައުޓް ލޫކަސް... ރައުލް އަށް ރަނގަޅަށް އެނގޭނެ އެކަން.. އައި ހެޑް ފީލިންގްސް ފޯރ ހިމް.. ވީ ލަވްޑް އީޗް އަދަރ.. ޔަލްއާ ރާސިލްގެ އަމިއްލަ ބޭނުމަކަށްޓަކައި ލޫކްއަށް އެހެން ހެދީ ކީއްކުރަން.. ވައި ޑިޑް ހީ ޑިސަރވް އިޓް.. ވައި ޑިޑް އައި ޑިސަރވް އިޓް.. " .. ލޫކަސްއާ މެދު ގޯސްކޮށް ކަންތައްކުރެވުނުހެން ނަވާރް އަށް ހީވުމުން ދެރަވިއެވެ. ހިތުގެ ކަނަކުން އަދިވެސް އެދެމީހުންގެ ގުޅުމަށް ފުރުސަތެއް އެބައޮތޭ ބުނެލިއެވެ.

ލޫކަސްގެ ވާހަކަ ނަވާރް ބުނުމުން ރައުލްގެ އަތް މުށްކެވުނެވެ. ހެނދުނު ރާސިލްގެ ފަރާތުން އޭނާއާއި ލިއަމްއަށް އޮތީ ލޫކަސް ކަންތައްކުރި ގޮތް އެނގިފައެވެ. މީގެ ކުރިން އެހިތުގައި ވެސް ލޫކަސްއާ މެދު ހަމްދަރުދީ އުފެދިފައިވިއެވެ. ނަމަވެސް ރާސިލްގެ ފަރާތުން އެނގުނު ހަޤީޤަތަށްފަހު އެ ހަމްދަރުދީ އެކީ ފިނިވެ ލޫކަސްއާ މެދު އެހިތް ކިލަނބުވިއެވެ. އެއީ ކޮންމެހެން ވެސް ނަވާރްއަށް އެނގެން ޖެހޭ ހަޤީޤަތެއްކަމުގައި ރައުލްއަށް ޤަބޫލުކުރެވުނެވެ.

" ލޫކަސް އަށް ނަވާ ހައްޤެއް ނޫން.. ޔޫ ޑިސަރވް މަޗް ބެޓަރ...".. އެ ޖުމްލަތައްވީ ރައުލްގެ ހިތުގައެވެ. އެއްޗެކޭ ބުނަން އޭނާ އަނގަ ހުޅުވާލިތަނުން ނަވާރް ހިނގައިގަތެވެ. މިވަގުތު ނަވާރްގެ ފަހަތުން ދިޔުމަކީ އެންމެ ރަނގަޅުގޮތަށް ނުވެދާނެއޭ ހީވުމުން ރައުލް ވެސް އަނބުރާލާފައި ގޮސް އެރީ ލިފްޓަށެވެ. ނަމަވެސް ނަވާރް އަށް ލޫކަސްގެ ހަޤީޤަތް ކިޔައިދޭން ރައުލް އޭނާގެ އަމިއްލަ ނަފްސަށް ވައުދުވިއެވެ.

***************************

އޮފީސްކަންތައްތައް ހިންގާ ބަޔަށް ސާޔާ ގޮވައިގެން ލިއަމް އައީ ސާޔާ އެކަމަށް އެދޭތާ ދުވަސްތަކެއް ވުމުންނެވެ. އެ ޒުވާނުން މަސައްކަތްކުރާ އޮފީސް ހުންނަގޮތް ދެކެން ސާޔާ ބޭނުންވެގެން ލިއަމް ކައިރީ އެވާހަކަ އަބަދުމެ ދައްކައެވެ. އޮފީހަށް ވަތްއިރު ރައުލް ކެބިންއިން ނުކުމެގެން އަންނަތަން ފެނުނެވެ. އޭނާގެ ފަހަތުން ރާސިލްވެސް ފަައިލްތަކެއް ހިފައިގެން އާދެއެވެ. އެ ދެ ޒުވާނުންނަށް ސާޔާ ފެނުމުން ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ސެހްރާން އަންނަނީ ކޮންއިރަކުތޯ ސާޔާ އަހާލިއެވެ. ޖަވާބުގައި ރައުލް އިޝާރާތުން ބާކީ އޮތީ ފަސް ދުވަސް ކަމުގައި ބުނެލުމުން ސާޔާ ބޯ ޖަހާލިއެވެ.

އޮފީހުގެ އެކި އެކި ކަންކަން އޮޅުންފިލުވައިދިނުމަށްފަހު ސާޔާ ގޮވައިގެން ގޮސް ލިއަމް ވަނީ އޭނާގެ ކެބިންއަށެވެ. ކެބިންގައި ހުރި ސޯފާގައި ލިއަމްއާއެކު ސާޔާ އިނެވެ. އިރުކޮޅަކުން ރައުލް އައުމާއެކު ލިއަމްއާއި ދެމީހުންގެ މެދުގައި ރެސްޓޯރެންޓް ސައިޓުގެ ވާހަކަ ދެކެވެން ފެށުނެވެ. އެ ދެޒުވާނުންގެ ވާހަކައިން އެއީ ރައުލް މަންމަގެ ރެސްޓޯރެންޓެއްކަން ސާޔާއަށް އެނގުނެވެ. އޭނާވެސް މަދުފަހަރަކު އެއްޗެކޭ ބުނެލައެވެ. ތިން މީހުން ވާހަކައިގައި ތިއްބާ ކެބިންގެ ދޮރުގައި ޓަކި ޖަހާލިއަޑުއިވުނެވެ. ލިއަމް ބޯޖަހާލުމާއެކު އޮފީސް ހެދުމުގައި ހުރި ޒުވާން އަންހެންކުއްޖަކު އެތެރެއަށް ވަދެއްޖެއެވެ. އޭނާ ފެނުމާއެކު ސާޔާއަށް ކޮޅަށް ތެދުވެވިއްޖެއެވެ.

"އައިރާ!" ހައިރާންވެފައި ހުރެ ސާޔާ ބުނެލިއެވެ. އެހިނދު ލިއަމް ބަލާލީ ހައިރާންވެފައި ހުރެއެވެ. ނަމަވެސް ރައުލްގެ މޫނުން ތަފާތުކަމެއް ފާހަނގަނުވެއެވެ.

" އޯ މައި ގޯޑް.. ސާޔާ!" ދެލޯ ބޮޑު ވެފައިހުރެ އައިރާ ބުނެލިއެވެ. އަދި އަވަސް ހަރަކާތަކާއެކު ސާޔާގެ ގައިގާ ބައްދައިގަތެވެ. އެގޮތުގައި ދެ އަންހެންކުދިން ތިބުމަށްފަހު ދުރުވިއިރު ސާޔާއަށް ރޮވިއްޖެއެވެ. ނަމަވެސް ލުއި ހިނިތުންވުމަކާއެކު އޭނާ އަވަސް އަވަހަށް އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން އަނެއްކާވެސް ހީލިއެވެ.

" އަމް.. ޝީ އިޒް މައި އެސިސްޓެންޓް...".. ލިއަމް ބުނެލިއެވެ. އޭނާ ސާޔާއަށް ބަލަން ހުރިގޮތުން އައިރާއަކީ ސާޔާގެ ކާކުކަން އެނގެން ބޭނުންވެފައި ހުރިކަން ހާމަވެއެވެ.

" ޝީ އިޒް މައި ބެސްޓް ފްރެންޑް..."..ސާޔާގެ އަޑުން އެކަނިވެސް އޭނާ އުފާވެފައި ހުރި މިންވަރު ދޭހަވެއެވެ . އެއާއެކު ލިއަމްވެސް ބޯޖަހާލިއިރު އައިރާ އަށް ނަޒަރެއް ދިނެވެ. ދެން އޭނާ ބަލާލީ ރައުލްއަށެވެ. އޭރު ރައުލް ހިނިއައިސްފައި ބަލަން އިންގޮތުން އޭނާއަށް މާ ކުރިންވެސް އައިރާ އެނގޭކަން ލިއަމްއަށް ޔަޤީންވިއެވެ. އެވަރުންް އައިރާ އެ މަޤާމަށް ހޮވުމަށް ރައުލް ބޭނުންވީ ކީއްވެކަން އެނގުމުން ލިއަމްއަށް ހީލެވުނެވެ.

ސާޔާގެ އެދުމުގެ މަތިން ލިއަމް އައިރާއަށް ވަގުތުކޮޅެއް ދިނެވެ. ދެ އަންހެންކުދިން އެކުގައި ގޮސް ބެލްކަނީގައި ހުރި އުނދޯލީގައި އިށީންތައް ފެނުމުން ލިއަމް ގޮސް އަނބުރާ އޭނާގެ ކެބިންއަށް ވަނެވެ. އެ އުނދޯލި އެތަނުން ނެގުމުގެ ހިޔާލު އެވަގުތު ސިކުނޑިއަށް ވެރިވި ނަމަވެސް އެކަމަށް އޭނާއަށް ފަސްޖެހެވުނެވެ. އަލާރާގެ އެއްވެސް އެއްޗެއް އޭނާގެ އަތުގައި ނެތްކަން އެނގޭއިރު އެ ދެމެދުގައި އޮތް ލޯބީގެ ނިޝާން ރަމްޒުކޮށްދޭނޭ ހަމައެކަނި އެއްޗަކީ އެ އުނދޯއްޔެވެ. އެއީ މާޒީކަން ޤަބޫލުކުރި ނަމަވެސް އެ ހަނދާންތަކާއެކު ދިރިއުޅުން ބިނާކުރަން ލިއަމް ބޭނުމެވެ. ކުޑަކޮށް ބޯ ދިއްކޮށްލަމުން އޭނާ ސާޔާއަށް ބަލާލިއެވެ.

******************************

" އެއީ ބޯއީ ފްރެންޑްތަ؟...".. ލިއަމްއަށް އިޝާރާތްކުރަމުން އައިރާ އަހައިލިއެވެ. ލިއަމް ސާޔާއަށް ބަލަން އިންގޮތް އޭނާ ދުށްޓެވެ.

" މި ހުރިހާ ދުވަހު ދިމާނުވެ ހުރެފަ ކުރަން އެނގުނު ސުވާލު ތިއީތަ...".. އައިރާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ސާޔާވެސް ކޮށްލީ ސުވާލެކެވެ. ހަޤީޤަތުގައި އެ ސުވާލަށް ދޭންވީ ކޮން ޖަވާބެއްކަން ހުދު އޭނާއަށް ނުވިސްނުނެވެ. ލިއަމްއާއި ދެމެދުވަނީ ހަމައެކަނި އެކުވެރިކަން ނޫންކަން އޭނާއަށް އެނގެއެވެ. ނަމަވެސް ލިއަމްގެ ދުލުން ސާޔާދެކެ ލޯބިވާ ވާހަކަ އެންމެ ފަހަރަކުވެސް ބުނެފައި ނެތެވެ. ގަޔާވާކަން ހަރަކާތްތަކުން ބުނެދިނަސް އެކަން ދުލުން ހާމަނުކުރެއެވެ. އެހެންކަމުން އެ ގުޅުމަށް ދޭންވީ ކޮން ނަމެއްކަން ބުނަން ސާޔާއަށް ދަތިވިއެވެ.

" އަހަރެން ކުރި ސުވާލަށް ޖަވާބު ނުދެމެންނު.. " އައިރާ ހުރީ އޭނާ ކުރި ސުވާލުގެ ޖަވާބު ނުލިބެނީސް ދޫކުރާނެ ގޮތަކަށް ނޫންކަން ސާޔާއަށް ވިސްނުމުން ކަޅި މައްޗަށް ހިންގާލިއެވެ.

" އެއީ ބޯއީ ފްރެންޑް ނޫން.. އައިމް ވެރީ މަޗް ސިންގަލް..."... އުނދޯލި ހެއްލަމުން ސާޔާ ބުނެލިގޮތުން އައިރާ ގާތަށް ހިނިއައެވެ.

" ދެން ވަޓް ވޯޒް ދެޓް ލުކް؟... ވަޓްސް ދި ސީކްރެޓް ކެމިިސްޓްރީ؟... " އައިރާ އަށް ސާޔާ ބުނި އެއްޗެއް ޤަބޫލުކުރަން ދަތިވިއެވެ.

" ހަމަ އަސްލުވެސް... ލިއަމްއާއި އަހަރެންގެ އެފަދަ ގުޅުމެއް ނެތް... " ސާޔާ ބުނެލިއެވެ. އައިރާ ވެސް އިތުރު އެއްޗެއް ނުބުނެ އެހެން ވާހަކައެއް ފެށިއެވެ. ސާޔާގެ ފަރާތުން ލިއަމްގެ އެއްވެސް ވާހަކައެއް އައިރާއަށް ނޭނގުނެވެ. އެހެންނަމަވެސް އޭނާގެ އާ ދިރިއުޅުމުގެ ބައެއް ވާހަކަތައް އައިރާއާ ހިއްސާ ކުރިއެވެ.

އެ ދެމެދުގައި ވާހަކަ ދެކެވެމުންދިޔަ އިރު އައިރާ އިރުއިރުކޮޅާ މީހަކަށް މެސެޖް ކުރާކަން ސާޔާއަށް ފާހަނގަކުރެވުނެވެ. އެއާއެކު އެ ތުންފަތް ދެފަރާތަށް ދެމިލާ ގޮތުން ސާޔާގެ ހިތުގައި ޝައްކުތަކެއް ހިނގައިގަތެވެ. ދެލޯ ހަނިކޮށްލަމުން އޭނާ އައިރާއަށް ބަލާލިއެވެ.

" ސްޓޮޕް އިޓް... ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ... އެންޑް ކީޕް ޔޯރ މައުތް ޝަޓް.. އަހަރެންގެ ވަޒީފާވެސް ގެއްލިދާނެ....".. އައިރާ ބުނެލިއެވެ. އެ މޫނުން ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ސާޔާއަށް ފެނުނެވެ.

" ޓެލް މީ!.. ހޫ އިޒް ދިސް ލަކީ ގާއި... އޮފީސް ކުއްޖެއްތަ؟...."... ސާޔާ އަހާލީ ހެވިފައެވެ. އެވަގުތު އައިރާ މަޑުމަޑުން ބޯޖަހާލިއެވެ. އަދި ސާޔާގެ ކަންފަތްދޮށުގައި ސިއްރުން ބުނެލިއެވެ.

" ސެހެރް...".. ދެލޯ ބޮޑުވެފައިހުރެ ސާޔާ ބުނެލިއެވެ.

= ނުނިމޭ =

 

Ads by HDC
  1. ަޒާންޒާން

    ދެން ކޮންދުވަހަކު ދޯ ވާހަކަ އަޕްލޯޑްްވާނީ

    • އަންނަ ހަފްތާ

      • އަސްލުވެސްތަ. ހަފުތާއަކު އެއްދުވަހުތަ؟