ވާހަކަ

ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" ދެމަފިރިއެއްގެ ގުޅުމުގަ އެންމެ މުހިންމުވާނީ އިތުބާރު.. އަހަރެން އަދީމަށް ފުރިހަމައަށް އިތުބާރު ކުރަން.. އެމީހުން ގޯސް ވާހަކައެއް ނުދައްކައެއްނު.. ވާހަކަ ދެެއްކިޔަސް ދުރުގައެއްނު ތިބެނީ.. ބައެއް ރޭރޭ ދޮންތަބެ ދޮންތައަށް ކިޔައިދޭނެ ޝެރީ އާއެކު ދެކެވިފައި ހުންނަ މަޖާ ވާހަކަތައް.. ތިގޮތަށް ނުވިސްނާ މަލާ.. ދޮންތަ އަދީމަށް ވަރަށް ޓްރަސްޓުކުރަން.. އަދީމް ދޮންތަދެކެ ލޯބިވާވަރު ދޮންތައަށް އިހުސާސްވޭ.. ގެރެންޓީ ދުވަހަކުވެސް އަދީމް ދޮންތައަށް ދެރައެއް ނުދޭނެކަން.." ޝަހާ ފުރިހަމަ އިތުބާރާއެކު ބުންޏެވެ. މަލާކް ހީނލިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އޮތް ނުތަނަވަސްކަމެއް ނުފިލިއެވެ.

Ads by STELCO

" ދެން އެކަމަކުވެސް އައި ޖަސްޓް ޑޯންޓް ލައިކް ހަރ.. އަދި އެނގޭތަ ނިދަނީވެސް ކުރު ކުރު ސޯޓުކޮޅު ލައިގެން.. ކުރިން ދުވަހު ކައްމި އާ އަހަރެންނާ އެޝެރީން ގޮވައިގެން ހިނގާލަން ދިޔައިރުވެސް ލައިގެން އައި ޓޮޕްކޮޅުން ކިރިޔާ ބަނޑު ނިވައިވާކަން.. މީހުން އޭނާއަށް ބަލާވަރުން އަހަރުމެން ތިބީ ލަދުން މަރުވާ ވަރުވެފަ.. އެކި ގޮތްގޮތަށް ސެލްފީ ނަގަމުން ދިޔައިރު ހީވަނީ މީ ޔޫރަޕް ގައުމެއްގެ މީހެއްހެން.." މަލާކް އެހެން ބުނެލި ގޮތުން ޝަހާއަށް ހެވުނެވެ. އެހެންނަމަވެސް ދެވަނަ ހިނދުގައި އޭނާ މޫނުމައްޗަށް ސީރިއަސްކަން ގެނައެވެ. ޣީބަ ބުނުމުގެ ނުބައިކަން މަލާކްއަށް ހަނދާންކޮށްދިނެވެ. އެފަދަ މީހުންގެ ވާހަކަ އެހެންމީހުން ކައިރީގައި ނުދައްކާ އެމީހުންނަށް ހިދާޔަތް ދެއްކެވުމަށް އެދި ﷲ ތަޢާލާއަށް ދުޢާ ދެންނެވުމަށް ބުނެ ނަސޭހަތްތެރިވިއެވެ.

***************

ކޮފީ ތަށި ހިފައިގެން ކުޑަދޮރު ކައިރީގައި ހުރި އަދީމްގެ ނަޒަރު ހުއްޓުނީ ފާހާނާއިން ނިކުތް ޝަހާއަށެވެ. ހުދު ކުލައިގެ ތުވާއްޔަކުން ތެތް އިސްތަށިގަނޑު ހިއްކަމުން ނިކުމެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނު ޝަހާގެ ރީތި ސޫރައިން އިން ނަޒަރު ވަކިކޮށްލަން އަދީމް ހަނދާނެއްވެސް ނެތެވެ. އެއްފިޔަވަޅު ކުރިއަށް ޖެހި ހުރި އަދީމް ޝަހާގެ ލޮލުގައި އަޅައިގަތީ ލޯގަނޑުންނެވެ. އެހިނދު ލަދުރަކި ހިނިތުންވުމެއް ޝަހާގެ ތުންފަތަށް ވެރިވިއެވެ. މަޑުމަޑުން ޝަހާ އާ ކައިރިއަށް ހިނގާފައި އައި އަދީމް ހުއްޓުނީ ޝަހާގެ ފުރަގަހުންނެވެ. އަތުގައި ހުރި ކޮފީމަގު ޑްރެސިންގޓޭބަލް މަތީގައި ބަހައްޓާފައި ފަހަތުން ޝަހާގެ ގައިގައި އަދީމް ބައްދާލިއެވެ. އެހިނދު ޝަހާގެ ހަށިގަނޑުން ދުވި މީރު ވަހުން އަދީމްގެ ހިތް ހީވީ ފުރިގެން ބަންޑުންވީ ހެންނެވެ. ޝަހާއަށް ހިރިލަންވެސް ނޭނގިފައި ހުރީ އަދީމްގެ ހަރަކާތްތަކަށް އޭނާގެ މުޅި ނަފްސު ދޫކޮށްލައިގެންނެވެ. އަދީމް ޝަހާގެ ކޯތާފަތުގައި ބޮސްދިނެވެ. އަދީމް ކޮށްލި އަވަސް ހަރަކާތަކާއެކު ޝަހާ އޭނާ އާ ވީ ދިމާލަށް އަނބުރާލިއެވެ. ހީލާފައި ޝަހާ އަތް އަޅުވާލީ އަދީމްގެ ކޮނޑުގައެވެ.

"ކޯޗެއް ބޭނުންވެގެން ތިއުޅެނީ ހަޒްބަންޑް" ޝަހާ ބުންޏެވެ. އަދީމް ހީލިއެވެ. ޝަހާގެ ކަންފަތާ އަނގަ ގާތްކޮށްލާފައި ސިއްރެއް ބުނެލިއެވެ. އެހިނދު ޝަހާގެ މޫނުމައްޗަށް ވެރިިވެގެންދިޔައީ ލަދުވެތިކަމުގެ ކުލަވަރެވެ.

"ޔޫ ލުކް ބިއުޓިފުލް" އަދީމް ބުންޏެވެ.

"މިއުޅެނީ ތަނަކަށް ދާންވެގެން" ޝަހާ ބުންޏެވެ. ދެން އިވުނީ އަދީމް ހީނލި އަޑެވެ. ޝަހާ އަދީމްގެ މޫނަށް ބަލައިލިއެވެ.

"ކޮންތާކަށް ދާން" އަދީމް އެހިއެވެ.

"އެއީ... އެއީ... ނިދަން" ޝަހާ ބުންޏެވެ. މިފަހަރުވެސް އަދީމަށް ހެވުނެވެ. ޝަހާ މާބޮޑަށް ލަދުގެންފިކަން އަދީމަށް ވިސްނުނެވެ. ޝަހާ ނުވިސްނާ ހުއްޓާ އަދީމް ޝަހާ އޭނާގެ ދެއަތް މައްޗަށް އުފުލާލިއެވެ. އަދީމްގެ ކޮނޑުގައި ދެއަތް އަޅުވައިގެން އޮތް ޝަހާގެ ނަޒަރު ހުއްޓިފައިވަނީ ސީދާ އަދީމުގެ ދެލޮލަށެވެ.

"ލޯބި ތަކުލީފު އުފުލާނެ ކަމެއްނެތް. އަހަރެން އެނދާ ހަމައަށް ގެންގޮސްދޭނަން" އަދީމް ބުންޏެވެ.

ބާލީސް މަތީގައި ޝަހާ ބޭއްވުމަށްފަހު ކައިރީގައި އަދީމް ކުރުއަތްމައްޗަށް އޮށޯވެލިއެވެ. ދެން މަޑުމަޑުން ޝަހާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ފިރިމީހާގެ ބީހުންތަކުން ހިތްހަމަޖެހިފައި އޮތް ޝަހާއަށް ނިދެންދެން އަދީމް އެގޮތުގައި ކައިރީގައި އޮތެވެ.

 

ޝަހާއަށް ނިދުނީކަން ޔަގީންވުމުން މަޑުމަޑުން ޝަހާގެ ބޯ އޭނާގެ އަތްމަތިން އުފުއްލައިލުމަށްފަހު ދަށުގައި އޮތް އޭނާގެ އަތްދުރުކޮށްލިއެވެ. އެވަގުތު ނިދީ ތެރޭގައި ޝަހާ ރަޖާގަނޑު ގަޔާ ބޮނޑިކޮށްލިއެވެ. ޝަހާގެ އެހަރަކާތުން އަދީމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަދީމް އިރުކޮޅަކު ޝަހާ މައުސޫމު މޫނަށް ބަލަހައްޓައިގެން އޮތުމަށްފަހު ޝަހާގެ ނިތްކުރީގައި ބޮސްދިނެވެ. އެނދުން ތެދުވެ ފެންފުޅި ކޮބައިތޯ ހޯދައިލިއެވެ. އެނދު ކައިރިއަށް ވެއްޓިފައި އޮތް ފުޅީގައި ފެން ނެތްކަން އެނގުމުން އެނދުން ތެދުވެގެން ކޮޓަރިން ނިކުންނަން ދިޔައެވެ. އަނދިރީ ތެރެއިން ގޮސް ބަދިގޭގެ ސްވިޗް ޖައްސައިލިއެވެ. ބަދިގެއަށް ވަދެ ފުރިޖުން ފެންފުޅިއެއް ނަގައިގެން އަލުން ކޮޓަރިއާ ދިމާލަށް ދާން ހިނގައިގަތް ވަގުތު މީހެއްގެ ގިސްލުމުގެ އަޑު އިވިފައި އަދީމް ހުއްޓުނެވެ. އެއަޑު އަންނަނީ ސޯފާއާ ދިމާލުން ކަމުން އަދީމް އެދިމާލަށް ބަލައިލިއެވެ. ފަނޑު އަލީގެ ތެރެއިން އެތާ އިން މީހެއް ދެނެގަންނާން މާގިނައިރެއް ނުނެގިއެވެ.

"ޝެރީ... މިގަޑީ ކިހިނެއްވެފަ މިތާ.." ޝެރީން އާ ދިމާލަށް ދަމުން އަދީމް އަހައިލިއެވެ. އެހނިދު ސިހިފައި ޝެރީން އަވަސްއަވަހަށް އޭނާގެ ދެލޯ ފޮހެލިއެވެ.

"ޝެރީ ރޮނީތަ؟ " ޝެރީން ކައިރިއަށް ހުއްޓެމުން އަދީމް އަހައިލިއެވެ. ޝެރީން ލައިގެން ހުރި ހެދުން އަދީމްގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ލައިގެން އިން ސޯޓުކޮޅު ކުޑަކަމުން ފައިގެ ފަލަމަސްގަނޑު ހާމައަށް ފެންނަން އޮތެވެ. އަދީމަށް އިސްޖަހައިލެވުނީ ބޭއިޙްތިޔާރުގައެވެ. އެމަންޒަރު ފެނި ޝެރީން އެއްމިޔަކަނުން ހީނލިއެވެ. އޭނާގެ ރޭވުން ކާމިޔާބުވީތީ ހިތާހިތުން އުފާކުރިއެވެ.

" ޝެރީ ދާންވީނު ނިދަން.. މިހާރު ވަރަށް ދަންވެއްޖެ.." ޝެރީންއަށް ނުބަލަން މަސައްކަތް ކުރަމުން އަދީމް ބުންޏެވެ. އެއަށްފަހު އެތާ މަޑުނުކޮށް ދާން އުޅުނެވެ. އެހިނދު ޝެރީން އެއްލި އަތުން ހިފީ އަދީމްގެ އަތުގެ މުލައްދަނޑީގައެވެ.

" މަޑުކޮށްބަލަ އަދީމް.. މިތާ އިރުކޮޅަކު މަޑުކޮށްލަދީފާނަންތަ؟" ކުރެހިފައިވާ އަޑަކުން ޝެރީން ބުންޏެވެ. ޝެރީންގެ އެދުމުގައި ކޮޅުފައިން ޖަހާކަށް އަދީމަކަށް ނުކެރުނެވެ. ޝެރީންއަށްވުރެ ތަންކޮޅެއް ދުރުގައި އިށީނެވެ. އެހިނދު އަނެއްކާވެސް ޝެރީން ރޯންފަށައިފިއެވެ.

" ޝެރީ ކީއްވެތަ ތި ރޮނީ.. މީހަކު އެއްޗެއް ބުނީތަ؟ ނޫނީ އާޒިފްބެ މާބޮޑަށް ބަލީތަ؟ ބޮޑުއްތަ އެއްޗެކޭ ބުނީތަ؟" އަދީމް އޭނާއަށް ހީވާގޮތްގޮތަށް އަހައިލިއެވެ.

" ނޫން އަދީމް.. އަހަރެންގެ ބަދުނަސީބުކަމާ ދޭތެރޭގައި ހިތަށް އަރާފައި ރޮވެނީ.. " ޝެރީން ދެލޯ ފޮހެލަމުން ބުންޏެވެ.

"އަދީމް ނުވެސް އަހަމެއްނު ވޭތުވެދިޔަ ދުވަސްތަކުގައި އަހަރެން އުޅުނީ ކޮން ހާލެއްގައިތޯވެސް.." ޝެރީން ބުނެލިއެވެ.

" އަހަރެންނަށް އަހަން ނުކެރުނީ.. އެނގޭ ޝެރީގެ ފިރިއަކާ ދަރިއެއް ހުންނަކަން.. އެކަމަކު އެމީހުން ކޮބައިތޯ އަހަން ނުކެރިފަ މިހުންނަނީ.. މާ ޕާސަނަލް ސުވާލެއްވީމަ.." އަދީމް ބުންޏެވެ. ޝެރީންގެ މޫނުމަތިން ހައިރާންކަން ފާޅުވެލިއެވެ. އޭނާ މީހަކާއިންކަން އަދީމަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. އަމުދުން ދަރިއެއްގެ ވާހަކަ އަދީމް ކައިރީގައި ބުނީ ކާކުބާއޭވެސް ހިތަށް އެރިއެވެ.

"ވަޓް.. އަހަރެންގެ ދަރިއެއް ނުހުންނާނެ..ކާކު އަދީމް ކައިރީގައި ބުނީ.." ޝެރީން ހައިރާންވެފައި އަހައިލިއެވެ. އަދީމް ފަޒަލްގެ ނަން ބުނެލިއެވެ.

" އެއީ ފަޒަލްއަށް ހީވިގޮތް ކަންނޭނގެ.. އާނ ހަނދާންވެއްޖެ!!.. އެއްދުވަހު އިއުފާގެ ދައްތަގެ ދަރިއެއް ގޮވައިގެން ޕާކެއް ކައިރީގައި ހުއްޓަ ފަޒަލްއާ ދިމާވި.. އެވަގުތު އެކުއްޖާ މަންމަ އެތާ ކައިރީ ފިހާރައަކަށް ދިޔައިމަ އެމީހުން އަންނަން ދެން އަހަރެން އެތާ ހުރީ.. އެދުވަހު އަހަރެން މަޖަލަކަށް ބުނީ އަހަރެންގެ ދަރިއެކޭ.. އަހަރެން ހިޔެއް ނުކުރަން ފަޒަލް އެހާ ސީރިއަސްކޮށް ނެގިކަމަކަށް..." ޝެރީން ކިޔައިދިނެވެ.

" ދެން ކޮބާ ޝެރީގެ ހަޒްބަންޑް؟" އަދީމް އަހައިލިއެވެ. އެވަގުތު ޝެރީންގެ މޫނުމަތި މިލައިގެން ދިޔަތަން އަދީމް ދުއްޓެވެ. ޝެރީން ވަރަށް ދެރަވެފައި ޖައިލަމްގެ ވާޙަކަ އަދީމަށް ކިޔައިދިނެވެ. ޖައިލަމްދެކެ އަދިވެސް ވަރަށް ލޯބިވާ ވާހަކައާއި ވަރަށް ހަނދާންވާ ވާހަކަ ބުނީ ރޮމުންނެވެ. އަދީމް ޝެރީންގެ ހިތްވަރަށް ސާބަސް ދިނެވެ. ޝެރީން ކަންތައް ކުރީ އެންމެ ރަނގަޅަށް ކަމުގައި ބުނެލިއެވެ. ދަންވަރުގެ އެހަމަހިމޭން ވަގުތުގައި އަދީމާ ވާޙަކަ ދައްކާލެވޭތީ ޝެރީން އިނީ ނުހަނު ހިތްހަމަނުޖެހިފައެވެ.

" އަހަރެން މިތަނަށް ބައްޕަ ގޮވައިގެން އައީ އެހެން އެއްވެސް ގޮތެއް ނެތިގެން.. މިތަނުގަ މިގޮތަށް އެއްވެސް އެއްޗެއް ނުދީ ހުންނަން ޖެހޭތީ ވަރަށް ލަދުގަނެ ދެރަވޭ އަސްލު.. ބޭނުންވަނީ ކޮންމެވެސް ވަޒީފާއަކަށް ދާން.." ދެލޯ ކައިރި ފޮހެލަމުން ޝެރީން ބުންޏެވެ.

" ޝެރީ ތިކަމާ ހާސްނުވޭ.. އަހަރެން ޝެރީގެ ޖޮބްގެ ކަންތައް ބަލާނަން..." އަދީމް ބުންޏެވެ. އެހިނދު އަސްލު ހެއްޔޭ އަހައިލަމުން ހުރިހާ ދަތްތަކެއް ފެންނަވަރަށް ޝެރީން ހީނލިއެވެ.

**************

ނިދިފައި އޮތް ޝަހާއަށް ބުނަން ނޭނގޭ އުނދަގޫތަކެއް ވަމުން ދިޔައެވެ. ނިދީގައި ފުންނޭވާތަކެއް ލަމުން ދިޔައިރު މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. ދޭތެރެއަކުން ކިޔާ ނުކިޔާ އެއްޗެއް ނޭނގި ރޯލަފާނެއެވެ. ކުއްލިއަކަށް އަޑުގެ ކޮޅަށް ނޫނެކޭ ބުނަމުން ޝަހާއަށް ފުންމައިގެން ތެދުވެވުނެވެ.

ޝެރީން ކައިރީގައި އިން އަދީމަށް ޝަހާ ހަޅޭއްލަވައިގަތް އަޑުއިވުމާއެކު ސިހިފައި ތެދުވެވުނެވެ. އެވަގުތު އަތުގައި އޮތް ފެންފުޅި ދޫވެގެން ތިރިއަށް ވެއްޓި ޖެހުނީ ޝެރީންގެ ފައިގައެވެ. އެހިނދު 'އައުޗް' އޭ ޝެރީންއަށް ބުނެވުނެވެ. ނަމަވެސް އަދީމް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އައި ރުޅީގައި ޝެރީން އިންތަނުން ތެދުވިއެވެ. ތިރީގައި އޮތް ފެންފުޅީގައި ފައިން ޖަހާ ދުރަށް ބުރުވައިލިއެވެ. ޝަހާ ދެކެ ޝެރީންއަށް ރުޅިއާދެވުނެވެ. އޭނާގެ އުފާތަކަށް ހުރަސް އެޅީތީ ހިތާހިތުން ޝަހާއަށް ކުދި ކިޔައިލެވުނެވެ.

އަދީމަށް ވަދެވުނުއިރު އެނދުގައި އިން ޝަހާ ފުންނޭވާތަކެއް ލަމުން ދިޔައެވެ. ކޮޓަރީގެ ލައިޓް ދިއްލުމަށްފަހު އަދީމް ޝަހާ ކައިރިއަށް ޖެހިލިއެވެ. އަދީމް ފެނުމާއެކު ޝަހާ އަދީމްގެ ގައިގައި ބައްދައިގަތެވެ. ޝަހާ ގިސްލަން ފެށުމުން އަދީމް ކަންބޮޑުވިއެވެ.

" ކިހިނެއްވީ ލަވް.. ޓެލް މީ ޕްލީޒް.." ޝަހާގެ ބޮލުގައި ފިރުމައިލަމުން އަދީމް ބުންޏެވެ. ޝަހާ ބަހެއް ނުބުނުމުން އަދީމް ޝަހާގެ މޫނުގެ ދެފަރާތުގައި ހިފާފައި މައްޗަށް އުފުލައިލިއެވެ.

" ބުނެބަލަ ދޫނީ.. ވަޓް ހެޕަންޑް.. އަހަރެން ބިރުއެބަގަނޭ..." ކަންބޮޑުވެފައި އިނދެ އަދީމް އަހަމުން ދިޔައެވެ.

" އަހަރެން ހީކުރީ އަދީމް އަހަރެންނަށް ގެއްްލުނީކަމަށް... ޕްލީޒް އަދީމް ދުވަހަކުވެސް އަހަރެން ދޫކޮށްނުލާތި..." އަނެއްކާވެސް އަދީމް ގައިގައި އޮޅުލައިގަންނަމުން ޝަހާ ބުންޏެވެ.

" ބޭބީ އައިމް ހިއަރ ރައިޓް ބިސައިޑް ޔޫ.. އަހަރެން ނުދަމެއްނު.. މިއިނީ ޝަހާ ކައިރީގައިއެއްނު.. ހުވަފެނެއް ފެނުނީތަ؟" އަދީމަށް ހީވާއެއްޗެއް އަހައިލިއެވެ. އެހިނދު ޝަހާ އަވަސް އަވަހަށް ބޯޖަހައިލިއެވެ. އަދީމަށް ހެވުނެވެ. ޝަހާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ގޮވައިގެން އޮށޯތެވެ. ޝަހާ އަދީމްގެ މޭތެރޭގައި ބޮނޑިވެލައިގެން އޮތްގޮތުން ހީވަނީ ކުޑަކުއްޖެއް ހެންނެވެ.

" ނިދުމުގެ ކުރިން ޒިކުރުތައް ކީންތަ މިރޭ؟" ޝަހާގެ ބޮލުގައި ފިރުމަމުން އަދީމް އަހައިލިއެވެ. އެހިނދު ޝަހާ ދެފަރާތަކަށް ބޯހޫރައިލިއެވެ.

" ކޮބާ.. އެހެންވެ ބިރުވެރި ހުވަފެނެއް ތިފެނުނީ.. ދެންވެސް ކުރުސި ކިޔައިގެން ނިދޭތޯ ބަލާބަލަ.. " އަދީމް ބުންޏެވެ.

" އަދީމް އަހަރެން ދޫކޮށްފަ ނުދާތި.." ތުރުތުރު އަޅަމުން ދިޔަ އަޑުން ޝަހާ ބުނެލިއެވެ.

" ނުދަމެއްނު.. އިހަށް ދޫނި ނިދާބަލަ.. ޓްރަސްޓްމީ.. ލޯބި ހޭލާއިރުވެސް އަހަރެން މިހެން އޮންނާނަން އިންޝާﷲ.." ޔަގީންކަން ދޭފަދަ ގޮތަކަށް އަދީމް ބުންޏެވެ.

-ނުނިމޭ-

Ads by Ooredoo
  1. އަމިން

    ވަރަށް ރީތި.. ޖެހިގެން އޮތް ބައގެ އިންތިޒާރުގަ. ❤